އުފަންވީ އިރުވެސް … (ކުރުވާހަކަ)

އައިޝަތު ޚަތުމާ – ގްރޭޑް 10

ދުނިޔެމަށްޗައް ވެރިވެފައިވާ ކަނު އަނދިރިކަން ފިލުވާލަމުން ފަތިސް ވަގުތުގެ އަރާމް ފިނިކަން މަޑުމަޑުން ކަނޑުވާލަމުން އުދަރެހުން އަރައިގެން އަންނަ އިރުން އެޅެމުންދާ ރަން ދޯދިތަކަށް މަރުހަބާ ކިޔުމަށް ޓަކައި މިރީތިމަންޒަރު ބަލަން އިން ޝަޒުރާ އަށް މިމަން ޒަރުގެ ފުރިހަމަ ކަމުން ދުނިޔޭގެ ޚިޔާލެއް ފިކުރެއް ނުކުރެވެއެވެ. މަންމަން ވެފައިވާ މުޅިދުނިޔެއަށް ވެރިވެފައިވާ ހަމަހިމޭންކަން ފިލުވާދެނީ އެކިތަފާތުވައްތަރުގެ ދޫނިސޫފާސޫފީގެ ގޮވުން ތަކާއި އިއްވާލާ ރީތިރާގުތަކުން ނެވެ. ދުނިޔޭގެ އެކިދިމާއިން އެނބުރެމުން ސެނބުރެމުން އަންނަފިނިވައިރޯޅި ތަކަކީ ޝަޒުރާގެ މި އެކަނިވެރި ހަށިގަނޑުގައި ބީހިލާ ވަގުތީ ބައިވެރިއެކެވެ.

އެކިކަހަލަ ކަން ކަމުގައި ޚިޔާލުކުރުމުގައި ވަގުތުހޭދަކުރުމަކީ މިހާރަކަށް އައިސް ޝަޒުރާގެ އާދައެކެވެ. މިރީތިމަންޒަރު ބަލަން އިނދެ އެކިތަފާތުވައްތަރުގެ ޚިޔާލުތަކުގައި ވިސްނަމުން ގޮސް މާޒީގެފޮތުގައި ލިޔެވިފައިވާ އެކިޞަފްހާތައް ކިޔަމުން ދަނިކޮށްމާޒީގެ ކަޅުއަނދިރި ޞަފްހާތަކާ ޝަޒުރާ އާއި ކުރިމަތި ލައިފިއެވެ.

މީގެ ދެއަހަރު ކުރިއެވެ. ޝަޒުރާގެ ލޯބިވާ ޝާމް އާއި ޝަޒުރާގެ ކައިވެނި ކުރެވި ދެމީހުންގެ ކައިވެނީގެ ފުރަތަމަ ރެއަށް މަރުހަބާ ކިޔައިފިއެވެ. އެރޭވެގެންދިޔައީ ޝާމް އާއި ޝަޒުރާގެ ލޯބީގެ އަދިޒަވާޖީ ހަޔާތުގެ މާބަގީޗާގައި އެތަކެއް  ވަސްމީރު މާތަކެއް ފޮޅި ދިރިއުޅުން ގެންދާނެގޮއި ރޭވި އެތަކެއް ވައުދުތަކެއް ކުރެވިގެން ނެވެ.ޝަޒުރާ އާއި ޝާމް ނިންމިގޮތުގައި އެމީހުން ނިންމީ ހަމަސް ދުވަސް ފަހުން އެމީހުންގެ ދިރިއުޅުމަށް އިތުރުފުރާނަ އެއް އުފަން ކުރާށެވެ. އެއީ ޝާމް އަކީ ރަނގަޅުވަޒީފާއެއް ގައި އުޅޭ ކުއްޖެއް ކަމުން ހަމަސް ދުވަހުގެ ތެރޭގައި އެކަމަށް ތައްޔާރު ވެވޭނެ ތީއެވެ.

ނަމަވެސް ހަމަސް ދުވަސް ވެގެން ދިޔައިރުވެސް ދަރިޔަކު ހޯދާކަށް ޝާމް ގަބޫލެއް ނުވިއެވެ. މިކަމާމެދު ޝަޒުރާ އަށް ތަފާތު ޝައްކުތައް ކުރެވެން ފެށިއެވެ. އަދި ދެމީހުންގެ ރީތިދިރިއުޅުން މަޑުމަޑުން ބަދަލްވަމުން ދާކަން ފާހަގަކުރެވެއެވެ. ޝާމްވެސް މަޑުމަޑުން ޝަޒުރާ އާއި ދުރުވެ ޝަޒުރާ ވެސް ޝާމްގެކަން ކަމުގައި ފަރުވާކުޑަކުރެވެމުންދެއެވެ. މިހެން ގޮސް ދެމީހުން ގެ ޒަވާޖީ ހަޔާތް ކަޅުވިލާގަނޑަކުން ބެދި ދެމީހުން ވަރިވާހިސާބަށް ދިޔައެވެ. އަދިޝަޒުރާ ޝާމްގެކައިރިން ވަރިވާން އެދުނެވެ.

ނަމަވެސް ހަގީގަތަކީ މިއީ އެއް ނޫނެވެ. ޝަޒުރާއަށް ހަގީގަތް އިނގުނީ މާފަހުންނެވެ. ހަގީގަތުގައި ޝާމް ޝަޒުރާދެކެ ވަނީ ތެދުވެރި ސާފުލޯތް ބެކެވެ. ޝާމް  އަތުގައި ލާރިނެތިގެން ހަރަދު ނުކުރެވިގެނެއްނޫނެވެ. އަސްލަކީ ޝާމްއަކީ ދުނިޔެއަށް އުފަންވީރުވެސް ދަރިން ލިބުމުގެ ނަސީބުން މަހުރޫމް ވެފައިވާ ކުއްޖެކެވެ. ޝާމް އެކަން ހާމަނުކުރީ ޝަޒުރާގެ ލޯބިން މަހުރޫމުވާން ބޭނުންނުވާތީއެވެ.

ނަމަވެސް އެކަން ސިއްރުކުރުން އެއީ ޝާމް ގެކުށެއް ކަން ޝާމްގަބޫލުކުރެއެވެ. އިންސާނުންނަށް ކުއްވެސް ކުރެވެ އެވެ. ޝާމްއަށް މާފުހައްގުނުވަނީ ބާވާ އެވެ. މިއަދުޝަޒުރާ އެވަނީ ކަންތައްކުރެވުނުގޮތުން ދުނިޔެއަށްވެސް ލަދުން ޝާމްގެކައިރިން މާފަށް އެދެން ވެސް ނުކެރިފަ އެވެ. ސަބަބަކީ ޝާމް އޭނާ ގެންގުޅުނީ ދަނޑި ދޫނިފުއްގަނޑެއްހެން ރަނެއް މަލެއް ހެންނެވެ. އޭނާއަށް މަދުވަނީ ފަހެކޯޗެއް ތޯއެވެ.

އެކަނިވެރިވެފައިވާ ޝަޒުރާ މިންޖުވުމެއް ނެތް މިޚިޔާލުތަކުގެ ތެރެޔަށް ގެއްލިފައި އިނދެ ހޭވެރިކަމެއް ވީއިރު އަރައިގެން އައި އިރުން ފުރިހަމަ އެޅެމުން ދިޔަ އަވިން މުޅިމީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ވަރަށް ހިތްވަރުކޮއްފައި ތެދުވެ ގައިންވެލި ފޮޅާލާފާ ކުރިޔަށް ހިނގައިގަތީ  ޝާމްގެ ކުރިމައްޗައް އެރުމުގެ ހިތްވަރު ދެއްވުން އެދި ﷲ އަށް ދުވާކުރަމުންނެވެ.

ނިމުނީ

މިލިޔުންވެސް ކިޔާލާ

ކެހިވެރި ދުނިޔެ

އައިޝަތު ޚަތުމާ – ގްރޭޑް 10 އިރުއޭގެ ވާޖިބު އަދާ ކުރުމަށްފަހު އުދަރެހުން ތިރިވަމުން އެދަނީ ސާދަވިލެރޭގެ ފުރިހަމަ ހަނދަށް …

ޚިޔާލެއްދެއްވާ

avatar
Dhen ekkala meehaa
Dhen ekkala meehaa

Tough kurey