ހޯމް މިނިސްޓަރ ދެއްކެވި ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަނުން ދޮގުކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަނުން ރާއްޖޭން ބޭރުގެ ފަރާތްތަކަށް ހާމަކުރާ ރިޕޯޓުތަކުގައި ރާއްޖެއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ހިމެނޭ ކަމަށް ހޯމް މިނިސްޓަރ ހަސަން އަފީފް ވިދާޅުވެފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަނުން އެކަން ދޮގުކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގައި މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވާ އެކޮމިޝަންގެ ރައީސާ މަރިޔަމް އަޒުރާ އަހުމަދު ވިދާޅުވީ ކޮމިޝަނުން ރިޕޯޓްތައް ހައްދަވަނީ ހަމައެކަނި މީޑިއާގެ ރިޕޯޓްތަކަށް ބުރަވެ ކަމަށާ އެކަން އެގޮތަށް ކުރުމުގެ ސަބަބުން ކޮމިޝަނުން ހާމަ ކުރާ ރިޕޯޓްތަކުގައި ރާއްޖެއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ހިމެނެމުންދާ ކަމަށް ހޯމް މިނިސްޓަރ ހަސަން އަފީފް ވިދާޅުވެފައިވަނީ އެކޮމިޝަނުން ކަންތައްތައް ކުރާ ގޮތް ރަނގަޅަށް ނުބައްލަވާ ކަމަށެވެ. ހަސަން އަފީފްގެ ވާހަކަތަކުގެ ސަބަބުން ކޮމިޝަނުން ނެރޭ ރިޕޯޓްތަކާ މެދު އާންމުންގެ ހިތުގައި ސުވާލު އުފެދިގެން ހިންގައިދާނެތީ ކަންބޮޑުވުން ފާޅުކޮށް އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް އަޒުރާވަނީ ވިދާޅުވެފައެވެ.

ކޮމިޝަނާއި ބެހޭ ގޮތުން ހޯމް މިނިސްޓަރ ހަސަން އަފީފް މިފަދަ ވާހަކަތަކެއް ދައްކަވާފައިވަނީ އިއްޔެ ހަވީރު ފޮރިންގ މިނިސްޓްރީގައި ބައްވާފައިވާ ނޫސްކޮންފަރެންސެއްގައެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

މިހާތަނަށް ރާއްޖެ ދުށް އެންމެ އިޚްލާސްތެރި ނާއިބު ރައީސަށް އަޅުގަނޑު ވާނަން – ޑރ.ޝަހީމް

މިހާތަނަށް ރާއްޖެ ދުށް އެންމެ އިޚްލާސްތެރި ނާއިބު ރައީސަށް ވެވަޑައިގަންނަވާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓަކަށް ހަމަޖައްސާފައިވާ …

ޚިޔާލެއްދެއްވާ

avatar