ޓީ.ކިޔު.އައި ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދޭ ލަންދޫއިންފޯ ދީނީ ސުވާލު މުބާރާތް މިއަހަރުވެސް

ޓީ.ކިޔު.އައިގެ ހެޔޮއެދުންތަކާއިއެކު 2016 ވަނަ އަހަރުންފެށިގެން ގެނެސްދޭންފެށި ލަންދޫއިންފޯ ދީނީ ސުވާލު މުބާރާތް މިއަހަރުވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މުބާރާތް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އާރތު ފިހާރަ ލަންދޫއިންފޯ ދީނީ ސުވާލު މުބާރާތް 1439 މިނަމުގައެވެ.

ކޮންމެ ދުވަހަކު ގެނެސްދޭ ދީނީ ސުވާލުގެ ޖަވާބު ދިމާކޮށްގެން ގުރުއަތުން ހޮވޭ ފަރާތަށް 100 ރުފިޔާ ލިބޭ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ރަމަޟާންމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ކޮންމެ ދުވަހަކުވެސް ގެނެސްދޭ ސުވާލު އިޚްތިޔާރީ 4 ޖަވާބު ލަންދޫއިންފޯގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އެދުވަހުގެ ސުވާލަށް ޖަވާބުދިނުމުގެ ސުންގަޑިއަކީ ރޭގަނޑު 09:00 އެވެ.

ކޮންމެ ދުވަހަކުވެސް ގެނެސްދެވޭ ސުވާލުގެ ޖަވާބާއި އެދުވަހުގެ ސުވާލުގެ ޖަވާބު ދިމާކުރައްވައިގެން ގުރުއަތުން ހޮވޭ ފަރާތް ރޭގަނޑު 10:00 ގައި ލަންދޫއިންފޯގެ ފޭސްބުކް ޕޭޖުން ލައިވްކުރެވޭނެއެވެ.

މިފަހަރުގެ މުބާރާތުގައި ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ނަންމަތީގައި ޖަވާބު ދެވޭނީ އެއްފަހަރުއެވެ.

ރަމަޟާންމަސް ނިމުމުން އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅު ކުރައްވާ 3 ފަރާތެއް ހޮވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން 1 ވަނައަށްދާ ފަރާތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ލަންދޫއިންފޯއިން ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި 2 ވަނައަށްދާ ފަރާތަކަށް ނ.ލަންދޫ، ކެފޭ ޑި ލައިވް ގެ ފަރާތުން 500 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި 3 ވަނައަށްދާ ފަރާތަކަށް ނ.ލަންދޫ، ސްމާރޓް ސެވަންގެ ފަރާތުން 200 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ކޮންމެ ދުވަހަކު ދެވޭ 100 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ނ.މަނަދޫ އާރތު ފިހާރައިންނާއި ނ.ލަންދޫ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގެ ފަރާތުންނެވެ.

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫއިންފޯ ދީނީ ސުވާލު މުބާރާތުގެ ގުރުނެގުން ކޮންމެ ރެޔަކު ލައިވްކުރަނީ

ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގެ ހެޔޮއެދުންތަކާއިއެކު މިދިޔަ އަހަރުން ފެށިގެން ގެނެސްދެމުންދާ ލަންދޫއިންފޯ ދީނީ ސުވާލު މުބާރާތް އިތުރަށް އަޕްގުރޭޑްކުރުމުގެ ތެރެއިން …

ޚިޔާލެއްދެއްވާ

avatar