ވަސިއްޔަތް ( ކުރުވާހަކަ )

ދުވަހަކަށް ފެނުން ތޮޅެލި އިރުގެ ދޯދިތައް ގަސްކަރަޔާ އެޅި ނިވާވެފައިވާ ގެފަތީގެ ފުރަގަހުން، އަރިމަތީގެ ރުއްތަކުގެ ކުރިން ފާއްދާލީ، ބޮޑުދައިތަގެ ހަރުކަށި ބަސްތަކުން އިނާޝާގެ ހިތް ކުދިކުދި ކުރަމުން ދަނިކޮށެވެ. އިނާޝާގެ ފެންކަޅިވެފައިވާ ދެލޮލުގެ ކަޅި ހުއްޓިފައިވަނީ އަތުގައިވާ ތަސްވީރަށެވެ. ކޯތާފަތުން ކަރުނަތިކިތައް އޮހޮރިގެންދާ ވަގުތުވެސް އަމާޒުވަމުންދަނީ ބޮޑުދައިތަގެ ރުޅި ބަސްތަކާއެވެ.

ކޮންމެ ދުވަހެއްގެ ހެނދުނުގެ ވަގުތު އިނާޝާ ހޭދަކުރަނީ ރުއިމަށާއި ގިސްލުމަށެވެ. އެއީ ހަމަ އެ ތަސްވީރަށް ބެލުމަށްފަހުއެވެ. އޭގެ ހަޤީޤަތަކީ ނުވަތަ ސިއްރަކީ ކޮބައިބާއެވެ؟ އެ ތަސްވީރު ފެނުމުން އިނާޝާ ރޯން ޖެހޭ ސަބަބަކީ ކޮބައިބާއެވެ؟

އެހެން ދުވަސްތަކާ ޚިލާފަށް މިއަދު ބޮޑުދައިތަގެ އަޑެއް ބަޑެއް އިވިގެން ނުދެއެވެ. އެއީ މުޅިން އަލަށް ވީކަމެކެވެ. މިވީ ދެއަހަރު ދުވަހުގެ އެވަގުތުގައި އިނާޝާ ތަހައްމަލް ކުރަމުންއައީ ބޮޑުދައިތަގެ ރުޅިވެރި ބަސްތަކެވެ. އެކަމާ އޭނާގެ ހިތުގައި ސުވާލު އުފައްދަން ފެށުނެވެ. ރުއިމުގެ ތެރެއިންވެސް އޭނާ ގެއްލިފައިވަނީ އެސުވާލަށް ޖަވާބެއް ހޯދުމަށެވެ.

ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފަހަތުން އައިސް އޭނާގެ ގުދާރުގައި މަޑުއަތަކުން ފިރުމާލުމުންނެވެ. އެހިނދު އިނާޝާއަށް ޝަފްރާޒް އޭ ކިޔާ ހަޅޭ ލަވައިގަނެވުނެވެ. ނަމަވެސް އެނބުރި ބަލާލިއިރު އެއީ ޝަފްރާޒެއް ނޫނެވެ. އެއީ އޭނާގެ ބޮޑުދައިތައެވެ.

އަޑުން އަޑަށް ބާރުލައި ރުއިމުގެ އަޑު ބާރުކޮށްލެވުނެވެ. އެހެނެއްކަމަކު އޮހޮރެމުންދިޔަ ކަރުނަތައް ބޮޑުދައިތަގެ އަތުން ފޮހެމުން ދިޔައެވެ. އެހާ ހިސާބުން އިނާޝާގެ ރުއިމަށް ޝިފާއެއް ލިބުނެވެ. އަޑު ފަނޑުވަމުން ފަނޑުވަމުން ގޮސް އޮބާލިއެވެ.

ރުއިމުގެ އަޑު ކެނޑުމާއިއެކު ބޮޑުދައިތަ” ދަރިފުޅާ އިނާޝާ ދެން ބޮޑުދައިތައަށް ތިޔަ ތަސްވީރުގެ އަސްލު ކިޔައިދެންވީއެއްނޫންތަ؟” ރުޅިވެރިކަމުގެ ރާގުން ނެއްޓި ސަމާސާ ރާގަކާ ކައިރިކުރާ ރާގަކުން އަހާލިއެވެ. އިނާޝާ އިތުރު ބަހަނާއަކާ ނުލާ ބޮޑުދައިތައަށް ކިޔައިދިނުމަށް ނިންމިއެވެ.

“ބޮޑުދައިތާ! މިތަސްވީރުން ތިޔަ ފެންނަނީ ޝަފްރާޒް. ޝަފްރާޒަކީ އަހަރެން ހަޔާތުގައި އަހަރެންނަށް ލޯބިވެވުނު ހަމައެކަނި މީހަކީ. އަޒްމީ ދެކި އަހަރެން ލޯތްބެއް ނުވަން. ޝަފްރާޒަކީ އަހަރެންގެ މަންނަ އަހަރެން ގެއިން ނެރެލުމުން އަހަރެން ބެލި މީހަކީވެސް. އަހަރެންނަށް ޝަފްރާޒް ގެއްލުނީ ހާލަތާއި ކަން ދިމާވިގޮތުން.”

“ރެއަކީ އުޑުމަތި ބަނަ ކަނު އަނދިރި ރެއެކެވެ. އެހެން ރޭތަކެކޭ އެއްގޮތަށް މިރޭވެސް އިނާޝާ ޝަފްރާޒްއަށް ގުޅިއެވެ. ޝަފްރާޒްގެ ހިނގުން އަމާޒުވަނީ ހުޅުމާލޭ ފެރީޓާމިނަލްއާއި ދިމާލަށެވެ. ވަޅި ޖެހުމުގައި ކުރިއަރާފައިވާ “މާލޭ” ގައި އެކަނި ހިނގާފައި އެދަނީ އެއްވެސް ބިރަކާއި ނުލައެވެ.

އޭނާގެ އަޑެއް ބަޑެއް ފޯނުން ނީވުމުން އިނާޝާ ވަރަށް ހާސްވިއެވެ. ކަންފަތުގައި ޖަހާފައިވާ ފޯނުނަގައި ބަލައިލެވުނެވެ. ނަމަވެސް ފޯނުވަނީ ކެނޑިފައެވެ. 20 ކަށް 30  ކަށް ފަހަރު ގުޅުމުންވެސް ފޯނެއް ނުނެގިއެވެ. ހިތުގައި ސުވާލު އުފެދެނީ އިންތިހާއަށެވެ. 4 ގަޑިއިރު ފާއިތުވީއެވެ. އިނާޝާ ފެރީ ޓާރމިނަލްގެ އޮފީހަށް ގުޅައި ޝަފްރާޒް ވަޒީފާއަށް އެރޭ ނުކުއިންތޯއެހިއެވެ. ނަމަވެސް ޖަވާބަކަށްވީ ނުނިކުންނަ ކަމަށެވެ.

ނިދާފައިވާ އިނާޝާ ނިދިން ދުރުކޮށްލަދިނީ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނުނަގައި ހަލޯ ކިޔުނެވެ. އެފޯނު އައީ ޝަފްރާޒްގެ ނަމްބަރުންކަމުން ކޮންތާކުހޭ ކިޔާ ސުވާލުކުރެވުނެވެ. ޖަވާބުއައީ އާސަހަރާގައެވެ. ނަމަވެސް އެއަޑުވީ ދެކެފަރިތަ އަޑެއް ކަމަކަށްނޫނެވެ. އެވާހަކަ ދެއްކި މީހާ ބުނާގޮތުގައި ޝަފަރާޒްވަނީ މިދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. އިނާޝާއަށް އަޑުންއަޑު ނަގައި ރޯން ފެށުނެވެ.

