“ނާކާމިޔާބުވި ހިންމޭން ބަޣާވާތް – ގަތް ބިރުން ނެގި ބަޑި” ވެލިޒިނީވެސް ފޮތެއް.

އަމިއްލައަށް އިސްތިއުފާ ދެއްވުމުގެ ސަބަބުން އެމްޑީޕީން ގެއްލިގެން ދިޔަ ވެރިކަން ބަދަލުވެގެންދިޔަ ގޮތާމެދު އެކި އެކި އަމިއްލަ މީސްމީހުންނާއި، ޓީވީ ޗެނަލްތަކުން ފޮތްތަކާއި، ޑޮކިއުމެންޓްރީ ފިލްމް ތައް ނެރެމުން ޕްރިމިއަރ ކުރަމުން މިދާ ދުވަސްވަރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ޖުޑީޝަލް ސާރވިސް ކޮމިޝަނަށް އައްޔަންކުރައްވާފައި ހުންނެވި މެންބަރު އައިޝަތު ވެލިޒިނީ، ވެސް ބޮޅެއް އިތުރު ކޮށްލައިފިއެވެ.

އޭނާ މިފަހަރު މިނެރުއްވީ ފޮތެކެވެ. މިފޮތުގައި ވަނީ ޝަރުއީ ދާއިރާގައި ހިނގާފައިވާ ބައެއް ކަންތައްތަކުގެ މައްޗަށް ބިނާކޮށް ދެކެވޭ ވާހަކަ ތަކާއި އެވާހަކަތަކުގެ ތެދުދޮގު ކަމަށް އޭނާވަނީ މީޑިއާގައި ބުނެފައެވެ. “ނާކާމިޔާބުވި ހިންމޭން ބަޣާވާތް – ގަތް ބިރުން ނެގި ބަޑި” ގެ ނަމުގައި ވެލެޒިނީ ލިޔުއްވި ފޮތް މާލޭ ސިޓީ ހޯލްގައި  އެމް.ޑީ.ޕީން ރޭ ހުޅުވި ފޮޓޯ މައުރަޒްގައި ނެރެދެއްވީ ކުރީގެ ރައީސް ނަޝީދު އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz