ހެނބަދޫން ގެއްލިގެން އުޅުނު “އަޒުމީލް” ފެނިއްޖެ

ހެނބަދޫން ގެއްލިގެން އުޅުނު “އަޒުމީލް” މޫދަށްވެއްޓުނުކަމަށްބުނާ ޖެޓީސަރަޙައްދު

 ނ.  ހެނބަދޫން ރޭ އިރާކޮޅު ގެއްލިގެން ހޯދަމުންދިޔަ އެރަށު އެންދެރިމާގޭ ގާތްގަނޑަކަށް އުމުރުން 18 އަހަރުގެ މުޙައްމަދު އަޒުމީލް އޭނާގެ އަމިއްލަ ގޭގައި ހުއްޓާފެނިއްޖެއެވެ. މިމީހާ ފެނިފައިވަނީ ރޭ ފަތިހު ގާތްގަނޑަކަށް 04:30 ހާއިރު އެވެ.

މިހާދިސާގައި މޫދަށްވެއްޓުނު މީހާ މޫދަށްވެއްޓިފައިވަނީ ރޭ އެރަށުގެ ޖެޓީމަތީގައި ބައިސްކަލް ދުއްވަން އުޅުމުގެ ތެރޭގައި ބައިސްކަލާ އެއްކޮށް ކަމަށް އެވަގުތު އެސަހައްދުގައި ތިބި ދެމީހަކަށް ފެނުނުކަމަށް ބުނެފައިވެއެވެ.  އެމީހުން އެތަނަށް ގޮސް ބެލިއިރު ވެއްޓުނު ދިމާލު މޫދުގައި ބައިސްކަލް އޮތްކަމަށާއި އެމީހާ ފެންނަން ނެތްކަމަށް އެދެމީހުން ބުނެފައިވާކަމަށް ވެއެވެ.

މީނާ ހޯދުމުގެ މަސައްކަތުގައި  މޯލްޑިވްސް ޕޮލިސް ސާވިސްގެ ފުލުހުންނާއި އަދި އެރަށުގެ ރައްޔިތުން ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ އިން މައުލޫމާތު ދެއްވާފައިވެއެވެ. މިހާދިސާ މޯލްޑިވްސް ޕޮލިސް ސާރިސްގެ ފަރާތުން ގެންދަނީ އިތުރަށް ތަހުޤީގް ކުރަމުންނެވެ.

މީނާއަކީ އެރަށުގެ ބައެއް މީހުން ބުނާގޮތުން ބުއްދިހަމަ ނުޖެހޭ މީހެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނ. ހެނބަދޫ ކުނިކޮށީގެ ބިންގަނޑު އެއްވަރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި

ނ. ހެނބަދޫގައި މިހާރު ހަދަމުންދާ ކުނިކޮށީގެ ބިންގަނޑު އެއްވަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން …

ޚިޔާލެއްދެއްވާ

avatar
ސްޓިލް އެލައިވް
ސްޓިލް އެލައިވް

ަަަަަަިައޭނަގެ ނަމަކީ އަޒްމީލް ތަ ނޫނީ އަޒްމީރް ތަ؟؟؟؟؟؟؟؟؟؟؟؟؟؟؟

wpDiscuz