ހުމުގެ ރޯގާއަކާއި ލޮލުރޯގާއެއް ހަލުވިކަމާއި އެކު ފެތުރެނީ

މިދުވަސްކޮޅު ލަންދޫގައި ހުމުގެ ރޯގާއަކާއި ލޮލު ރޯގާއެއް ވަރަށް ހަލުވި ކަމާއިއެކު ފެތުރެމުން އެބަދެއެވެ.

ލަންދޫ ސިއްހީ މަރުކަޒުން މަޢުލޫމާތު ދެއްވާގޮތުގައި މިދުވަސްކޮޅު ހުންޖެހިގެން އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ދިހަ ވަރަކަށް މީހުން އެމަރުކަޒުން ފަރުވާ ހޯދައެވެ. ޢާއްމުކޮށް ހުންޖެހިގެންނާއި ލޮލުރޯގާ ޖެހިގެން ދައްކަންމުން ދަނީ ކުޑަކުދިންކަމަށްވެސް އެމަރުކަޒުން މަޢުލޫމާތު ދެއްވައެވެ.

ލަންދޫ ސިއްޙީ މަރުކަޒުން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި މިގޮތައް ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކުގެ ތެރެއިން ގިނަ ކުދިްނނަކީ މަރުކަޒުގައި އެޑްމިޑްކޮށްގެން ފަރުވާ ދޭންޖެހޭ ކުދިންނެވެ.

ލަންދޫގައި ހަލުވިކަމާއިއެކު ހުމާއި ލޮލުރޯގާ ފެތުރެމުންދާތީ މިކަމުން ރައްކާތެރިވުމގެ ގޮތުން ފިޔަވަޅު އެޅުމަށައި ރައްކާތެރިވުމަށް ލަންދޫ ސިއްޙިމަރުކަޒުން ވަނީ ލަންދޫ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

ލަންދޫގައި ހަލުވިކަމާއިއެކު ރޯގާ ފެތުރެމުންދާއިރު ދާދިފަހަކުން ނ.އަތޮޅު ހިމެނޭ ގޮތުން އުތުރުގެ ބައެއް އަތޮޅުތަކަށް މަރުވެގެންލެއްގި މަސްތަކެއްވަނީ ލަންދޫއަށްވެސް ލައްގާފައެވެ. މީގެ ތެރެއިން ބައެއްމަސް ކުނިވެފުޅަ އަޅާ މީގެ އަސަރު ރަށުތެރެއަށްވެސް ފޯރާފައިވާކަމަށް ބައެއްފަރާތްތަކުން ހާމަކުރެއެވެ.

މިހާރު ލަންދޫގައި ފެތުރެމުން މިދާ ދެ ރޯގާއަކީ ވަރަށް ފަސޭހަކަމާއިއެކު އެކެއްގެ ގައިން އަނެކެއްގެ ގައަށް އަރާ ދެ ރޯގާކަމުން ވީވަރަކުން ކުޑަކުދިން ގޭން ބޭރަށް ނުނެރެ ގޭތެރޭގައި ބޭތިއްބުމަށާއި ، ސާފްތާހިރުކަމުގެ ގޮތުން  އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ލަންދޫ ސިއްހީ މަރުކަޒުން ނަޞޭޙަތްތެރި ވެލައްވައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ވަރަށް ހަލުވިކަމާއެކު ލޮލުރޯގާއެއް ލަންދޫގައި ފެތުރެމުން އެބަދޭ.

ނ.ލަންދޫގައި ވަރަށް ހަލުވިކަމާއެކު ލޮލުރޯގާއެއް ފެތުރެމުން އެބަދެއެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3 ނުވަތަ 4 މީހުންނަށް މިބަލިޖެހެމުން އެބަދެއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz