ނަޝީދުއަށް އެލަވަންސް ނުދޭކަމަށް ފަތުރާފައިވާ ވާހަކަތައް ފިނޭންސްއިން ދޮގުކޮށްފި

ކުރީގެ ރައީސް ނަޝީދަށް ސަރުކާރުން އިނާޔަތުގެ ފައިސާ ނުދޭތާ ހަތަރު މަސްދުވަސް ވެއްޖެ ކަމަށް ބުނެ އެމްޑީޕީއާއި ހަވާލާދީ އެޕާޓީގެ ޚަބަރުތައް ގެނެސްދޭ މީޑިޔާތަކުން ފަތުރާފައިވާ ވާހަކަތައް ފިނޭންސް މިނިސްޓްރީން ދޮގު ކޮށްފިއެވެ.

ދިޓީވީއަށް މަޢުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ކުރީގެ ރައީސް ނަޝީދާއި، ކުރީގެ ރައީސް މައުމޫނަށްވެސް ބަރާބަރަށް ސަރުކާރުން އިނާތް ދެމުން ގެންދާ ކަމަށާއި، އެއްވެސް ބޭފުޅެއްގެ އިނާޔަތް ނުވަތަ އެލަވަންސް ފިނޭންސް މިނިސްޓްރީން ހިފަހައްޓާފައި ނުވާނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ބުނީ، ކުރީގެ ރައީސް ނަޝީދު އިޖްތިމާޢީ ޚިދުމަތް ކުރައްވާ އޮފީހެއްގެ ނަމުގައި ފައިސާ ނަންގަވަން ހުށަހެޅުއްވާފައި ވީނަމަވެސް އެ ހުށަހެޅުއްވުމުގައި ބައެއް ކަންކަން ފުރިހަމަ ނުވާތީ އެފަދަ އޮފީހެއް ހިންގަވަން ފައިސާ ދޫކުރައްވާފައި ނުޥާ ކަމަށެވެ.

އެހެން ނަމަވެސް އެކަމަކީ ވަކި ބޭފުޅަކަށް ވުމުން ފައިސާ ނުދިނުމަށް ހިފެހެއްޓި ހިފެހެއްޓުމެއް ނޫން ކަމަށާއި، ފިނޭންސް މިނިސްޓްރީން އެއްވެސް ބޭފުޅަކާއިމެދު ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަޝީދު އަމިއްލައަށް އިސްތިއުފާ ދެއްވުމުން ޑރ. ވަހީދު އެފެއްދެވި ސަރުކާރަކީ ގާނޫނީ ސަރުކާރެއް ނޫންކަމަށާއި ސަރުކާރު ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގައި ސަރުކާރު ބަދުނާމުކޮށް ބޭރު ދުނިޔޭގައި ހަރަކާތްތައް ހިންގަވަމުން ގެންދެވި ނަމަވެސް ނަޝީދު މިކަންކަން ކުރައްވަމުން ގެންދެވީ ގާނޫނު އަސާސީގައިވާގޮތުން ގާނޫނީ ހަމަތަކުގެ މަތީން ވެރިކަމުން އިސްތިޢުފާ ދެއްވުމުން ދައުލަތުން ލިބޭ އިނާޔަތުގެ ފައިސާއާއި ރައްކާތެރިކަން ހޯއްދަވައިގެންނެވެ.

ސޯސް: ދިޓިވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނަޝީދުއާއި މައުމޫނާ ދެބޭފުޅުން ގެ މަޝްވަރާ ކުރިއަށްދާކަމަށް ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ.

ކުރީގެ ދެ ރައީސުން ކަމުގައިވާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމާއި، އަލްފާޟިލް މުޙައްމަދު ނަޝީދުއާއި ދެބޭފުޅުންގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާކަމަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz