ނެތުނީހޭ މިއަދު ބޭނުން!!

ހަޔާތުގެ ޅަފަތުގެ ދުވަސްތައް ނިމި، ޒުވާންކަން ފަހަނަ އަޅާ ގޮސް، މުސްކުޅީކަމާއި ކުރިމަތި ކުރުވަނީ ހިތް ނުތަނަވަސް ކުރުވަމުންނެވެ.” ނާ ނާ ހުވަފެން ދުށީމޭ” ކިޔާ، މުޅި މާލޭގެ މަގުމައްޗަކީ އަމިއްލަ ގެ ކަމަށް ދެކި، ކޮޅު ކޮޅު މައްޗައް ދުވެ ހަދަން ފެށުމުން، ” މާތް ކަލާކޯއޭ! އަޅެ ތިގޮތައް އުޅެން ހެޔޮނުވާނޭ” ބުނެ ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދިވެހިރާއްޖޭގެ ވެރިކަން މުހައްމަދު ނަޝީދާ ހަވާލު ކުރީމާވެސް ހިތާމައަކީ އެ މަނިކުފާނަށް ވެރިކަން ކުރައްވަން އެނގިވަޑައި ނުގެންކަމެވެ. ދިވެހިރާއްޖޭގެ މުޅި މާލިއްޔަތު ބަނޑު އަޅައިގެން، ރައްޔިތުންގެ ފައިސާ ހިތު ހުރި ގޮތަކަށް ބޭނުން ކުރަމުން ދިޔަ އިރު އެމަންޒަރަކީ ޤައުމާ މެދު، މި ލޮބުވެތި ވަޠަނާއި މެދު ފިނި ސިކުނޑި އަކުން ވިސްނާ ކޮންމެ މުޢާޠިނަކަށް ބަލަން ހުންނަން މާ ފަސޭހް މަންޒަރަކަށް ނުވިއެވެ.މި ޤައުމު ދެކެ ހަޤީޤީ ލޯބިވާ ދިވެހި އެތަކެއް ރައްޔިތުންނެއްގެ ލޮލުން ކަރުން އޮހޮރި، އެތަކެއް އަޚުންނާއި އުޚުތުން ޙާލުގައި ޖެހި، މަގުމަތި ވެފައިވާއިރުވެސް އެމަނިކުފާނު އުޅުއްވަނީ ރާއްޖެއިން ބޭރުގައި ފިލްމު ކުޅުއްވާށެވެ. އަދި ހިތާމައަކީ ދިވެހި ރާއްޖޭގެ އަދުލް އިންސާފުގެ ތިލަފަތް ހަމަހަމަ ކުރުމަށް ކަމައްބުނެ ވަކި ވަކި ފަރުދުން ނިޒާމުގެ ތެރެއިން ގެއްލުވާލާ އެ ފަރާތް ތަކުގެ އާއިލާތައް ބިކަ ހާލުގައި ޖެއްސިކަމެވެ. މި އަނިޔާވެރި ކަމަށް ކެއްނުކުރެވިގެން ދިވެހިރައްޔިތުން ނިކުތީ ގެއްލިފައިވާ މިނިވަން ކަމާއި ހަމަޖެހުން އަނބުރާ ހޯދުމުގެ ނިޔަތުގައެވެ. ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ވެ ވަޑައިގެންނެވި ވައުދު ތަކުގައި އެއްވެސް ކުލައެއް ކީއްކުރަންތޯއޭ، ކުލައެއް ޖެހޭނެ ދުވަހެއް ލޮލު ކޮޅައްވެސް ފެންނަން ނެތުމުންނެވެ. މުޅިންވެސް ފެންނަމުން ދިޔައީ ވެރިކަމުގައި ބަގުޑި ބައްދާ މަންޒަރެވެ. ނަމަވެސް އެންމެ ހައިރާން ވާންޖެހޭ އެއް ކަމަކީ މި ހުރިހާ ފަރާތް ތަކުންވެސް ކިޔާ ލަވައަކީ ” އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ރައްޔިތުންގެ ހައްޤުގައޭ” އެވެ. މި ބަދަލުގެ ސަބަބެއްކަމަށް މީހުން ދައްކާތީ އަޅުގަނޑު އަޑު އެހީ ރާއްޖެ އަށް ގެނައި ” ރިފޯމޭ” ކިޔާ އެއްޗެކެވެ. މިއީ ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ގެނައި އެއްޗަކޯލައެވެ. މީތި ދިވެހި ކޮށްލީމާ މި ކިޔަނީ ” އިސްލާޙު” އެވެ. އަނެއްކާވެސް އަޅުގަނޑު ވަނީ ހައިރާނެވެ. އިސްލާޙު ނަމަ ލިބޭނީ ކުރި އެރުމެވެ. އަންނާނީ ހެޔޮ ބަދަލެވެ. ނަމަވެސް ތަކެތީގެ އަގާއި، ހިދުމަތުގެ އަގާއި، ދިރިއުޅޭ ތަންތަނުގެ ކުލި ދިޔައީއިންތިހާއަށް ބޮޑު ވަމުންނެވެ.