ބޮޑުދައިތަ ބަސްއަހާ ބޮޑުދައިތަ ބުނާގޮތް ހަދާ ބޮޑުދައިތައަށް ކިޔަމަންތެރިވުމަށް ޝަފްރާޒް ވަސިއްޔަތްކުރިއެވެ. މިވާހަކަތައް އަޑުއެހުމަށްފަހު ބޮޑުދައިތަގެ ކޯތާފަތްމަތިން އޮހޮރެމުންދިޔަ ކަރުނަތައް އިނާޝާގެ އަތުން ފޮހެލިއެވެ. އެއަށްފަހު އިނާޝާގެ މޫނުން ހިނިތުންވުމެއް ދިނުމާއިއެކު ބޮޑުދައިތަކައިރީ ހުއްޓާލަން އެދުނެވެ.

ކުއްލި ސިހުމެއް ލިބުނީ ފެންކަޅިވެފައިވާ އިނާޝާގެ ފިރިމީހާ އަޒްމީ ފެނުމުންނެވެ. އެނާގެ ބޭއިޚްތިޔާރުގައި ނަމަވެސް އޭނާގެ ގައިގައި ބައްދާލެވުނެވެ. އުފަލުން ފޮޅިފައިވާ މޫނަކާއިއެކުއެވެ. އައު އުއްމީދުތަކަކާ ހުވަފެންތަކަކާއި އެކުގައިވެސްމެއެވެ

ލިޔުނީ: ޢަބުދުﷲ އަރުމީލް

އަރުމީލް އަކީ ލިޔުންތެރިކަމުގެ ފަންނުގައި ކުރިއަރަމުން އަންނަ ދަރިވަރެކެވެ. އޭނާގެ ހޮބީއަކީ އެކިރަހަތަކުގެ ކުރުވާހަކަ އާއި ދިގުވާހަކަ ލިޔުމެވެ. ވާހަކަ ލިޔުމުގެ އިތުރުން އަރުމީލުގެ ލިޔުންތެރިކަމުގެ ދާއިރާއިން އެހެނިހެން ކުލަތައްވެސް ފެނިގެންދާނެއެވެ.

މިލިޔުންވެސް ކިޔާލާ

މަޔަކަށްޓަކައި ދަރިޔަކުވީ ގުރުބާނީ

މަލީޝާއަކީ އާދައިގެ އާއިލާއަކަށް އުފަން ވަރަށް ރީތި ކުއްޖެކެވެ. އެހާމެ މަޑުމައިތިރި ކުއްޖެއްވެސްމެއެވެ. މަލީޝާގެ ރީތިކަމާއި އެއްވަރަށް މީހުން އޭނާއާއި …

ޚިޔާލެއްދެއްވާ

avatar
ތޮއްތޮ
ތޮއްތޮ

ވާހަކަ ރީތި. އަލަށް ލިޔުންތެރިކަމުގެ މައިދާނަށް ނުކުންނަ ލިޔުންތެރިޔަކަށް ބުނެލަން އޮތީ ކުރިއަށް ދާށޭ. އެކަމަކު މިއީ އިބްރާހީމް ޙުސައިން މަނިކުގެ ވާހަކަތަކުގައި ހުންނަ ފަދ ފެށުމެއް. މީގެ އިތުރަށް ހަމަ މިބީދައިން ފަށާފައި އޮންނާނެ އެސް. އެސް. ސީ އިމްތިހާނުގެ ސުވާޅު ކަރުދާހުގެ ވާހަކައިގެ ފެށުމެއްވެސް. ހީވާގޮތުން އެއީ 2008 ވަނަ އަހަރުގެ ކަރުދާސް.

އެކަމަކުވެސް ފެށުން ބާއްވާ. ވާހަކައިން ބަޔަކަށް މުނިފޫހިފިލުވައިދީ ހިތް ހަމަ ޖައްސުވައިދީފިނަމަ ބޭނުން ފުދުނީކަމަށް ބަލަމާ ހިނގާދޯ

wpDiscuz