ހަތްވަނަ މެޗުންވެސް ލަންދޫ ޓީމް މޮޅުވެއްޖެ

ލަންދޫގެ ޒުވާނުން މިހާރު ކުޅެމުންގެންދާ އެކުވެރިކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗްތަކުގެ ތެރެއިން މިއަދު ކުޅެވު ހަތްވަނަ މެޗުވެސް ލަންދޫ ޓީމުން ކާމިޔާބު ކޮށްފިއެވެ.

މިއަދު ހަވީރު ލަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗުގައި ލަންދޫ ޓީމާއި ބައްދަލްކޮށްފައިވަނީ މިފަހަކަށް އައިސް ނ.އަތޮޅުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޅޮހީގެ ޓީމެކެވެ. މިއަދުގެ މެޗުގައި ދެޓީމްގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު ގިނަވަގުތު ލަންދޫޓީމުން މެޗް ކޮންޓްރީލް ކުރިނަަމަވެސް ޅޮހީޓިމުންވެސް އެޓީމްގެ ޕާސިންގ ގޭމް ޖެއްސޭތޯ ބަލާފައިވެއެވެ.

މިއަދުގެ މެޗު ލަންދޫ ޓީމުން ކާމިޔާބު ކޮށްފައިވަނީ 5 ލަނޑު ދެލަނޑުންނެވެ. މިއަދުގެ މެޗުގައި ލަންދޫޓީމަށް ގޯލްތައް ޖަހައިދީފައިވަނީ ވަސީމް ޢަބްދުއްރަހްމާނާއި ، މުޙައްމަދު ސަމާޙް އާއި، ޔޫސުފް ޢަބްދުއްރަޙީމް އާއި އަދި އަޙްމަދު ރަޝީދު އެވެ. މީގެ ތެރެއިން މުޙައްމަދު ސަމާޙް ވަނީ 2 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި މިެލަނޑާއިއެކު މުޙައްމަދު ސަމާޙް ( ސަމައްޓޭ ) މިއަހަރު ޖެހި ލަނޑުގެ އަދަދު 6 އަށް އެރީއެވެ. މިއަދުގެ މެޗުގައި ލަންދޫޓީމުން ޖަހާފައިވާ ފަސް ގޯލަކީވެސް ވަރަށް ހިތްގައިމު ރީތި ގޯލްތަކެކެވެ.

މިއަދުގެ މެޗުގައި ލަންދޫޓީމުން އެންމެ ރަނގަޅަށް ކުޅުންކަމަށް ފާހަނގަ ކުރެވިފައިވަނީ މި މެޗުގައި ލަންދޫޓީމުން 90 މިނިޓް ހަމަވަންދެން ކުޅުނު ހަމަ އެކަނި ކުޅުންތެރިޔާ ކަމުގައިވާ ޔޫސުފް ޢަބްދުއްރަޙީމް ( ޔޫއްޓޭ ) އާއި ފަހުހާފްގެ ވަކި ހިސާބަކުން ބަދަލްކުރި ކެޕްޓަން ހުސެއިން ޖަވާދު ( ޖަވާ ) އާއި ޓީމަށް 2 ގޯލް ކާމިޔަބު ކޮށްދިން މުޙައްމަދު ސަމާޙް ( ސަމައްޓޭ ) އެވެ.

ލަންދޫޓީމުން މިއަހަރު އެކުވެރިކަމުގެ 7 މެޗު ކުޅެފައިވާއިރު ފުރަތަމަ 2 މެޗުން ބަލި ވުމަށްފަހު ދެންކުޅުނު އެއްވެސް މެޗަކުން އެޓީމް ބަލިވެފައެއް ނުވެއެވެ. 7 މެޗުގައި ލަންދޫޓީމުން އިދިކޮޅު ޓީމްތަކުގެ ގޯލަށް 28 ލަނޑު ވައްދާލައިފާވާއިރު ލަންދޫ ޓީމްގެ ގޯލަށް 14 ލަނޑު ވަދެފައި ވެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ – ޅޮހި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެނީ

ނ.ލަންދޫ އާއި، ނ.ޅޮހީ ގެ ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއެއްޖެއެވެ. މިމެޗް އޮންނާނީ މާދަމާ …

ޚިޔާލެއްދެއްވާ

avatar
މުޙައްމާ
މުޙައްމާ

މިފަހަރު ޖަހާފައިވާ ފޮޓޯ ވަރަށް ތަފާތު ވަރަށް ސަޅި އިނގޭ

ބިސް މަޅިބެ
ބިސް މަޅިބެ

ސާބަހޭ ލަންދޫ ޓީމަށް

އިރުފާނު ( އިރޭ )
އިރުފާނު ( އިރޭ )

އެހެންވެސް ބައެއްހަފަރުވާނެ،އަދި މޮޅުވާނެ،އބަދުވެސް ކުޅުންތެރިން އުފައްދަން މަސަތްކަތް ކުރަންވާނީ ދެންފަހަރަކުން މޮޅުވާނީ ދޯ!…މަރުޙަބާ މޮޅުވި ޓީމް

wpDiscuz