ޒަޔާންގެ ޖޯކް ތަކުން ( އައިސްލޭންޑް އާއި، ފިންލޭންޑް )

ޙަސަނާއި ޢަލީ އަކީ ވަރަށްބޮޑު ދެ އެކުވެރިންނެވެ. އެއްދުވަހަކު މި ދެ އެކުވެރިން ހިނގާލަން ދިޔައެވެ. ހިގާލަން ދިޔަމަގުމަތީ ގައި ހަސަނު ބުންޏެވެ. އޭ މިރޭ އޮންނާނެ ފީފާ ވޯލްޑް ކަޕްގެ  މެޗެއް! އެމެޗް ގައި ބައްދަލު ކުރާނީ އައިސްލެންޑާއި ފިންލެންޑެ، އައްޔާ ކަލޭ ދާނަންތަ މެޗް ބަލަން؟

 

އާ ބަލަން ދާނަން! އަލީ ބުންޏެވެ. ދެން އެދެމީހުން މެޗް ބަލަން ދިޔައެވެ. ދެން މެޗް ބަލަންތިބެފާ އިރުކޮޅެއް ވީ ތަނާ އަލީ ބުންޏެވެ.

އޭ މީ އެއް ގައުމެއްނުން މިކުޅެނީ!

މީ ފިންލެންޑާއި އަސްލެންޑް އަކީ އެއްގައުމެންނުން!

ހަސަނު ހިނިގަނޑު ފަޅައިންދިޔައެވެ. ދެންދެމީހުން ޒުވާބުކުރަން ފެށިއެވެ. އަލީ ބުނަނީ އައިސްލެންޑް ކިޔަނީ ފިން ލެންޑް އަށް ކަމަށެވެ. އެއީ އައިސްލެންޑް އަށް ދިވެހިން ކިޔާގޮތް ކަމަށެވެ.

ދެން މި ދެމީހުން ޒުވާބުގައި ތިއްބާ އެތަނަށް އެހެން މީހަކު އައިސް ބުންޏެވެ. ކަލޭމެން ދެމީހުން ތިޔައި ދެ މޮޔައިން ހެއްޔެވެ. އެއީ ދެ ޤައުމެކެވެ. އައިސްލެންޑަކީ ވެސް ފިންލެންޑަކީވެސް ވަކި ޤައުމެއްކަމަށެވެ.

 

ކަންތައްމިވީގޮތަކީ: ޢަލީ ހީކުރީ އައިސްލެންޑް ކިޔަނީ ފިންލެންޑް އަށް ކަމަށެވެ. އޭނާ ހީވެފައި އޮންނަނީ އައިސްލެންޑް ކިޔަނީ އިނގިރޭސިންކަމަށެވެ. އަދި ދިވެހިން ކިޔަނީ ފިންލެންޑް ކަމަށެވެ.

ހައްހައްހާ!

ނިމުނީ:

ލިޔުނީ: ޙަސަން ޒަޔާން އަޙްމަދު

ޙަސަން ޒަޔާން އަހްމަދަކީ ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. ޒާއްކޮ އެންމެ ލިޔާހިތްވަނީ ކުޑަކުދިންގެ ކުރުވާހަކައާއި، ކުޑަކުދިންގެ ޖޯކްތަކެވ.

މިލިޔުންވެސް ކިޔާލާ

ޒަޔާންގެ ޖޯކްތަކުން (އޫރިދޫ ފޮށި!)

އެއްދުވަހަކު އަލީ އޭނާގެ ރައްޓެހި މުހައްމަދު  ގާތަށް ގޮސް އެހިއެވެ. އަހަރެންގެ ފޮށީގެ ނަމްބަރު ހޯދައި ދެވިދާނެތަ؟ ”އޭ” މިހާރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz