ނަޝީދުގެ ސަރުކާރުން ހުށައަޅާފައިވާ ބިލްތަކުގެ ބަހުސް ފަށައިފި..

ރައްޔިތުންގެ މަޖިލީހުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން މަޖިލީހަށް ބަލައިގަންނަ ބިލުތަކަކީ، ގާނޫނީ ގޮތުން ކުރިއަށް ގެންދަން ޖެހޭ މަރުހަލާތަކުގެ ކުރިން މަޖިލީހުން ބޭރު ކުރެވޭނެ ބިލުތަކެއްނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކަށް މަޖިލީހުގައި ބަހުސްކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފުރަތަމަ މެމްބަރުން ބަހުސް ކުރައްވާފައިވަނީ ކުރީގެ ރައީސް ނަޝީދު ދެ ވަނަ ފަހަރަށް މަޖިލީހަށް ފޮނުވާލެއްވި ތެލަސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލުގެ ބަހުސެވެ. އެ ބިލުގެ ބަހުސް ފެށުމުން، ބައެއް މެމްބަރުން ވިދާޅުވީ އޭރުގެ ސަރުކާރުން ހުށަހަޅާފައިވާ ބިލްތައް އަނބުރާ ގެންދިއުމުގެ ފުރުސަތު މިހާރުގެ ސަރުކާރަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން އެ ބިލަށް ބަހުސް ނުކުރެވޭނެ ކަމަށް އެ މެންބަރުން ފާހަގަ ކުރެއްވިއެވެ.

އެގޮތުން ނިޒާމީ މައްސަލައެއް ނަންގަވައިގެން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ވޭތުވެ ދިޔަ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހުރިހާ ބިލުތަކާއި މައްސަލަތައް ނެގުމުގެ ފުރުސަތު މި ސަރުކާރަށް އޮންނަ ކަމަށެވެ. އަދި އެބިލު މަޖިލީހަށް ފޮނުއްވި ސިޓީގައިވާ މުހައްމަދު ނަޝީދަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ނުވާތީ އެ ބިލަކީ ހުށަހެޅޭނެ ބިލެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ނިޒާމީ މައްސަލައަށް ޖަވާބު ދެއްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމް ވިދާޅުވީ، މަޖިލީހުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން މަޖިލީހަށް ބަލައިގަންނަ ބިލުތަކަކީ އެ ބިލުތަކުގެ ގާނޫނީ މަރުހަލާތައް ނުނިމެނީސް މަޖިލީހުން ބޭރު ކުރެވޭނެ ބިލުތަކެއް ނޫން ކަމަށެވެ. ތެލެސީމިއާ ބިލުގެ އިތުރުން ކުރީ ސަރުކާރުން ހުށައަޅާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މަސީހު އިސްތިއުފާ ނުދެއްވާ ކަމަށް ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖްލީހުގެ ރައީސް ޢަބްދުﷲ މަސީޙް އިސްތިއުފާ ނުދެއްވާކަމަށް ރޭ ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމުން ރޭ ބޭއްވި …

ޚިޔާލެއްދެއްވާ

avatar
wpDiscuz