ޒަޔާން ގެ ޖޯކްތަކުން: “އިދިކޮޅު ބަސް”

އެއްދުވަހަކު އަލީ ޖޮގިން އަށް ދިޔައިރު އެތާ މަޑުކޮށްގެން ތިބި ދެ ފިރިހެނަކު އެކަކު އަނެކަކަށް ބުންޏެވެ. އިދިކޮޅުބަސް ކިޔާ މުބާރާތެއް ބާއްވަން އަހަރެން ބޭނުމެވެ. އެމީހަކު އެބުނި އެއްޗެއް އަލީ އަށް އެހާ ރަނގަޅަކަށް ނޭންގުނެވެ. އަލީ  ހީކުރީ އެބުނީ ކާއެއްޗެއްގެ ވާހަކަ ކަމަށެވެ.  އަލީގެ ހިތަށް އެރިއެވެ. އާ ތިޔާގެ ރަހަ ބަލާލަން ވާނެ ދޯއެވެ!

މީނާ ގެޔަށް ގޮސް އެކަކު ކައިރީގައި ވެސް ނުބުނެ ލެޕްޓޮޕް ހުޅުވާފައި  ގޫގުލް ގައި ސާޗް ކުރިއެވެ. “އިދިކޮޅުބަސް” މިހެން ޖެހުމުން އެރީ “ޔޫއާރ ސާޗް-އިދިކޮޅުބަސް-ޑިޑް ނޮޓް މެޗް އެނީޑޮކިޔުމެންޓްސް” މިހެންނެވެ. މިހެން އެރުމުން އަލީގެ ހިތަށް އެރިއެވެ. އިދިކޮޅު ބަސް އެއީ އަނެއްކާ ކޮން ރަހައެއްލާ އެއްޗެއްބައެވެ؟

ދެން ސައިހޮޓަލަކަށް ގޮސް މެނޫ ބެލިއެވެ. އިދިކޮޅުބަސް އެއް ނެތެވެ. ދެން ކައްކަން މޮޅު ޝެފުން ގާތުގާއެހިއެވެ. އެކަމަކު ނޭންގުނެވެ. އަލީ ގެ ހިތަށް އެރިއެވެ. އަނެއްކާމީ ފިހާރަޔަށް ކިޔާ ނަމެއް ތޯއްޗެކެވެ. ދެން ފިހާރަތަކުގެ ނަންބޯޑަށް ބެލިއެވެ. އެކަމަކުވެސް ބަލާ ބަލާ ނުފެނުނެވެ.

އަލީ މިކަމާ ވަރަށް ވިސް ނައެވެ. އަލީ ރަށުގެ މެޕެއް ހިފައިގެން އެކިއެކި ގެޔަށް ގޮސް ބެލިއެވެ.  ފަސް ވަރަކަށް ގެ ބެލުން އިރަށް އަލީ ވަރުބަލިވެއްޖެއެވެ. ދެން އަލީގެ މަންމަ ކައިރީގައި އަހަން ދިޔައިރު  މަންމަ އެއްވެސް ގެއަކު ނޫޅެއެވެ. މަންމަވީ ވަލަށް ގޮސްސައެވެ.  ދެން ކޮއްކޮ މެންކައިރީގައި ވެސް އެހިއެވެ. އެކަމަކުވެސް ނޭންގުނެއެވެ.

އަލީގެ ބޮލުގައި ވަރަށް ރިއްސައެވެ.އެހެންވެ ދެން އަލީ ގަސްތުކުރީ މާލެ ދާށެވެ. މާލެ ގޮސްސާ އެކި އެކި މީހުން ކައިރީގައި  “އިދިކޮޅުބަހަކީ” ކޮބާތޯ؟ އެހިއެވެ. އަލީ ބޭނުންވީ ކޮންމެ ފަދަ މަސައްކަތެއް ކޮށްގެންވެސް މިއީ ކޯންޗެއްކަން ހޯދާށެވެ. އަދި ރަށުގެ މީހުންނަށް އެއީ ކޯޗެއް ކަން އަންގާށެވެ.

