ހުރިހާއެއްޗަކީ ފައިސާއެއް ނޫނެވެ.

ފައިސާދީފައި ގެެއެއް ގަނެވިދާނެއެވެ. އެކަމަކު ދިރިއުޅުމެއް ނުގަނެވޭނެއެވެ.

ފައިސާދީފައި އެނދެއް ގަނެވިދާނެއެވެ. އެކަމަކު ނިދި ނުގަނެވޭނެއެވެ.

ފައިސާދީފައި ގަޑިއެެއް ގަނެވިދާނެއެވެ. އެކަަމަކު ވަގުތެއް ނުގަނެވޭނެއެވެ.

ފައިސާދީފައި ފޮތެއް ގަނެވިދާނެއެވެ. އެކަމަކު މަޢުލޫމާތެއް ނުގަނެވޭނެއެވެ.

ފައިސާދީފައި ބޭސް ގަނެވިދާނެއެވެ. އެކަމަކު ސިއްޙަތެއް ނުގަނެވޭނެއެވެ.

އެެހެންކަމުން  ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ ހުރިހާވެސް އެެއްޗަކީ ފައިސާނޫންކަމުގައެވެ. އަދި ކިއެއްތަ ފައިސާއަކީ ވޭނެއްކަމުގައެވެ. އޭގެ ޝިކާރައަކަށް ވެއްޖެ މީހާ ގެއްލި ހަލާކުވެދާނެކަމެވެ.

ފައިސާގެ އަވައިގާ ޖެހިގެން މީހާގެ ދިރިއުޅުން ބަރުބާދުވެ މާޔޫސް ނުވާށެވެ. ސާދާ ހިތްހަމަ ޖެހޭ އަރާމް ދިރިއުޅުމަކަށް އުންމީދުކުރާށެވެ. އެފަދަ ދިރިއުޅުމަކީ އަމިއްލަ މަސައްކަތުން ހޯދާ ފައިސާކޮޅުން އިޤްތިޞާދުކޮށްގެން ލިބޭ އާމްދަނީއާއި، އެއްވަރަށް ޚަރަދުކުރުމަށް ދަސްވެފައިވާ ދެމަފިރިއެއްގެ ދިރިއުޅުމެވެ. ފަހަރެއްގައިވެސް މީހެއްގެ ދަށުވެ ފައިސާ އާއި ހެދި އަޅުވެތިވެ ތިމާގެ ލަގަން އެހެންމީހަކަށް ދޫވެފައިވާ މީހާއެއް ނޫނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz