ހައިރާން ކުރުވަނިވިގޮތަކަށް ގްރީކާއި ޗެކްރިޕަބްލިކް ކުއާޓާ ފައިނަލަށް

ޕޮލެންޑާއި ޔޫކުރޭނުގައި މިހާރުކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ އިން ގްރީކާއި ޗެކްރިޕަބްލިކް ހައިރަންކުރުވަނިވި ގޮތަކަށްު ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. މި ގްރޫޕުން މުބާރާތާއި އަލްވަދާޢު ކިޔާފައިވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި އާދަޔާ ޚިލާފް މޮޅުކުޅުމެއް ދެއްކި ރަޝިޔާ އާއި މުބާރާތް ބާއްވާ އެއް ޤައުމު ކަމުގައިވާ ޕޮލެންޑެވެ.

ގްރޫޕުގެ ފަހު މެޗުތަކުގައި މިރޭ ޕޮލެންޑް އަތުން 1- 0 އިން ޗެކް ރިޕަބްލިކް މޮޅުވިއިރު ރަޝިއާ އަތުން ގްރީކް މޮޅުވީ 1- 0 އިންނެވެ.

ހަ ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ ހޯދައިގެން ޗެކް ރިޕަބްލިކް ކުއާޓާ އަށް ދިޔައިރު 2004 ގެ ޗެމްޕިއަން ގްރީކަށް ފުރުސަތު ލިބުނީ ހަތަރު ޕޮއިންޓާ އެކު ދެ ވަނަ ހޯދައިގެންނެވެ. ތިން ވަނަ އަށް ދިޔަ ރަޝިއާ އަށް ވެސް ހަތަރު ޕޮއިންޓް ލިބި އަދި ގޯލް ތަފާތުން ގްރީކަށް ވުރެ ކުރި ލިބުނު ނަމަވެސް އެ ޓީމު ކޮލިފައިނުވީ ދެ ޓީމު ކުޅުނު މެޗުން ގްރީސް ކުރި ހޯދާފައިވާތީ އެވެ. ޕޮއިންޓުގެ ގޮތުން ޓީމުތަކެއް އެއްވަރުވެއްޖެ ނަމަ ޔުއެފާ އިން ބަލަނީ އެ ޓީމުތަކެއް ކުޅުނު މެޗުތަކުގައި ނުކުތް ނަތީޖާއަށެވެ. އެ މެޗުތައް އެއްވަރުވެފައިވާ ނަމަ އެ ޓީމުތަކެއްގެ ލަނޑުގެ ތަފާތަށެވެ. މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ޕޮލެންޑް ކެޓީ ދެ ޕޮއިންޓާ އެކު ގްރޫޕުގެ ފުލަށް ގޮސްގެންނެވެ.

ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކް އަތުން 4- 1  އިން މޮޅުވެ އަދި މޮޅު ކުޅުމެއް ދެއްކި ރަޝިއާ ކެޓުމަކީ ގިނަ ބަޔަކަށް ލިބިގެން ދިޔަ ހައިރާންކަމެކެވެ. އަދި ފުރަތަމަ ދެ މެޗުން އެންމެ ޕޮއިންޓެއް ލިބުނު ގްރީސް ފަހު ވަގުތު ދެމި ގަތުމުން ވެސް ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.

މިނަތީޖާއާއި އެކު ގްރޫޕް ސްޓޭޖުގައި ކުރިއަށްހުރި މެޗްތަކުގެ ނަތީޖާ ނިކުމެގެންދާނެ ގޮތަކާއިމެދު ގިނަބަޔަކު ތިބޭނީ ހާސްކަމެއްގެ ތެރޭގައިކަން ޔަޤީނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޔޫރޯގެ ދެވަނަ ތައްޓާއިއެކު ސްޕޭން ތާރީޙްގެ ތެރެއަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މަޝްޙޫރު އިޓަލީ އާއި ބައްދަލްކޮށް 4 ލަނޑު 0 ލަނޑުން މޮޅުވެ އިޓަލީ ލަނދު …

ޚިޔާލެއްދެއްވާ

avatar
wpDiscuz