ޓީމް ލަންދޫ ( ސިޔާމް މަޢުރޫފް ކަޕްގައި މިއަހަރު ލަންދޫތަމްސީލްކުރާ ފުޓްބޯޅަޓީމް)

ތަށި ލިބިއްޖެނަމަ ލަންކާ ދެކޮޅު ޓިކެޓް ހިލޭ ދޭނަން – ވައްސޭ

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕް 2017 ގައި “ޓީމް ލަންދޫ” ކުޅެ މުބާރާތުގެ ތަށި ކާމިޔާބު ކޮށްފިނަމަ ޓީމުގެ ފުލް 18 ގައި ހިމެނޭ ކުޅުންތެރިންގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ފަރާތަކަށް ލަންކާ ދެކޮޅު ޓިކެޓް ހިލޭ ދޭނެކަމަށް ކުރީގެ ލަންދޫ ޓީމުގެ ގޯލް ކީޕަރ ކަން ކޮއްފައިވާ ވައްސޭ ބުނެފިއެވެ.

ލަންދޫޒުވާނުންގެ ވަރަށް ގިނަބައެއްގެ މަޤުބޫލުކަން ލިބިފައިވާ މާލެ އުފަން ވަސީމް ބުނެފައިވަނީ ލަންދޫ ފުޓްބޯޅަ ޓީމާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. އަދި ޚާއްޞަކޮށް މިފަހަރުގެ ސްކޮޑަކީ ވަރަށް ފައްކާ ސްކޮޑެއްކަމަށް އޭނާވަނީ ބުނެފައެވެ. ވަސީމް ބުނީ އޭނާ އަބަދުވެސް ހުންނާނީ ޓީމް ލަންދޫއާއި އެކުގައި ކަމަށެވެ.

ރީނދޫ ވައްސޭ – ވައްސޭގެ ނަން ފުޓްބޯޅައިގެ ރޮނގުގައި ލަންދޫން ދުވަހަކުވެސް ނުފޮހެވޭނެ.

މއ.ރީނދޫމާގެ އަޙްމަދު ވަސީމް ( ރީނދޫ ވައްސޭ ) އަކީ މާލެ އުފަން ( މާލޭގައިދިރިއުޅޭ ) މީހެއްކަމުގައި ވިނަމަވެސް މީގެ އަހަރުތަކެއް ކުރިން ގިނަދުވަސްތަކެއްވަންދެން ލަންދުއަށް ދިރިއުޅުން ބަދަލުކޮށް ލަންދޫގައި ދުވަސްތަކެއް ހޭދަކޮށްފައިވާ ލަންދޫ ރައްޔިތުންނާއި ގާތްގުޅުމެއް ބަހައްޓާ، ޚާއްޞަކޮށް ޒުވާނުންނާ ގުޅިގެން އުޅުނު ވަރަށް ހިތްހެޔޮ ސަކަމިޒާޖެއްގެ ވެރިއެކެވެ.

ލަންދޫގައި ކޮންމެއަހަރަކުވެސް ބާއްވަމުން އަންނަ ހޮލިޑޭކަޕް ފުޓްބޯޅަ މުބާރާތް އޭނާވަނީ 2006 ވަނައަހަރު ސްޕޮންސަރކޮށް މުޅި މުބާރާތުގެ އެންމެހައި ޚަރަދުތަކެއް ލަންދޫ ސްޕާކްލިން ގްރޫޕާއެކު ޝެއަރވެގެން މުޅިމުބާރާތުގެ ޚަރަދުގެ %50 އޭނާގެ އަމިއްލަ ޖީބުން އަދާކޮށްދީފައެވެ. އަދި މީގެ އިތުރުންވެސް ލަންދޫޓީމަށް ޖަރޒީ ބައިދިނުމާއި، ވަކިވަކި ކުޅުންތެރިންނަށް ކުޅިވަރާގުޅޭ އެކިއެކި ހަދިޔާދިނުމަކީ ވައްސޭގެ ހޮބީއެކެވެ. އަދި ވައްސޭގެ ނަމުގައި ބޮޑު ފުޓްބޯޅަ މުބާރާތެއް 2006 ވަނައަހަރުގެ ކުރީކޮޅު ލަންދޫޒުވާނުންނަށް ޓަކައި އޭނާވަނީ ލަންދޫގައި ބާއްވައިދީފައެވެ.

ވައްސޭ މިފަހަރު ލަންދޫޓީމަށް މިހުށަހެޅި އަގުބޮޑު އިނާމަކީވެސް ޓީމުގެ ކުޅުންތެރިން އެ އިނާމު ހާޞިލްކުރުމަށް ގަދައަޅާ މަސައްކަތްކުރާނެ އިނާމެއްކަމުގައި ވައްސޭ އުންމީދުކުރެއެވެ. އަދި ވައްސޭގެ އަސްލު މަޤްޞަދަކީ މިފަހަރުގެ ސިޔާމް މަޢުރޫފް ކަޕް ލަންދޫއަށް ކާމިޔާބު ވުމެވެ.

ވައްސޭގެ މިފެށުން ވެގެންދާނީ ފުޓްބޯޅައަށް ލޯބިކުރާ އަދި ޚާއްޞަކޮށް ލަންދޫޓީމަށް ސަޕޯޓްކުރާ އަތްމަތި ތަނަވަސް ދީލަތި ބޭބޭފުޅުންނަށް ހުޅުވާލަދިން ދޮރަކަށެވެ. އެގޮތުން މިހާރުވެސް އެކިއެކި ފަރާތްތަކުން ޓީމަށްދަނީ މިފަދަ އިނާމްތައް ހުށަހަޅަމުންނެވެ. ލަންދޫގައި ހިންގަމުން އަންނަ ކެފޭއެއް ކަމުގައިވާ ކެފޭޑި ލައިވް އިން ވަނީ ކޮންމެ ކުޅުންތެރިއަކަށް -/100ރ. ގެ ވައުޗަރ އެއް ހަދިޔާކޮށްފައެވެ. އަދި އޭގެ އިތުރުން އެކިއެކި މުނާޞަބަތުތަކާއި، ގުޅުވައިގެން ކެފޭޑި ލައިވްއިން ޚާއްޞަ އޮފަރ ތައް އަންނަނީ ވަކިވަކި ކުޅުންތެރިންނަށްވެސް ދެމުންނެވެ.

މީގެ ކުރީގެ އަހަރުތަކުގައި ވެސް ލަންދޫޓީމަށް އަގުބޮޑެތި އިނާމްތައް އެކިއެކި ފަރާތްތަކުން ؛ހުށަހަޅާފައިވާކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.

ސިޔާމް މަޢުރޫފް ސޮކަރކަޕް 2017 ގެ ފެވަރިޓުންނަކީ ހޮޅުދޫ ޓީމާއި، މިލަދޫ ޓީމްކަމުގައި ގިނަބަޔަކު ބުނަމުން ދިޔަކަމުގައި ވިޔަސް ޓީމް ލަންދޫ މިހާތަނަށް 2 މެޗް ކުޅެފައިވާއިރު ޖުމުލަ 6 ޕޮއިންޓާއެކު ކުއާޓަރ ގެ ޖާގައެއް ވަނީ އެންމެ ފުރަތަމަ ކަށަވަރު ކޮށްފައެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

މި މުބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫ ސަޕޯޓަރުންގެ ސަޕޯޓާއި އެކު ކުރިއަށް

ވޭތިވެ ދިޔަ ދެ އަހަރު ލަންދޫ ފުޓްބޯޅަ ޓީމަށް ރަގަޅު ނަތީޖާއެއް ހޯދިފައި ނުވުމުގެ ސަބަބުން ގިނަ ސަޕޯޓަރުން ދިޔައީ …

ޚިޔާލެއްދެއްވާ

avatar
އަހްމަދު ރައުޝާން
އަހްމަދު ރައުޝާން

އެކަމު ދީނީ ދަރުހަކަށް އެއްޗެއްދޭނެ މީހަކުނުވެ.

ލަންދޫ މީހާ
ލަންދޫ މީހާ

ސާބަސް ރީނދޫ ވަސީމް. ތިޔައީ ހިތްވަރު ހުރިކެރޭ ހީވާގި ދަރިއެއް.

wpDiscuz