ނަޝީދުގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔަ ހުރިހާ ވާހަކަތަކެއް މިއަދު ހަގީގަތަކަށް ވަމުން އެބައާދެ-މަހުލޫފް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ކުރެއްވިރު އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔަ ހުރިހާ ވާހަކަތަކެއް މިއަދު ހަގީގަތަކަށް ވަމުން އެބަ އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ދިޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މަހުލޫފު ވިދާޅުވީ އެބޭފުޅުން، ނަޝީދު ވެރިކަމަށް ވަޑައިގެންފަހުން ދައްކަމުން އައި ހުރިހާ ވާހަކަތަކެއް މިއަދު ހަމަ ހަގީގަތަކަށް ވަމުންދާތަން ފެންނަމުން ދާކަމަށެވެ. އަދި އޭރު ނަޝީދު ނުވަތަ އެމްޑީޕީއިން އެއީ ދޮގެކޭ ކިޔައި ވާހަކަތައް ދެއްކިނަމަވެސް މިއަދު ބޭރުގެ މީޑިއާ ތަކުގައި އެމަނިކުފާނު އަމިއްލަފުޅަށް އެމައުލޫމާތު ދެއްވަމުން  އަންނަ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

މީގެ އިތުރުން މަހުލޫފު ވިދާޅުވީ ކޮންމެ ނަމަކުން ނުވަތަ ކޮންމެ އިބާރާތަކުން އެބޭފުޅުންނާ މުހާތަބުކޮށް ގޮވަމުން ދިޔަޔަސް ސާދަ އޭޕްރިލްގައި އޮތް ބައި އިލެކްޝަންސްގައި ރައްޔިތުންލީ ވޯޓުންވެސް ރައްޔިތުން ތިބީ އެބޭފުޅުންނާ އެކީގައިކަން ފެންނަން އެބަ އޮތްކަމަށެވެ. އަދި އެބޭފުޅުން ދިޔައީ ވަޒީރުންނަށާއި ނައިބު ރައީސަށް ރުހުން ލިބޭނެ ކަމަށް އެކި ގޮތްގޮތުން ރައްޔިތުންނަށް ޔަގީންކަން ދެމުން ކަމަށާއި އިއްޔެ މަޖިލީހުގައި ނެގުނު ވޯޓުން ފެނިގެން ދިޔައީ އެމްޑީޕީގެ ސަރުކާރުން ބިރު ދައްކައި ބްލެކްމޭލް ކޮށްގެން ގެންގުޅުނު މެމްބަރުންވެސް އެކަމުން ސަލާމަތްވުމުން، މިހާރުގެ ސަރުކާރާ އެއްކޮޅަށް ވޯޓުލައި ވަޒީރުންނަށާއި ނައިބު ރައީސަށް ވޯޓު ދިންތަން ކަމަށާއި ވަޒީރުންނާއި ނައިބު ރައީސަށް ރުހުން ލިބުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

“ރައީސް ޔާމީނަކީ ރައްޔިތުން ބަލައިގަންނަ ކަހަލަ ސިފަތަކެއް ހުރިމީހެއްނޫން” މަޚުލޫފް

  އިކޮނޮމިސްޓެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް މަޝްހޫރުވެފައިވާ އަދި %25 ވޯޓާއެކު ރާއްޖޭގެ ވެރިކަމުގައި މިހާރުހުންނެވި އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ …

ޚިޔާލެއްދެއްވާ

avatar
wpDiscuz