ހޮސްޕިޓަލްތަކުންނާއި، ޞިއްޙީ މަރުކަޒުތަކުން ދޭ ޚިދްމަތްތަކަށް ރައްޔިތުންގެ އަތުން ފައިސާ ނުނަންގަވާނެ-ރައީސް

ސަރުކާރުގެ ހޮސްޕިޓަލްތަކުންނާއި، ރީޖަނަލް ހޮސްޕިޓަލްތަކުންނާއި، ޞިއްޙީ މަރުކަޒުތަކުން ދޭ ޚިދްމަތްތަކަށް ރައްޔިތުންގެ އަތުން ފައިސާ ނުނަންގަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެއަތޮޅު ހިރިލަންދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި އާސަންދައިގެ ނިޒާމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެޕްރޮގްރާމުގެ ތެރެއިން ނުސީދާ ގޮތެއްގައި ބަޔަކު ފައިސާތަކެއް ނަގަމުން އެބަދާ ކަމަށާއި، މިކަން ކޮންޓްރޯލް ނުކުރައްވައި، ރައްޔިތުންނަށް ދެއްވަންޖެހޭ ޞިއްޙީ ޚިދްމަތް ރަނގަޅަކަށް ނުދެއްވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އާސަންދަ ޕްރޮގްރާމް އަލުން އިންތިޒާމް ކުރައްވައި މިހެން ހުރި ކަންކަން ރަނގަޅު ކުރައްވާނެ ކަމުގައިވެސް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހިރިލަންދުއަކީ، މަސްވެރިރަށެއްކަން ފާހަގަކުރައްވަމުން، ރަށުގެ މަސްވެރިންނަށް ދިމާވެފައިވާ އެއްދައްޗަކީ، ހިރިލަންދޫގެ ބަނދަރުގެ މައްސަލަ ކަމަށާއި، ރަށުގެ ބަނދަރުގެ މަސައްކަތް އަވަހަށް ފެށުމަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މަހުގެ އަގު ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި މަސްވެރިކަން މިހާރަށްވުރެ ރަނގަޅުވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިން ސަރުކާރުން ދެއްވަމުން ގެންދެވި އެކިއެކި ޢިނާޔަތްތައް ހުއްޓަވާނުލައްވައި ކުރިއަށް ގެންދަވާނެ ކަމަށާއި، ދައުލަތުގެ ބަޖެޓަށް ލުއިކަމެއް ލިބޭތޯ ފަށްޓަވާފައިވާ މަސައްކަތުން، އަދި ބަޖެޓުން ބޭކާރުވެގެންދާބައި ސަލާމަތްކޮށްގެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަސްވެރިންގެ ސަބްސިޑީ ދެވޭނެ ގޮތެއް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

އާސަންދަ އޮފީހެއް އަވައްޓެރި ޝްރީލަންކާގައި ހުޅުވައިފި.

ދިވެހި ރައްޔިތުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ ހުސްނުވާ އާސަންދައިގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޝްރީލަންކާގައި އާސަންދަ ލިބޭ އޮފީހެއް …

ޚިޔާލެއްދެއްވާ

avatar
wpDiscuz