ނިމުއެއް ނެތް ކަރުނަ!!!

ލިޔުނީ:ޝަފާ މުޙައްމަދު އާދަމް

އޮއްސުނު އިރާއެކު ވިދާ ގުގުރަން ފަށައިފިއެވެ. ހަސަންފުޅުމެން މަހަކުން ނުލަފައެވެ. ފާތުމަދެކުދިންނަށް ކާންދީގެން އައިސް ގޭތެރެއަށް ވަންތަނާ ވިލާގަޑުގެ ވައި އައިސް ޖެހިއްޖެއެވެ. ގޭގެ ފުރާޅުގަނޑުވެސް ހީވަނީ އެއްލާލަފާނެހެންނެވެ. ފާތުމަ ފިކުރުބޮޑުވެގެން ގޮސްހީވަނީ އަލިފާން ރޯވެދާނެހެންނެވެ. ލޮލަކަށް އެއްވެސްގޮތަކަށް ނިންޖެއްނައެވެ. ކުރިމަތިވެފައިވާ ތޫފާނާ ދެކޮޅަށް ހިފުމުމުގެ އެއްވެސް ބާރެއްނެތް ފާތުމަ ދެ ދަރިން ނިންދެވުމަށް ޓަކައި އެދަށް އެރުމަށްފަހު ފާތިމަގެ ކޮވެއްޔެއްފަދަ ރިތިނަލަ ފަރިއަޑުން ކިޔާލި ލަވަޔާއެކު ފާތުމައަށާއި ފާތުމަގެ ދެދަރިންނަށް ނިދިއްޖެއެވެ.

ގޮވާލިހާލެއްގެ ކޮއްކަކާކޯ އެކު އާދުވަހެއްގެ އަލިވިލިއްޖެއެވެ. ސިއްސައިގެންގޮސް ފާތުމައަށް ހޭލެވިއްޖެއެވެ. އޭރުވެސް ހަސަނު ގެއަކަށް ނާދެއެވެ. ފާތުމަ ހަސަނު ފެނޭތޯ ކުޑަދޮރުން ބޯދިއްކޮއްލިއެވެ. ފާތުމަހިތުގައި ޝައްކެއްނެތި އެއްބަހެއް  ލޭ ދައުރުވާހެން ދައުރުވަމުން ދެއެވެ. އެއީ ހަސަން އެނބުރިއަންނާނެއެވެ.

ހާސްވެފައިވާ މޫނަކުން ފާތުމައާއި ހަސްނުގެ ކުޑަކުޑަ ދެ ދަރިއަށް ބަލާލެވުނެވެ. އެވަގުތު ލޮލުން ކަރުނަ އޮހޮރިގެން ދިޔައެވެ. ހިތައް ވެރިވެގެންދިޔަ އެތައް ސުވާލެއްގެ ޖަވާބު ހިތް އަވަސްވެގަތެވެ. ހަސަނު އަބުރާ ނާސިއްޔާ އަހަރުމެންނަށް ވާނީ ކިހިނެތް. މިގޭގެ ކުލިދައްކާނީ ކާކު؟ ދަރިން އަހަންނަށް އެކަނިބެލޭނެތަ؟ މިހެންގޮސް އެތަށް ސުވާލުތަކެއް ހިތަށް ވެރިވެގަތެވެ.

ހިޔާލީ ދިނިޔެއެއްގައި އަދިރިގަނޑުތެރޭ ގެއްލިފާއިން ފާތުމައަށް ހޭވެރިކަން އައީ ކޮޓަރިދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށެވެ. އުފާވެރި ހިނިތުންވުމަކާއެކު ހާސްކަން ފިލުވާލަމުން ދޮރާދިމާލަށް ދިޔަ ފާތުމަ ދޮރުހުޅުވާލިއެވެ. އެއުފާވެރިކަން ދިޔައީ ފެނަށެވެ. އެއުފާވެރިކަން ބޭކާރުވިއެވެ.

ދޮރުމަތީގައި އޭރުހުރީ ގޭގެ ބޮޑުމީހާގެ އަނބި އައިޝާއެވެ. ވާނުވާ ނޭގިފައިހުރި ފާތުމައަށް އެންމެފުރަތަމަ އަހާލެވުނީ ކިހިނެއްވީތޯއެވެ. ޖަވާބުގައި އައިޝާބުނީ ރަށުއޮފީހުން ބޭފުޅަކު ފާތުމަހޯދަން ވަޑައިގެން އެބަހުރިކަމަށެވެ. ހިތުގައި އުފެދުނު ސުވާލުތަކެއްގެ ޖަވާބު ހޯދުމަށް ސިޓިންގ ރޫމަށް ދިޔައީއެވެ. އޭރު އެތާހުރީ ރަށުއީހުގެ ވޭން ދުއްވާމީހާއެވެ. އޭނާ ބުނީ މިއައީ ރަށުއޮފީހުން ފާތުމަހޯދާތީ ފާތުމަ ވޭނުގަ ގެންދާށެވެ.

ފާތުމަ އެއްފަހަރާ އެމީހާއާ އެތައް ސުވާލެއްކުރިއެވެ. އެމީހާ ބުނީ އެމީހާއަށް އެގޭހާ އެއްޗަކީ ފާތުމަ ހޯދާކަމެވެ. ހިތުގައި ކުރެހިފައިވާ ސުވާލުމާކާއިއެކީ ވޭނަށް އަރައިގެން ރަށުއޮފީހަށް ދިޔައެވެ.

އޮފީހުގެ އިސްވެރިޔާ އެންމެ ފުރަތަމަ ކުރިސުވާލަކީ ފާތުމައަކީ ހަސަނުގެ އަނބިމީހާހެއްޔެވެ. ޖަވާބުގައި ފާތުމަ ތޫލި އަޑަކުން އާއެކޭ ބުންޏެވެ. އިސްވެރިޔާ ބުނީ ހަސަނުމެން ދަތުރުކުރި ދޯނިބަންޑުން ޖަހާލައިގެން އުޅޭވާހަކައެވެ. ހަސަނުގެ ފުރާނަނެތް ހަށިގަޑާ ހަވާލުވުމަށްޓަކާ ގޮއެގަޑާ ދިމާވީ ފަޅީގެ އަތިރިއަށް ދިއުމަށެވެ.

ފާތުމަ އަވަސްއަވަހަށް ދުވަމުންދުވަމުން އަތިރިއާދިމާއަށް ހިގަންޖެއެވެ. ބާރުދުވެއްޔެއްގާ ދުވަމުން ދިޔަފާތުމަ ހުއްޓުނީ ހަސނުގެ ފުރާނަނެތް މަސްގަނޑުގެ ކުރިމައްޗަށެވެ. ލޮލުން އޮހޮރިގެން ދިޔައީ ވޭނުގެ ކަރުނައަށްވުރެ ބާރަށް މާތުމައަށް ރޮއެގަނެވުނެވެ. އެތާތިބި އެންމެންނަށް ހުއްޓުން އެރިއެވެ.

ފާތުމައަށް އެތާތިބިމީހުން ހިތްވަރު ދިނެވެ. ކެތްތެރިވުމަށެވެ. އޮފީހުގެ ބަޔަކު އައިސް ހަސަނު ނަގައިގެން ވަޅުލުމަށް ގެންދިޔައެވެ. ފާތުމަ ހަޔާތް ބަރުބާދު ވީއެވެ. ފާތުމަގެ އެފަދަ ދެކުދިން ބައްޕައެއްގެ ލޯބިން މަހުރޫމު ވީއެވެ. އާއެކެވެ. ހަޔާތުގައި އުފާ ކަންތައްތައްވެސް ކުރިމަތިވިއެވެ. ދަރަކަންތައްތައްވެސް ވިއެވެ. ކޮންމެ އަކަސް ވާންއޮތީ ދަގުދީރު ލިޔެވިފައިވާ ގޮތަށެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

އައިޕީޔޫ އިން ރާއްޖެއަށް ވަފުދެއް ފޮނުވަން ނިންމުމުން ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ހައްގުތަކަށް އަރައިގަނެ އެ މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށް …

ޚިޔާލެއްދެއްވާ

avatar
އައިޑިއާ
އައިޑިއާ

ވާހަކަ އިބާރާތް ކޮށްދީފައިވާލެއް އެހާ ފުރިހަމައެއް ނޫން.

އަޙްމަދު ދާއޫދު / ލަންދޫ
އަޙްމަދު ދާއޫދު / ލަންދޫ

ވަރަށް ރީތި ވާހަކައެއް އަދިވެސް މިފަދަ ވާހަކަތަކަށް އިންތިޒާރުކުރާނަން.

wpDiscuz