ނޭންގިކުރެވޭ ފޯންކޯލް – ވިސްނާލަންޖެހޭ މުހިއްމުކަމެއް.

މޯބައިލް ފޯނަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ދީގެން ފޯނުގެންގުޅެނީ އަޅުގަނޑުމެންގެ ތެރޭގައި ކިތައްމީހުން ބާއެވެ. ފޯން ލޮކް ކުރުމާއި، ޕާސްވޯޑު ޖެހުންފަދަ ކަންކަން ކޮށް ހަދާންނެތިގެން ފޯން ތަނެއްގައި ބޭއްވިފައިއޮތަސް އެއާ އެހެންމީހަކަށް ނުކުޅެވޭ ގޮތަށް ޕްރޮޓެކްޓް ކުރަނީ ކިތައްމީހުންބާއެވެ.

މީގެ އިތުރުން ވިސްނާލަން ޖެހޭ އެހެންކަމެއްވެސް އެބައޮތެވެ. ކޮންމެމީހަކުވެސް މޯބައިލް ފޯނެއް ގެންގުޅޭއިރު އެފޯނުން އޭގެ ފީޗާރސްތައް ބޭނުންކުރަން އެނގެނީ ކިހާވަރަކަށް ކަމާމެދުއެވެ. ވަރަށް އާދައިގެ ބައެއްމީހުންވެސް ވަރަށް މަތީފެންވަރުގެ ފޯނުވެސް ގެންގުޅޭތަން ފެންނައިރު އެފަދަ ބައެއްމީހުން އެފޯނުތަކުން ހަމައެކަނި ކޯލް ކުރަން ނޫން އެހެންކަމެއް ކުރާތީ އެއް ނުފެނެއެވެ. އެއީ ފަހަރެއްގައި އެފަދަ ފޯނާ ކުޅެންނޭންގެނީ ކަމަށްވެސް ވެދާނެއެވެ.

ހަޤީޤަތުގައި އަޅުގަނޑުގެ މިލިޔުމުގައި ބަޔާން ކުރަން މިއުޅެނީ އިސްވެދިޔަ ވާހަކަތަކުގެ ތަފްޞީލެއްނޫނެވެ. އަދި އެސުވާލުތަކުގެ ޖަވާބެއްވެސް ނޫނެވެ. މިލިޔުމުގެ ފެށުމުގައި އެވާހަކަތައް ކިޔުންތެރިންނާއި ހިއްސާ ކޮށްލަން ޖެހުނީ ދަންނަވަން މިއުޅޭ ޙާދިސާއާއި، އެވާހަކަތަކާ ކޮންމެވެސް ވަރެއްގެ ގުޅުމެއް ހުރިކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީއެވެ.

އެއްދުވަހަކު އަޅުގަނޑުވެސް އާދައިގެ މަތިން ފިނިކޮށްލަން އަތިރިމައްޗަށް ދިޔައިމެވެ. ބަނދަރު ހޮޅުއަށީގައި އެތަނުގެ ޢާއްމުން މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުން ކޮޅު މިއަދުވެސް އެކިއެކި ސައްލާގައި ތިއްބެވެ. ސިޔާސީ ވާހަކަ އާއި، ހެއްވާމަޖާ ޖޯކްތަކުގެ އިތުރުން ތާކުން ތާކުނުޖެހޭ އެކިއެކި ވާހަކަތަކުގައި ފޯރިނަގަން ތިއްބެއެވެ.

ކުޑައިރުކޮޅަކު އަޅުގަނޑު ހޮޅުއަށީގައި މަޑުކޮށްލިތަނާ ކަމާލުބެ ( އަސްލުނަމެއްނޫން ) ޖީބުން ފޯނުނަގައިފިއެވެ. ފޯނުނަގަމުން އެބަބުނެއެވެ. މިހިރައުޅޭ ތަކުރު ( އަސްލުނަމެއްނޫން ) އާއި، ހެދި މިއަދު މިއުޅެނީ ލަވައެއްވެސް ޖަހާނުލެވިގެންނެވެ. ކަމާލުބެ މިހެން ބުނުމުން އެތާއިން އެހެންމީހަކު އެއީ ކީއްވެތޯ ސުވާލުކޮށްފިއެވެ. ޖަވާބު ގައި ކަމާލުބެ ދައްކާލީ ފޯނެވެ. އޭރުވެސް މީހަކު ހުރީ އެފޯނަށް ގުޅާފައެވެ. ކަމާލުބެ ފޯރީގައި މަޖާވެގެން އިނދެ ކިޔައިދެން ފެށިއެވެ. މީވާކަމެކެވެ. އިރުއިރުކޮޅާ ގުޅާނެއެވެ. އެކަމަކު ވާހަކައެއްނުދައްކާނެއެވެ. ހަމަ ގުޅައިގެން ހުންނާނީއެވެ. ގަޑިދެގަޑިއިރުވާއިރުވެސް ކަނޑައެެއް ވެސް ނުލާނެއެވެ. އަހަރެން ހުންނަނީ ހަމަކޮސްވެފައެވެ. މިގޮތަށް ގުޅާތާ މިއީ ތިންވަނަ ދުވަހެވެ.

ކަމާލުބޭގެ ވާހަކަ މިހިސާބަށް ދިޔުމުން އަޅުގަނޑަކަށް މަޑުން އިނދެވޭގޮތެއްނުވިއެވެ. ކަމާލުބެއަށް އޮޅުން ފިލުވައިދެވޭތޯ މަސައްކަތްކުރީމެވެ. އަޅުގަނޑުބުނީމެވެ. ތިޔަވާނީ ތަކުރުބެއަށް އޮޅިގެން ގުޅެނީކަމަށެވެ. ތަކުރެބެ ފޯނު ޖީބުގައި ބާއްވައިގެން މަސައްކަތް ކުރަންއުޅޭއިރު ކޯލިން ފިތަށް އޮބެނީ ކަމަށްވެދާނެއެވެ. އެގޮތަށް ކޯލިން ފިތަށް އޮބޭނަމަ އެންމެފަހުން ކޯލްކޮށްފަ އިންނަމީހަށް ގުޅިދާނެއެވެ. ތަކުރެބެ ފޯނު އޮޓޯ ކީޕެޑްލޮކް ނުވާގޮތަށް އިނިއްޔާ އެހެންވެދާނެއެވެ.

ތަކުރުބެ ގުޅާފާ ވާހަކަ ނުދައްކާ އެހާގިނައިރުވާއިރުވެސް ކަމާލުބެ ފޯނުކަނޑައިނުލާ ހުންނަނީ ކީއްވެތޯ އަޅުގަނޑު ސުވާލުކޮށްފީމެވެ. އަދި ތިހެން ހުންނަންޏާ ތަކުރުބެ އަތުން ވަރަށް ބައިވަރު ލާރި ދާނެއެއްނޫންހޭވެސް ބުނެފީމެވެ. ޖަވާބުގައި ކަމާލުބެ ބުނީ ލާރިދުއްވާކަންނު އެގުޅަނީ. މިހެންނެވެ.

އެވަރުންވެސް ކަމާލުބެ އެފޯނު ކަނޑައެއް ނުލިއެވެ. ތަކުރުބެއަށް ގެއްލުން ކުރަންވެގެން ފޯނުކަނޑައިނުލާ އަނެއްކާވެސް ޖީބަށްލީއެވެ. އަދި ޖީބަށް ފޯނުންލަމުން ބުނެލިއެވެ. ކާޑުހުސްވީމަ ކެނޑޭނުން ދޯ.

އެހިސާބުން އަޅުގަނޑުއަނެއްކާވެސް ބުނީމެވެ. ތިޔަގޮތަށް ބައެއްމީސްމީހުން އަހަރެމެންނަށްވެސް ގުޅައެވެ. އަކަމަކު ހަލޯއޭ ބުނެފާ އެކޮޅުން ވާހަކަ ނުދައްކައިފިނަމަ އެއީ އޮޅިގެން ގުޅުނީކަމަށް ބަލާފަ ކަނޑާލަނީއެވެ. އިތުރަށް ގުޅަން ބޭނުންވާނަމަ އެމީހުން އަލުން ގުޅާނެއެވެ. ތިހެން ތިކަން ކުރުމުން ތިމާއަށް އެކަމަކުން ފައިދާއެއް ނުވެ އަނެކާއަށް ތި ދެވެނީ ކިހާބޮޑު ދެރައެއް ހެއްޔެވެ. މޮޅުގޮތަކީ ތިކަމުންވެސް ތިމާގެ އަގާއި، ޤަދަރު ހިފެހެއްޓުމެވެ. ތިމާގެ އަޚާއާއި، ފަހުން ދިމާވުމުން ފޯނުން ގުޅުނު ވާހަކަ ކިޔައިދީ އެފަދަ ގޮތަކަށް އަމިއްލައަށް ނުގުޅޭނެފަދަ ގޮތަކަށް ފޯނު ޕްރޮޓެކްޓް ކުރަން ނުވަތަ ކީޕެޑް ލޮކް ވާގޮތަށް ހަދަން ދަސްކޮށްދިނުމެވެ. މިހުރިހާ ވާހަކައެއް އަޅުގަނޑު ކިޔައިދިނުމުންވެސް ކަމާލުބެ އިނީ ކަމާލުބޭގެ ގޮތުގައެވެ. އެނެމެެފަހުން ބުނެނީ މިއީ ކަލެއާ ބޭހޭކަމެއް ނޫންކަމުގައެވެ.

އެންމެހައި ބޭފުޅުންނަށް މިފުރުޞަތުގައި އަޅުގަނޑު މިގޮވާލަނީ ތިޔަބޭފުޅުންގެ ތެރެއިން ބޭފުޅަކަށްވެސް މިފަދަ ގޮތަކަށް އެހެން މީހަކު ގުޅައިފިނަމަ ކަމާލުބެ ކަންތައް މިކުރާ ގޮތަށް ނުކުރުމަށެވެ. އަނެކާއަކީ އަކީވެސް ހަމަ ތިމާފަދަ މީހެއްކަމަށް ދެކިގެން އެންމެހައި ޙާލަތްތަކުގައިވެސް ތެދުވެރިވެ އެކަކު އަނެކަކާ އަޅާލާ އެހިތެރިވުމަށެވެ.

ނިމުނީ

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ.
ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

މާދަމާގެ ތަށި ރަށަށް ގެނެސްދީ – ސަޕޯރޓަރުން

މާދަމާއަކީ ފުޓްބޯޅައަށްޓަކައި މަރުދޭ ލަންދޫގެ ރައްޔިތުންނަށާއި މިލަދޫގެ ރައްޔިތުންނަށް ވަރަށް ހާއްޞަ ދުވަހެކެވެ. އެހެނީ މާދަމާއަކީ އަތޮޅުތެރޭގައި މިހާތަނަށް ބޭއްވޭ …

ޚިޔާލެއްދެއްވާ

avatar
ކަމަކު ނުދޭ ވާ ގޮތެއްނޭްްގޭ
ކަމަކު ނުދޭ ވާ ގޮތެއްނޭްްގޭ

ަ

wpDiscuz