ޤައުމުގެ އިޖްތިމާއީ ފޭރާން ވީދި ހަލާކުވެއްޖެއެވެ. ހިތައްއެރި މީހަކާއި ދިމާލަށް ހެއްދެވި ނެހެއްދެވި އަށް ގޮވައި، ބޭރު މީހުން ރާއްޖޭގެ ކަންކަމާއި ބައްސައި، ވެރި ކަމުގައި ބަގުޑި ބައްދައި، ދިރި އުޅުމުގެ ކަންތައްތައް އަތްނުފޯރާ ހިސާބަށް ދާކަހަލަ ޑިމޮކްރަ “ސީ” އެއްގެ ވަސްވެސް ބަލަން މިޤައުމުގެ ރައްޔިތުން ބޭނުން ނޫންކަން ޔަޤީން ވުމުން އެންމެ ފަހުން މި ޖެހިވަޑައިގަތީ ނިކަމެތިކަމާއި އެކު އިސްތިއުފާ ދެއްވާށެވެ. މިވަޤުތު ހަމަގައިމުވެސް ނަޝީދާއި ނަޝީދުގެ އެންމެހާ އައުވާނުންގެ ހިތަށް ވެރި ވެގެން ދާނީ ޖަމީލާ ހަސަންގެ ހިތްގައިމު އަޑުން ކިޔާފައިވާ ލަވައެއްކަމަށްވާ:

ނެތުނީހޭ މިއަދު ބޭނުން

         އެކުލޯބިން ޕިޔާރު އުޅެފައި

                    މިކުރާ ހިތާމަ ތަކުގައި

                              ދެކެލަން ނުވެސް އައީހޭ؟؟..

ލިޔުނީ: ޒަހީން ޢަބުދުﷲ

ޒަހީނު އަކީ ލިޔުންތެރިކަމުގެ ރޮގުން ޚާއްޞަކޮށް ސިޔާސީ ފިކުރުގެ ލިޔުންތައް ލިޔުމަށް ޝައުޤުވެރިކަންހުރި މިފަންނުގައި ކުރިއަށްދާން މަސައްކަތްކުރާ ހީވާގި ކެރޭ ހަރުދަނާ ތަޢުލީމީ ޒުވާނެކެވެ.

ޚިޔާލެއްދެއްވާ

avatar
ނ.އަތޮޅު
ނ.އަތޮޅު
މަ މީ އމޑޕ މީހެއް ނޫން އެކަމަކު މިސައިޓް އެބަޖެހޭ މިބާޣީ ސަރުކަރު ޒިންމަދާރު ކުރަނިވި ކަހަލަ ދިރާސީ ރިޕޮޓްތައް ހިމަނަން މައްސަލަޔަކީ އަހަރެންނައްވެސް ފަހަގަވެ މިސައިޓ އޑޕ ދެކޮޅަށް ވަރަށް ލިޔާކަން، ނިކަން މިވީ 106 ދުވަސް ތެރޭ ކުޑަމިނުން ނޫނު އަތޮޅުގެ ތަރަށްގީއަށް ކޮއްދިން ހަމައެއްވެސް ކަމެއް ބުނެބަލަ، ގައިމު މިހާރުވެސް އެތައްމިލިޔަން ރުފިޔާއެއް މަހެއްގެ މައްޗަށް ލިބެމުންދަނީ ނަޝީދުގެ އާއިލާއަކަށްނޫން ވަހީދާއި އޭނާގެ އަންހެނުންގެ އާއިލީބޭފުޅުންނަށް ހުރިހަ ކުންފުނި ބޯޑްތަކުގައާއި އެމްބަސީ ތަކުގައި މިލިއަން ރުފިޔާ ނަގަނަގާތިބޭއިރުވެސް ހަމަ އޯކޭދޯ..އާ އެހެންތާވާނީ ހުރިހާ ޝޭހުންތައް ވެގެން ގެނައި ނަމޫނަވެރިކަމުގައި ހުރިހާކަމެއްވެސް އޯކޭވާނެވިއްޔަދޯ،، އެއްކަލަ އިޒްރޭލް ބޯޓްވެސް ،ވަހީދުގެނައި ބުދުވެސް ، ޖީއެސްޓީވެސް ، ޑޮލަރުވެސް ، އޯކޭދޯ! އަދިވެސް ބޯކިބާބެހުމުގައި 106 ދުވަސްވީއިރުވެސް އިތުރު ބޭކާރު މިނިސްޓްރީތަކާއި އެތައްބައިވަރު ސިޔާސީ ވަޒީފާ އުފައްދާ މަގުމަތީގެ ޕާޓޭންނަށް ވަޒީފާ ބަހަމުންދައިރު މިހާރު ފަޓާސް ގޮވާ ވަގުތު ކުޑަތަންވަމުންދަނީ،،ތަސްމީނާ މައުމޫނުގެ… Read more »
މުހައްމާ
މުހައްމާ

އަސްލުވާ ގޮތަކީ އެމްޑީޕީ އާއި ދެކޮޅަށްއެއްޗެކޭ ބުނެފި ކޮންމެ މީހަކީ މައުމޫނުގެ މީހަކަށް މިވަނީ ، ހަޤީގަތުގައި އެމްޑީޕީގެ ބަލިފަޔަކީ މައުމޫނާއި އަޅައިގަނެގެން ނެއްޓެއް ނޭނގުން / ހަމަ އެހެންމެ ހަޖަމުކުރަން ނޭނގުން، އަނިޔާއޭ ހެޔޮވެރިކަމޭ ކަރަޕްޝަނޭ ތަރައްޤީއޭ ކިޔަން މިއަދު އެމްޑީޕީ ލަދުގަންނަން ޖެހޭނެ ، ޒުވާން ލިޔުންތެރިން ލިޔާ މިފަދަ ލިޔުންތައް ބަލައިގަނެ މިފަދަ ލިޔުންތެރިންނަށް ހިަތްވަރު ދެއްވާ ! ސާބަސް ޒަހީން ވަކިކޮޅަކަށް ނުޖެހި ލިޔުންތެރިކަމާއިގެން ކުރިއަށް ވަޑައިގަންނަވާ !

އުންމީދުބެ
އުންމީދުބެ

ވަރަށް ރަގަޅު ލިޔުމެއް ޒަހީން ގެ އިތުރު މިފަދަ ލިޔުންތައް ފެންނާނެކަމަށް އުންމީދުބެ އުންމީދުކުރަން.

މައުމޫނިޒަމް
މައުމޫނިޒަމް

އަސްލު ބުނަން ރަގަޅު ވާހަކައެއް. އެމްޑީޕީއަށް ސަޕޯޓްކުރާ ކުދިންވެސް ދައްކާ ހުރިހާ ވާހަކައެއް ގޯހެއްނޫނޭ. އެކަމަކު އެމްޑީޕީ އަށް ސަޕޯޓް ކުރާކުދިންގެ މައްސަލައަކީ ހަޖަމް ކުރަން ދަސްނުވާ މައްސަލަ. މިސާލަކަށް މިލިޔުމަށް ލަންދޫސޮރުގެ ނަމުގައި ދީފައިވާ ކޮމެންޓަށް ބަލާލުމުން އެބައެނގޭ ދޯ. އެކަން ވިސްނާލަބަލަ ރަގަޅަށް. މިލިޔުމާދޭތެރޭ.

ލަންދޫ ސޮރު
ލަންދޫ ސޮރު

ކަލެޔަށް މިރާޖެ ބައްކުރާމީހުންނާ، ދިވެހިންގެ ލޭބޮއިމީހުންނާ، ރައްޔިތުންނަށް އަނިޔާކޮށް މީހުންމެރިމީހުންނާ، އިސްލާމް ދީނަ ކުޑައީމީސް ކުރިމީހުންނާ، ރާއްޖޭގެ މުއްސަދިކަން މަދުމީސްކޮޅަކަށް ބެހިމީހުންނާ،ވެރިކަމުގަ ވަކި އާއިލާެއް ގެންގުޅުން މީހުން ނޭގުނީތީ ބުނެލަން އޮތީ ތީވެސް މިގައުމަށް ގައްދާރުވި ހާއިނެކޭ، އޭރުވެސް އަދި މިހަރުވެސް މައުމޫނާ އޭނާގެ އައުވާނުން އެދަނީ މުޅި މިރާއްޖެ ފަސާދަކޮށް ހިތު ހުރިގޮތެއް ހަދަމުން، ރައްޔިތުންނަށް މިހާރުވެސް ބިކަ ހާލު ޖެހިފަވާއިރު ކަލޭގެ ނެތޭ ތިމާގެ އަމިއްލަރަށާ ދޭތެރޭ މައުމޫނިޒަމުން ވީ އިހުމާލު ބަޔާން ކޮއްދޭނެ ހިތްވަރު…ތީހަމަ ޒިންމާދާރު ލިޔުންތެރިކަންބާ…މި މައުނޫނިޒަމްގެ ސައިޓާ މަވާ ސަލާމް ހެޔޮ މިކޮމެންޓް ނުޖެހިޔަސް އެގޭ މިކޮމެންޓް ޖަހާނެ ހިތްވަރެއްސް ނެތްކަން

wpDiscuz