އަލީ މަސަތްކަތާގެން ކުރިއަށް ދިޔައެވެ. އަލީ އަށް ދަނިކޮން ދަނިކޮން ގެޔެއް ކަމަށް ވަދެވުނީ ފެހިޖަހާފަ ހުރި ކުރީގެ ފިހާރަޔަކަށެވެ. އެތާނަކުން އެކަކު ވެސް ނުފެނުނެވެ. މާލޭންވެސް މިކަން ކާމިޔާބު ނުވެގެން އަލީ އައީ ރަށަށެވެ.

އަލީ އަކަށް އެއްގޮތަކަށްވެސް މީގެ މާނައެއް ނޭންގުނެވެ. ދެން އަލީ ދަނިކޮން ދަނިކޮން ކާއެއްޗެއް ކުރަހާފައިން ޕޯސް ޓަރެއް ފެނިގެން ބުންޏެވެ. މީދޯ މިކިޔާ އިދިކޮޅުބަހަކީ ދޯ އާ!

ދެން އަލީ ކުރިމަކީ މި ޕޯސްޓަރު ހިފައިގެން ގޭގެއަށް ހިނގަންފެށީއެވެ. އަދި އޭތި މީހުންނަށް އޮޅުން ފިލުވައިދެން ފެށިއެވެ. އަލީ ފަހަރަކު ގެޔަކަށް ދަމުން  މި ކާއެތި ތަޢާރަފް ކުރެއެވެ. އެއް ގެޔަށް ދިޔައީމަ ބުންޏެވެ. ތިޔައިގެނަން ކަލެއަށް ކިހިނެއް އިގުނީ؟ އަލީ ހަދާނެ ދޮގެއް ވިސްނިއެވެ. އެއީ ގޫގުލް އިން ދަސް ކޮށްފައެވެ.

މިހެން އުޅެނިކޮށް އެއްކަލަ އިދިކޮޅުބަސް ބުނިމީހާގެ ގެޔަށް ވެސް ދެވުނެވެ. އަލީ ބުންޏެވެ. ކަލޭ ބުނީމެއްނުން އިދިކޮޅުބަހޭ؟ އެމީހާ  ބުންޏެވެ. ދެން ކީއްތަވީ؟ އަލި ބުންޏެވެ. އަހަރެން މިއައީ އޭތި ހޯދައިގެންނެވެ. މިއޮތީ އޭތި ފެނިފައެވެ. ނިކަން ރަގަޅަށް ބަލާށެވެ.

ކަންތައްވީގޮތަކީ (އަލީއަށް އެމީހާ ބުނި އެއްޗެއް ނޭންގުނީއެވެ. އެމީހާ ބުނީ އަހަރެން ބޭނުމޭ އިދިކޮޅުބަސް ކިޔާ މުބާރާތެއް ބާއްވަން).

ޝުކުރިއްޔާ!

ހީހީ ހަލާކު …………

ޢިބްރަތް:  މީހަކު އެއްޗެއް ބުނާއިރަށް އެއީ ކޮންއެއްޗެއްކަން ވިސްނައިނުލައި އެކަމަކަށް މަސައްކަތް ނުކުރާށެވެ. ފުރަތަމަ އޭގެ ހަޤީޤަތް ބަލާށެވެ.

ލިޔުނީ: ޙަސަން ޒަޔާން އަޙްމަދު

ޙަސަން ޒަޔާން އަހްމަދަކީ ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. ޒާއްކޮ އެންމެ ލިޔާހިތްވަނީ ކުޑަކުދިންގެ ކުރުވާހަކައާއި، ކުޑަކުދިންގެ ޖޯކްތަކެވ.

މިލިޔުންވެސް ކިޔާލާ

ޒަޔާންގެ ޖޯކްތަކުން (އޫރިދޫ ފޮށި!)

އެއްދުވަހަކު އަލީ އޭނާގެ ރައްޓެހި މުހައްމަދު  ގާތަށް ގޮސް އެހިއެވެ. އަހަރެންގެ ފޮށީގެ ނަމްބަރު ހޯދައި ދެވިދާނެތަ؟ ”އޭ” މިހާރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz