ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯއެވެ.

ރާއްޖޭގެ މަސްވެރިކަންދަށްވެ ރަށުގެ ރައްޔިތުން މަސްވެރިކަން ކުރަމުން އައި ސަރަހައްދުގައި އަޅާފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ގޮސްފައިވާ ދުވަސްވަރެއްގައި ރަށުގެ ފަޅަށް ކުންބަޅަ ވަދެފައިވާކަމީ މާތްﷲ ދެއްވި ނިޢުމަތެއްކަން ޤަބޫލްކޮށް މިނިޢުމަތައް ޝުރުވެރިވާން ޖެހޭނެކަމެކެވެ.

މިއަދު ލަންދޫގެ ގިނަ ގޭގޭގައި ލައިގެން ކާނެ އެއްޗެއްގެ ގޮތުގައި ބޭނުންކުރަނީ ކުންބަޅަ ނުވަތަ ކުންބަޅަ ގަނޑުދޮށުން ބާނާ ހަނދި ނޫނީ ތޮޅިފަދަ އެއްޗެއް ކަމުގައި ދެއްނެވުމަކީ ދޮގަކަށް ނުވާނެއެވެ. މާޝާﷲ މިއީ ކޮންފަދަ ބޮޑު ނިޢުމަތެއް ތޯއެވެ.

މިފަދަބޮޑު ނިޢުމަތެއް ދެއްވި ކަމަށްޓަކައި އިންސާނާއަށް ރިޒްޤު ތަނަވަސްކޮށްދެއްވި ޚާލިޤްވަންތަ މާތްﷲ ސުބުޙާނަޙު ވަތަޢާލާއަށް ހަމްދާއި ޝްކުރުކޮށް ލަންދޫގެ ރައްޔިތުންނަށް ލިބިފައިމިވާ ނިޢުމަތް ހެޔޮގޮތުގައި ބޭނުންކުރެވޭތޯ ބަލަންޖެހެއެވެ.

ރަށުގެ ގިނަބަޔަކު ކުންބަޅަ ގަނޑުގެ ބޭނުންހެޔޮ ގޮތުގައި ހިފަމުންދާއިރު މަދު ފަރާތްތަކަކުން ކުންބަޅަ ގަނޑުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާކަމަށްޓަކައި ކޮޅުނެތްކޮޅަށް ހިތާމަކުރަންޖެހެއެވެ. މިފަދަ ފަރާތްތަކުން ކުންބަޅަ ގަނޑުގައި ދާޖަހާ ބޮޑުބުޅިއަޅުވާ ވަގުތީ ފައިދާތަކެއް ހާޞިލްކުރަމުންދާއިރު ރަށުގެ ރައްޔިތުންނާއި މެދު އަދި މާތްﷲ ދެއްވާފައިމިވާ މަތިވެރި ނިޢުމަތާޢި މެދު ވިސްނާބާވައޭ ހިތައް އަރައެވެ.

ޒަމާނުންސުރެ ލަންދޫގެ ރައްޔިތުންނަކީ ރަށުގެ ރައްޔިތުންނަށް ލިބޭ މިފަދަ ނިޢުމަތްތަކުގެ ބޭނުން ފިސާރި ރަނގަޅަށް ކުރަމުންއަންނަ ބައެކެވެ. ޚާއްޞަކޮށް މިފަދަ ކަންތައްތަކާއި ގުޅިގެން އެދުވަސްވަރެއްގައި ރަށުގައި ތިއްބަވާ އިސްވެރިން އަންގަވާ އެންގެވުންތަކަށް ބޯލަނބާ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެކެވެ.

މިހެންކަމާއިއެކު މިއަދުވެސް ރަށުގެ ފަޅުތެރެއަށް ވަދެފައިވާ ކުންބަޅަގަނޑުގެ ބޭނުން ހެޔޮގޮތުގައި ހިފާ ރަށުގެ ކާބަފައިން ދެއްކެވި ރިވެތި ނަމޫނާއިން ނަމޫނާ ލިބިގަނެ މާތްﷲ ދެއްވި މި މަތިވެރި ނިޢުމަތައް ޝުކުރުވެރިވާ ބަޔަކަށް އަޅުގަނޑުމެން އެންމެން ވަމާތޯއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އައިޕީޔޫ އިން ރާއްޖެއަށް ވަފުދެއް ފޮނުވަން ނިންމުމުން ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ހައްގުތަކަށް އަރައިގަނެ އެ މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz