ވިލާ ކޮލެޖާއި ޤުރުއާނާއިބެހޭ މަރުކަޒު ގުޅިގެން ކޯސްތަކެއް ފަށަނީ

ދިވެހިރާއްޖޭގެ ޤުރުއާނާބެހޭ މަރުކަރުގެ ފަރާތުން ޤުރުއާނުގެ އިލްމު އިތުރަށްފުޅާ ކުރުމުގެ ގޮތުން ވިލާ ކޮލެޖާ ގުޅިގެން ކޯސްތަކެއް ހިންގުމަށް ނިންމައިފިއެވެ.

މިކަމާގުޅޭ އެއްބަސްވުމެއްގައި ވިލާ ކޮލެޖާއި ޤުރުއާނާއިބެހޭ މަރުކަޒުން ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖްގައި ޤުރުއާނުގެ އިލްމުގެ ތަފާތު ގިނަ ބައިތަކެއް ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން  ޤުރުއާން އުނގަންނައި ދިނުމާއި، ދަސްކޮއްދިނުމާ އަދި ރީތި ރާގުތަކަށް ގުރުއާން ކިޔަވަން ދަސްކޮއްދޭ ކޯސްތައް ހިންގުމަށް ރާވާފައިވެއެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޤުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އައްޝައިޚް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ، މިއީ އެމަރުކަޒަށް ވަރަށް ތާރީޚީ އެއްބަސްވުމެއްކަމަށާއި މި އެއްބަސްވުމުގެ ސަބަބުން ޤުރުއާނުގެ އިލްމު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސޭހަކަމާއެކު ފެތުރުމުގެ ފުރުޞަތު  ލިބިގެންދާނެކަމަށެވެ.

މީގެ އިތުރުން ވިލާ ކޮލެޖްގެ ރެކްޓަރ ޑރ.އަޙްމަދު އަންވަރު ވިދާޅުވީ ކޯސްތައް މި މަހުގެ ތެރޭގައި ފަށާނެކަމަށާއި މި އެއްބަސްވުމުގެ ސަބަބުން ޤުރުއާނާބެހޭ މަރުކަޒުގެ އަމާޒަށް ވާސިލްވުމަށް ވަރަށް ބޮޑު އެއްބާރުން ދެއްވާނެކަމަށެވެ.

ކީރިތި ޤުރުޢާނާއިބެހޭ އިތުރު ކޯސްތަކެއް އަންނަ އަހަރު ޖެނުއަރީ މަހުވެސް ފެށުމަށް ހަމަޖެހިފައިވާކަމަށް ވިލާކޮލެޖުން މައުލޫމާތުދެއެވެ.

ޚަބަރު: ޕީއެސްއެމްނިއުސް

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ވިލާ ގްރޫޕުން މީރާއަށް ދައްކަން ޖެހޭ ފައިސާގެ އިންސައްތައަކީ ބަޖެޓްގެ %13.3 ރުފިޔާ – އާޒިމާ

ވިލާ ގްރޫޕުން މިހާތަނަށް ދައުލަތައް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު، މިއަހަރު ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ %13.3 އަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz