ނައިފަރު ގޮނޑު ދޮށުގައި މަރުވެފައި އޮއްވާ މީހަކު ފެނިއްޖެ

ޢުމުރުން އަށްޑިހަ ދެއަހަރުގެ މުސްކުޅި ފިރިހެނަކު ނައިފަރު ގޮޑު ދޮށުގައި މަރުވެފައި އޮއްވާ ފެނިއްޖެކަމަށް ޚަބަރު ލިބިއްޖެއެވެ.

މިއަދު ހަވީރު ފަސްގަޑި ބައި ހާއިރު، މި މީހާ މަރުވެފައި އޮއްވާ ފެނުނު ނަމަވެސް އޭނާގެ ހަށިގަނޑުން އަނިޔާއެއް ވެފައިވާ ކަމުގެ އަސަރެއް ފެންނަން ނެތް ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި މަރުވެފައިވާ މީހާ އަށް ލޮނު ބޮވިފައި ނުވާ ކަމަށާއި، ބެލެވޭ ގޮތުގައި މިއީ ޤުދުރަތީ މަރެއް ކަމަށް އޭނާ ބެއްލެވި ޑޮކްޓަރާ ޙަވާލާދީ މަޢުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

 ފުލުހުން ވެސް ވަނީ ނައިފަރު ގޮނޑުދޮށުން މަރުވެފައިވާ މީހަކު ފެނިފައި ވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ފުލުހުން ބުނީ ނައިފަރު ގޮނޑު ދޮށުގައި މަރުވެފައި އޮއްވާ މިއަދު އިރު އޮއްސެނިކޮށް ފެނިފައި ވަނީ އެރަށު ކުޅުދޫގޭ ޢުމުރުން އަށްޑިހަ ދެއަހަރުގެ ޢަބްދުއް ރަޙުމާން މުޙައްމަދު ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ މިހާރު ތަޙުޤީޤު ކުރަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz