ނަޝީދުގެ މައްސަލައިގައި ސްޕްރީމް ކޯޓުން ޒިންމާ ނަގަމުންދާތަން ނުފެންނަކަމަށް ވިދާޅުވެ ޖަމީލު ވާހަކަދައްކަވައިފި.

ކުރީގެ ރައީސް ނަޝީދު ގާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ކުރައްވާފައިވާ ކަންކަން ބަލާ ތަހްގީގްކޮށް ކޯޓަކަށް އެމައްސަލަ ހުށެހެޅުމުން އެމައްސަލަ ނުބެލި ކޯޓާއި ޕީޖީއާއި ދެމެދުގައި ތާށިވެފައިވާނަމަ އެކަމުގެ ޒިންމާ ސްޕްރީމްކޯޓުން އުފުލަންޖެހޭނެކަމަށާއި ނަމަވެސް ސްޕްރީމް ކޯޓުން މިކަމުގައި ނަގަންޖެހޭ ޒިންމާތައް ނަގަމުންދާތަން ފެނިވަޑައި ނުގަންނަވާ ކަމުގައި ހޯމް މިނިސްޓަރ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެ ސްޕްރީމް ކޯޓަށް ފާޑުވިދާޅުވެއްޖެއެވެ.

ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކުގެ ސަބަބުން އަވަހަށް ބަލައި ނިންމަންޖެހޭ މައްސަލަތައް ނުބެލި ލަސްވަމުންދާ މައްސަލައާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ ޑރ. މުހަންމަދު ޖަމީލް ވިދާޅުވީ ޝަރުއީ ދާއިރާގައި ރަނގަޅުކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރިކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން ބަލަންޖެހޭ މައްސަލައެއް ނުބެލި ތާށިވެފައި އޮންނަން ނުޖެހޭކަމަށެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދުގެ މައްޗަށް އުފުލިފައިވާ ޖިނާއީ މައްސަލައެއް ހުޅުމާލެ ކޯޓަށް ހުށެހެޅުމުން އެކަން އެކޯޓުން ނުބެލޭނެކަމަށް ބުނެ، އެމައްސަލައާއި މެދު ވަކިގޮތެއް ނުނިންމާ ދިގުލައިގެންދާކަމަށްވާނަމަ ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓުން އެކަމުގެ ޒިންމާ ނަގަންޖެހޭނެކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި އެމައްސަލަ ބަލަންޖެހޭނީ ކޮންފަރާތަކުން ކަމާއި އެކަމުގައި ކަންކަން ކުރަންޖެހޭ ގޮތް ސްޕްރީމް ކޯޓުން ބުނެދޭންޖެހޭނެކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ނަމަވެސް ސްޕްރީމް ކޯޓުން އަދާކުރަންޖެހޭ ޒިންމާތައް އެކޯޓުން މިހާރު އަދާކުރަމުން ނުދާކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ ޝަރުއީ ދާއިރާގައި ރަނގަޅު ކުރަންޖެހޭ ކިތަންމެކަމެއް ހުރިކަން ސަރުކާރުންވެސް އަދި އެހެން ފަރާތްތަކުންވެސް ހިތުގެ އަޑިން ގަބޫލުކުރާކަމަށާއި ޝަރުއީ މަރުހަލާ ކުރިއަށް ދާނީ ދުސްތޫރީގޮތުން އުފެދިފައިވާ މުއައްސަސާތައް ޒިންމާދާރުކަމާއެކު ހަރަކާތްތެރިވެގެންކަމަށެވެ.

ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މާލެއާއި އަތޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ވެރިކަންކޮށްފައިވާ ބޭފުޅުންގެ ތެރެއިން ރައްޔިތުން އެންމެ ބޮޑަށް ނިކަމެތި ކޮށްލި ވެރިއަކީ ކުރީގެ ރައީސް ނަޝީދުކަމަށާއި ނަޝީދު އަދިވެސް މަސައްކަތް ކުރައްވަމުންދަނީ ދިވެހި ރައްޔިތުން ނިކަމެތި ކުރުމަށް ކަމަށެވެ. އެގޮތުން ދޮގުވާހަކަތައް ދައްކަވައިގެން، ޒުވާނުންނާއި މުސްކުޅިން އަވައިގައި ޖައްސައި އެމީހުންލައްވާ ހަމަނުޖެހުން ހިންގައިގެންވެސް ނަޝީދު މަސައްކަތް ކުރައްވަނީ ވެރިކަމަށް ވަޑައިގެންނެވުމަށް ޖަމީލް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދާއި އެމްޑީޕީން ހިންގާމުން ގެންދާ މި އަމަލުތަކުގެ ސަބަބުން ނިކަމެތިކަން ލިބިގެންދަނީ އެންމެ ނިކަމެތި ރައްޔިތު މީހާއަށްކަމަށާއި އެކަމުގެ ސަބަބުން ނަޝީދާއި އެމްޑީޕީއަށް އެއްވެސް ނިކަމެތިކަމެއް ނުލިބޭނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ނަޝީދު އިސްވެހުންނަވައިގެން ކުރައްވާފައިވާ ކަންތައްތަކުގެ ސަބަބުން މިހާރުވެސް އެތަކެއް ޒުވާނުން ތަކެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާތައް އުފުލި ބައެއް ޒުވާނުން ޖަލުގައި ދުވަސްތައް ގުނަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ނިކަމެތިވެ ބިކަހާލުގައި ޖެހޭނީ އެކުދިންގެ މައިންބަފައިންނާއި އަނބިދަރީން ކަމަށާއި މިކަމުގައި ނަޝީދާއި އެމްޑީޕީއަށް ދެވޭނެ އެއްވެސް އެހީތެރިކަމެއް ނޯންނާނެ ކަމުގައި ޖަމީލު ވިދާޅުވިއެވެ.

ސޯސް: ދިޓީވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ހަދާކޯލިޝަނަކުން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ޑރ. ޖަމީލް

ރިޔާސީ ނިޒާމެއްގައި ހަދާ ކޯލިޝަނަކުން ރަގަޅަށް ވެރިކަން ނުކުރެވޭނެކަމަށާއި، އެއީ ރަގަޅު ވިސްނުމެއްނޫންކަމަށް ވިދާޅުވެ ރައީސް ވަހީދާއެކު މި އަހަރުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz