ޓީމް ލަންދޫގެ ލޯގޯ އަކަށް ޝިއްޕެ އާއި ނާއީ ޑިޒައިން ކުރި ލޯގޯ

މިއަހަރުގެ ސިޔާމް މަޢުރޫފް ސޮކަރކަޕުގައި ޓީމް ލަންދޫ ބޭނުން ކުރާނެ ލޯގޯއެއް ފަރުމާކުރުމަށް އިޢުލާންކުރުމުން އެކަމަށްވަނީ 10 ލޯގޯއެއް ހުށަހަޅާފައެވެ.

އެ ލޯގޯތަކުގެ ތެރެއިން އެންމެކަމުދާ ލޯގޯއަކަށް ކޮމިޓީ މެމްބަރުންގެ އިއްތިފާޤުން ހޮވިފައިވަނީ މިއަހަރު ގުރޭޑް 10 ގައި ކިޔަވަމުންދާ އަޙްމަދު ނާއިފް (ނާއީ) އާއި އަޙްމަދު ޝިފާއު (ޝިއްޕެ) ޑިޒައިންކޮށް ހުށަހެޅި ލޯގޯއެވެ.

މި ލޯގޯއަށް މިހާރުވެސް ދަނީ ސޯޝަލް މީޑިޔާގައި ވަރަށްބޮޑު ތަރުޙީބެއް ލިބެމުންނެވެ. އެގޮތުން ޕްރޮފައިލް ޕިކްޗަރގައި ބޭނުންކުރުމުގެ އިތުރުން މި ލޯގޯ ވަރަށް ރީތިކަމަށް ގިނަބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ޝުޢޫރު ފައުޅުކުރަމުންނެވެ.

ލޯގޯ ފަރުމާކޮށްގެން 1 ވަނައަށްދާ ފަރާތަކަށް ލަންދޫ ސެންޓަރ ފޯރ ސްޓޫޑެންޓް އެޑްވާންސްމެންޓް (ޓިއުޝަން ސެންޓަރު) ގެ ފަރާތުންވަނީ 700 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.

އަޙްމަދު ނާއިފު އަށާއި އަޙްމަދު ޝިފާއު އަށް ލަންދޫއިންފޯގެ ފަރާތުން ހޫނު މަރުޙަބާއެއް ކިޔަމެވެ.

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

ތަށި ލިބިއްޖެނަމަ ލަންކާ ދެކޮޅު ޓިކެޓް ހިލޭ ދޭނަން – ވައްސޭ

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕް …

ޚިޔާލެއްދެއްވާ

avatar
ތަކުރުފާނު
ތަކުރުފާނު

މަރުޙަބާ ޝިއްޕެ އަދި ނާއި. އުފަލަކީ ތިޔަކަހަލަ ޒުވާނުން މި ފަސްގަނޑުގައި އުފެދޭތީ.

wpDiscuz