” ހޮލިޑޭ ކަޕް ” ފުޓްބޯޅަ މުބާރާތް – ލަންދޫ ފުޓްބޯޅައިގެ ދިރުން

މިފަހަކަށް އައިސް ލަންދޫގައި ބޭއްވޭ އެންމެ ފޯރިގަދަ އެންމެބޮޑު ، އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތަކީ ކޮންމެ އަހަރެއްގެވެސް ސްކޫލް ބޮޑު ބައްދާއި ދިމާކޮށް ބޭއްވޭ ” ހޮލިޑޭކަޕް ” ފުޓްބޯޅަ މުބާރާތްކަން ޔަޤީނެވެ.

ވޭތުވެދިޔަ އަހަރު ބޭއްވުނު ” ބަޑިފެމެލީ ލިޔެސް ހޮލިޑޭކަޕް ” ފުޓްބޯޅަ މުބާރާތް ވެގެން ގޮސްފައިވަނީ އަދި މިހާތަނަށް އެންމެ ދުރާލާ ތައްޔާރުވެގެން ލަންދޫގައި ބޭއްވުނު ފުޓްބޯޅަ މުބާރާތް ކަމުގައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ލަންދޫގެ ތާރީޙްގައި އެންމެ ފުރަތަމަ ފަހަރަށް ފައިނަލްގައި ކުޅުނު ދެޓީމަށް އޮރިޖިނަލް މެޑެލް ދެވި ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް އެކުޅުންތެރިންގެ ދަރިންގެ ދަރިންނާއި ހިސާބަށް ދައްކަލެވޭ ފަދަ ( ގިނަދުވަހަށް ދެމިހުންނަ ފަދަ ) ޓްރޮފީތަކެއް ދެވިގެން ދިޔައެވެ.

ހަމަ  މިއާއި އެކު ރެފްރީންގެ މައްސަލަތަކެއް ދިމާނުވެ، އަމާން އޮމާންކަމާއި އެކު ރީތިގޮތުގައި ކުޅިވަރުގެ ރޫހާއި އެއްގޮތައް ނިމިގެން ދިޔަ ފުޓްބޯޅަ މުބާރާތަކަށް ވޭތުވެދިޔަ އަހަރުގެ ހޮލިޑޭކަޕް ވެގެން ގޮސްފައި ވެއެވެ.

ވޭތުވެދިޔަ އަހަރުގެ ” ބަޑިފެމެލީ ލިޔެސް ހޮލިޑޭކަޕް ”  ފުޓްބޯޅަ މުބާރާތް ނިމުމުގެ ކުރިން މިއަހަރުގެ ފުޓްބޯޅަ މުބާރާތައް ޓީމްތައް ތައްޔާރުވާން ފަށާ ، މުބާރާތް ނިމުމާއިއެކު ބައެއްޓީމްތަކުން މިއަހަރުގެ ” ހޮލިޑޭކަޕް ” އަށް ތައްޔާރުވުމުގެ ގޮތުން ބައްދަލްވުންތައް ބާއްވާ ޓީމްތަކުން ކުޅުންތެރިން ގެނައުމުގެ މަސައްކްތ ފެށިތަން ފެނިގެން ދިޔައެވެ. ހަމަ މިއާއިއެކު މިއަހަރުގެ މުބާރާތް ސްޕޮންސާރ ކުރުމުގެ ޝަޢުޤުވެރިކަން ދެފަރާތަކުން ފާޅުކުރި އަޑު އިވިގެން ދިޔައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރުގެ މުބާރާތް ސްޕޮންސާރ ކުރަން ޝަޢުޤުވެރިކަން ފާޅުކުރި އެއްފަރާތުން މިއަދުވެސް އިންތިޒާރު ކުރަމުން ގެންދަނީ މިއަހަރުގެ މިބާރާތް އިއުލާން ކުރާނެ ދުވަހަކަށެވެ. ވޭތުވެ ދިޔަ ދެއަހަރުވެސް މި މުބާރާތް އިޢުލާން ކޮށްފައިވަނީ ” ލިޔެސް ” ގެ ފަރާތުންނެވެ. މިއަހަރުގެ މުބާރަތް ސްޕޮންސަރ އަށް ހުޅުވާލުމުގެ މަޝްވަރާތައް ” ލިޔެސް ” ގެ ހިންގާ ކޮމެޓީގައި މިހާރު ކޮންމެވެސް ވަރަކަށް ހިގަމުންދާކަމަށް ވަރަށް މުޢުތަބަރުކޮށް ” ލަންދޫއިންފޯ ” ޓީމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ލަންދޫގެ ފުޓްބޯޅައިގެ ކުރިމަގަށް ޓަކައި މީގެ ދިހަވަރަކަށް އަހަރު ކުރިން ފެށުނު ” ހޮލިޑޭކަޕް ” ފުޓްބޯޅަ މުބާރާތް ނަގަހައްޓާ ދެމެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ފުޓްބޯޅައަށް ލޯބި ކުރައްވާ ގިނަބަޔަކު މިއަދު ޤަބޫލް ކުރެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މިއަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަ ވާނީ އޮކާޗީ – ކުޅުންތެރިން

ލަންދޫގައި ޒަމާނުންސުރެ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތެއްގެ ގޮތުގައި ބޭއްވެމުން އަންނަ ފުޓްބޯޅަ މުބާރާތަކީ ” ހޮލިޑޭކަޕް ” ފުޓްބޯޅަ …

ޚިޔާލެއްދެއްވާ

avatar
އަޙްސަން ކިނބިދޫ
އަޙްސަން ކިނބިދޫ

ދާނަން މުބާރަތް ބަލާލަން

އޮކާޗީ
އޮކާޗީ

މަހަށްދާމީހުން އޮތީ ފެނިފައި…. މިދހިޔަ ފަހަރުވެސް ދިޔައިީ ފުލަށް … މިފަހަރު ހިޔެއް ނުވޭ ފުލުގަވެސް ލައްވާލަފާނެހެނެއް… މިދިޔަ އަހަރުގެ ނަތީޖާގެ ސަބަބުން އޮކާޗީ މިހާރުވަނީ ރެލިގޭޓް ވެފައި ………. މިއަހަރު ކުޅެން ޖެހޭނީ ސެކަންޑް ޑިވިޝަންގައި…..

މީމު
މީމު

މި އަހަރު މުބާރާތް ބާއްވައިފި ނަމަ ހަމަ ޔަޤީނުންވެސް ތަށި ނަގާނީ އޮކާޗީންކަން ޔަޤީން ، މިއަހަރު ސިންނޭގެ % ދާން ޖެހޭނީ ހަމަ މަހަށް .

wpDiscuz