ނަޝީދަކީ ޙަރަދުކުޑަ ވެރިއެއްބާ…؟

ނަޝީދަކީ ޙަރަދުކުޑަ ވެރިއެއްބާ…؟

އެމްޑީޕީން ވެރިކަމުގައި އޮތް ދުވަސްވަރު އެޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން އެންމެ ގިނައިން ދެއްކި އެއްވާހަކައަކީ ރައީސް މައުމޫނު އަމިއްލަ ގެކޮޅުގައި ހުނަވަމުން އިނާޔަތްތަށް ނަންގަވަމުން ގެންދާ ވާހަކައާއި މައުމޫން ސިޔާސީ ކަންތައް ތަކުގައި އުޅުއްވަމުން ދައުލަތުން އިނާޔަތް ނަންގަވަމުން ގެންދަވާ ވާހަކައެވެ.

ކަންމިހެން އޮތްނަމަވެސް ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އަމިއްލަފުޅަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާދެއްވި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު މުހައްމަދު ނަޝީދުވެސް ދަނީ ދައުލަތުން ކުރީގެ ރައީސުންނަށް ދެއްވާ އިނާޔަތްތައް ނަންގަވަމުނެވެ. އެގޮތުން މިހާތަނަށް އެކެއް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާ ދައުލަތުން ނަޝީދަށް ރައީސްކަމުން އިސްތިއުފާދެއްވި ފަހުން ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ނަޝީދަށް ދައުލަތުން ދެމުންދާ މާލީ އިނާޔަތްތަކުގެ ބަޔާން އިއްޔެ އާންމުކޮއްފައި ވާއިރު އެބަޔާނުގައި، ވަރަށް ތަފްސީލްކޮށް ނަޝީދަށް ދެމުންދާ އިނާޔަތްތަށް ބަޔާންކޮއްފައިވެވެ.

މީގެ ކުރިން އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި މެމްބަރުން އެންމެ ކަންބޮޑުވި އެއް މައްސަލައަކީ ކުރީގެ ރައީސަށް މާބޮޑު އިނާޔަތްތަކެއް ދައުލަތުން ދިނުމަށް ނިންމި މައްސަލައެވެ. މިގޮތުން ރައީސް މައުމޫނު އަމިއްލަ ގެކޮޅުގައި ހުންނަވައިގެން ގެކޮޅަށް ދެއްވާ އިނާޔަތްތައް ނަންގަވަމުން ގެންދިއުމާއި ސިޔާސީ ކަންކަމުގައި ރައީސް މައުމޫން އުޅުއްވަމުން ދައުލަތުން އިނާޔަތް ނަންގަވަމުން ގެންދިޔަ މައްސަލައިގެ ޝަކުވާ އެމްޑީޕީއިން ކޮށްފައިވެއެވެ.

ކަން މިހެން އޮތްނަމަވެސް އިއްޔެ ރައީސް އޮފީހުން އާންމުކޮށްފައިވާ ނަޝީދުގެ މާލީ ބަޔާނަށް ބަލާއިރު ރައީސް ނަޝީދު ފެބްރުއަރީ ހަތް ވަނަ ދުވަހު ވެރިކަމުން އިސްތިއުފާ ދެއްވި ފަހުން އެމަހުގެ ތޭވީސް ވަނަ ދުވަހަށް އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި އެއްލައްކަ ތިރީސް ހަތަރުހާސް އެއްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަތްލާރި ވަނީ ދައުލަތުން ނަންގަވާފައެވެ. އަދި އެދުވަސްތަކަށް ނަޝީދަށް މާލީ އިނާޔަތުގެ ގޮތުގައި ތިރީސް އަށްހާސް ތިންސަތޭކަ ތިރީސްތިން ރުފިޔާ ތިރީސް ތިންލާރި ދެވިފައިވާއިރު، އަދި އޭގެ އިތުރުން ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި ވެސް ތިރީސް އަށްހާސް ތިންސަތޭކަ ތިރީސްތިން ރުފިޔާ ތިރީސް ތިންލާރި ދައުލަތުން ނަނގާފައިވާކަން ފާހަގަކޮށްލަންޖެއެވެ.

މީގެ ކުރިން މައުމޫން އިނާޔަތް ނަންގަވަމުން ގެންދިއުމުން އެމްޑީޕީގެ މެންބަރުންވަނީ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާނަމަ، އެއިނާޔަތް ކަނޑާލާނެ ކަމަށް ބުނެ، އެތަކެއްފަހަރަކު ގޮވާލާ މަޖިލީހުގައި އެކަމަށް ވަކާލާތުވެސް ކޮށްފައިވެއެވެ. ނަމަވެސް ހަމަހަމަ ނަޒަރަކުން މިއަދު ގައުމުގެ ސިޔާސީ ކަންތައްތަކަށް ބަލާލާއިރު ނަޝީދާއި، މައުމޫނާ ދެބޭފުޅުންގެ ތެރެއިން ސިޔާސީ ކަންތައްތަކުގައި ބާރަށް އުޅުއްވަނީ ކޮން ބޭފުޅެއް ކަމާމެދު މީވިސްނާލުން މުހިއްމުކަމެއްކަން ކަށަވަރެވެ.

ރައީސުންނަށް ދައުލަތުން ދެމުންދާ އިނާޔަތްތަށް މައުމޫން ނަންގަވަމުން ގެންދަވަން ފެށުމުން އެމްޑީޕީ މެންބަރުންނަށް އެކަންތައްތަށް ހަޖަމުކުރަން ދަތިވެ، މިއަދު ނަޝީދު އިނާޔަތްތައް ނަންގަވަން ފެށުމުން ބަސް ހުއްޓި ތިބުންމީ ގައުމުގެ ކުރިއެރުމަށް އެމްޑީޕީން ވިސްނާކަމަށް ބުނާ ވާހަކަ އާއި މެދު ސުވާލު އުފެދޭނެ ކަމެކެވެ.

ނަޝީދުގެ އޮފީސް ހިނގެވުމުގެ ހަރަދާއި،ނަޝީދުގެ މާލީ އިނާޔަތްތަކުގެ ހަރަދުގެ އިތުރުން ދިރުއުޅުއއްވުމަށް ކޮއްފައިވާ ހަރަދުތަކުގެ އިތުރަށް ދައުލަތުން ނަޝީދަށް ކޮއްފައިވާ އިތުރު ހަރަދުތަކަށްބަލާއިރު މާޗް މަހާއި އެޕްރީލް މަހާއި މެއި މަހާއި ޖޫން މަހުގެ އިތުރުން މިހިނގާ ޖުލައި މަހުގެ ވެސް ރައީސް ނަޝީދުގެ އޮފީސް ހިންގެވުމުގެ ހަރަދަށް އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ ދައުލަތުން ދީފައިވާއިރު މިމުއްދަތުގައި ރައީސް ނަޝީދަށް މާލީ އިނާޔަތުގެ ގޮތުގައި ބައިލައްކަ ރުފިޔާއާއި، އަދި ދިރުއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި ވެސް ބައިލައްކަ ރުފިޔާ ދީފައިވާ ކަމަށް އިއްޔެ އާންމުކޮއްފައިވާ ނަޝީދުގެ މަލީ ބަޔާންތަކުން ހާމަވާކަން ފާހަގަކޮއްލަންޖެހެއެވެ.
ރައީސް އޮފީހުން އިއްޔެ އާންމުކޮއްފައިވާ ނަޝީދުގެ ހަރަދުތަކުގެ ތަފާސް ހިސާބަށްބަލާއިރު ރައީސް ނަޝީދު ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި މިހާތަނަށް ދައުލަތުން ދެލައްކަ އަށްޑިހަ އައްހާސް ތިންސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސް ލާރި ދީފައިވެއެވެ. އަދި ރައީސް ނަޝީދުގެ އޮފީސް ހިންގެވުމުގެ ހަރަދުގެ ގޮތުގައި އެއްމިލިއަން ނުވަހާސް އެއްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ނުވަދިހަ ހަލާރި ހަރަދުކޮއްފައިވާކަންވެސް ފާހަގަކޮއްލަންޖެހެއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މާދަމާގެ ތަށި ރަށަށް ގެނެސްދީ – ސަޕޯރޓަރުން

މާދަމާއަކީ ފުޓްބޯޅައަށްޓަކައި މަރުދޭ ލަންދޫގެ ރައްޔިތުންނަށާއި މިލަދޫގެ ރައްޔިތުންނަށް ވަރަށް ހާއްޞަ ދުވަހެކެވެ. އެހެނީ މާދަމާއަކީ އަތޮޅުތެރޭގައި މިހާތަނަށް ބޭއްވޭ …

ޚިޔާލެއްދެއްވާ

avatar
ފަރަޑޭސް
ފަރަޑޭސް

ރައީސް ނަސީދަކީ މިއަދުވެސް މި ގައުމުގެ އިންތިހާބީ ރައީސް ދެން ކޮންމޮޅު ވާހަކައެއް ދައްކާކަށްތަ

އުސްމާން
އުސްމާން

ކޭކޭ ދެން ބުނާނީދޯ… މިހިރީ ހަޤީޤަތަކީ… ބޯހަލާކު.

wpDiscuz