ނާކާމިޔާބު އަހަރަކީބާ !؟؟؟

ލަންދޫގެ ތާރީޙްގައި މިއަހަރު އާދެ 2012 ވަނަ އަހަރު މިހާތަނަށް ފާހަގަ ކުރެވިފައި މިވަނީ ކުޅިވަރުގެ ރޮނގުން ވަރަށް ނާކާމިޔާބު އަހަރެއްގެ ގޮތުގައެވެ.

 ލަންދޫގެ ރައްޔިތުން އެކުޅިވަރަކަށްޓަކައި އެންމެ ބޮޑު ހަރަދެއްކޮށް އެންމެބޮޑު ސަމާލްކަމެއްދޭ ލަންދޫ ރައްޔިތުންގެ އެންެ މަޤްބޫލް ކުޅިވަރުކަމުގައިވާ ފުޓްބޯޅަ އިން މިއަހަރުގެ މިހާތަނަށް އެކުވެރިކަމުގެ ދެމެޗް ކުޅެފައިވާއިރު މިދެމެޗުންވެސް ލަންދޫގެ ޓީމްވަނީ ބަލިވެފައެވެ.

ލަންދޫގެ ފިރިހެން ވެރިންނަށް ” ދޫނުކުރާނެ ” ކަމަށްބުނެ ލަންދޫގެ އަންހެންވެރިން ފަށާފައިވާ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް އެކުވެރިކަމުގެ ބަށި ދެމެޗަކާއި ނެޓްބޯޅަ މެޗެއް ކުޅެފައިވާއިރު މިމެޗްތަކުންވެސް ލަންދޫގެ ޓީމްވަނީ ތަފާތުބޮޑު ލަނދުވެތި ނަތީޖާތަކަކުން ބަލިވެފައެވެ.

ވޭތުވެދިޔަ 2011 ވަނަ އަހަރަށް ބަލާލާއި އެކުވެރިކަމުގެ މެޗެއްގައި ލަންދޫގެ ޓީމެއް ފުރަތަމަ ބައްދަލްކޮށްފައިވަނީ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު މާފަރުގެ ޓިމަކާއި ދެކޮޅަށެވެ. އެމެޗް 1 ލަނޑު 0 ލަނޑުން ލަންދޫ ޓީމް ބަލިވިނަމަވެސް ދެވަނަ މެޗުގައި މާރޗްމަހުގެ 4 ވަނަ ދުވަހު މަނދޫ ޕޮލިސްޓީމާއި ބައްދަލްކޮށް 4 ލަނޑު 2 ލަނޑުން ކާމިޔާބުކޮށްފައެވެ.

ލަނދޫގެ ފުޓްބޯޅަ ކުޅުންތެރިން ވޭތުވެދިޔަ އަހަރު އެކުވެރިކަމުގެ 15 މެޗެއް ރަށުން ބޭރުގެ ޓީމްތަކާއި ދެކޮޅަށް ކުޅެފައިވާއިރު ބަލިވެފައިވަނީ ހަމަ އެންމެ 2 މެޗުންނެވެ. 8 މެޗުން މޮޅުވެފައިވާއިރު 5 މެޗު ނިމިގެން ގޮސްފައިވަނީ އެއްވަރުވެގެންނެވެ.

މިހެންކަމާއިއެކު ލަނދޫގެ ފުޓްބޯޅަ ކުޅުންތެރިން މިއަހަރު ކުޅެވުނު ދެމެޗުން ބަލިވެފައިވުމުން މިކަމާއިމެދު ވިސްނަން އެބަޖެހެއެވެ. ހަމަ މިއާއިއެކު ލަންދޫގެ އަންހެންވެރިންވެސް ރަށުގެ ނަމުގައި ކުޅިވަރުތައް ކުޅޭކަމަށްވާނަަ މިހާރަށްވުރެ ސީރިއަސްކަމާއިއެކު ކާމިޔާބު ހޯދާ ރަށަށް ރީތިނަން ލިބޭނެފަދަ ގޮތަކަށް ކަންތައް ކުރެވޭތޯ ބަލަން ޖެހެއެވެ. ނޫންނަމަ މިއަހަރަކީ ލަންދޫގެ ކުޅިވަރުގައި އެންމެ ނާކާމިޔާބު އަހަރަށް ވެގެން ގޮސްދާނެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
ޒަހީން އަބްދުﷲ
ޒަހީން އަބްދުﷲ

ކޮންމެ ކަމަކީވެސް ހިކްމަތްތެތިކަމާއި ވިސްނުންތެރިކަމާއިއެކު ކޮށްފިނަމަ ކާމިޔާބުވާނެ ކަމެއް! އެނގޭހާވެސް އެއްޗަކީ އައްސޭރި އަތުގައި ނުޖެހޭނެކަން “އެނގިހުރެ” ތޫފާނަކާ އެކަކުވެސް ކުރިމަތި ނުލާނެކަން!!!!

މުދިމް
މުދިމް

ލަންދޫ އަންހެންވެރިންނަށްވެސް ވާގޮތަކީ އެއްބައިވަންތަކަމަކީ ކޮބައިކަމާއި، އެއްބައިވަންތަކަމުގެ ސަބަބުން ލިބޭނޭ ކާމިޔާބަކީ ކޮބައިކަން ނޭންގެނީ . އަބަދުވެސް ވިސްނަނީ ތިމާގެ އަވަށަށް ތިމާގެ ރައްޓެހިންނަށް . މުޅި ރަށުގެ މަސްލަހަތަށް ވިސްނާނަމައީ ނުޖެހޭ ދެއަވަށުގައި ދެޓީމް ހަދައިގެން ދުޝްމަނުވެގެން ހަފްތާއަކު އެއްފަހަރު ރަށުން ބޭރު ޓީމަކާއެކު މެޗްކުޅޭކަށް. ރަށުގެ އެންމެ މީހަކުވެސްރަށުގެ ނަމުގައި ތަމްސީލް ކުރަން ނުކުމެއްޖިއްޔާ އެވާނީ މުޅިލަންދޫ އެންމެހައި ރައްޔިތުންނަށް . ލަންދޫ ރައްޔިތެއްގެ ހައިސިއްޔަތުން މިކަމާ ވަރަށް ދެރަވެ ހިތާމަކުރަން.

wpDiscuz