ނުލިބުނު ލޯބި ( ކުރުވާހަކަ )

ލިޔުނީ: އަޙްމަދު ނާއިފް – ގްރޭޑް 10

ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ރޭގަނޑުގެ އަނދިރިކަން އިތުރަށް ގަދަވެފައިވަނީ އެހެންވެގެންނެވެ. ޖައްވު ފިނިވެފައި ބާރަށް ރޯޅި ޖެހެމުން ދިއައެވެ. އަހަރެން އޮފީހުން އައިސް ގޭތެރެއަށް ވަނުމުގެ ބަދަލުގައި ކާރުގަ އިށީނދެލާ އިނީ ފޯނަކަށް ޖަވާބު ދޭށެވެ. ކާރުގެ ކުރިމަތިން ހުރަސްކުރި އަންހެން ކުއްޖާގެ މޫނު އަހަރެންނަށް ނުފެނުނަސް އެއީ ދެކެފަރިތަ އިސްކޮޅެކެވެ. އެއީ އަހަރެންނަށް އައު ރޫފައެއްނޫނެވެ. ނަމަވެސް މިހާތަނަށް އައިރު  އެއީ ކޮންރަށެށްގެ ކޮންތާކުއުޅޭ ކީއްކުރާ އަންހެނެށްކަމެއް ވެސް ނޭނގެއެވެ. ވާނީ ވެސް އެހެންތާއެވެ. ދުވަހަކުވެސް ހަތަރުކަޅި ހަމަކޮށް ވާހަކަ ދަށްކާފައެއް ވެސް ނޯންނާނެއެވެ.

ނަމަވެސް އެއަންހެން ކުއްޖާ މިއޮށްބޯކޮން ވާރޭ ވެހެނިކޮން އެކަނިމައި އެކަނި ދާތަން ފެނުމުން ސުވާލުތަކެށް އުފެދުނެވެ. އަދި މިސުވާލުތަކުގެ ޖަވާބު ލިބޭނެ ހަމައެކަނި ގޮތަކީ އެއަންހެން ކުއްޖާއާއި ބައްދަލުކޮށް ވާހަކަ ދަށްކާލުމުން ކަން ވެސް އިނގުނެވެ. އެރޭންއެރެއަށް އޭނާއާއި ބަށްދަލުކުރާ ހިތް ވެފައި ހުރިވަރު ބޮޑުކަމުން ކާރުގައި އެއަންހެންކުއްޖާގެ ފަހަތުން ދިޔައީމެވެ. ދިޔައީ މީދާފަހަތުން ބުޅާ ދާ ގޮތަށް ނުލާހިކު ވަގުވަގަށެވެ. އިރު ކޮޅެށް ވަންދެން މިނާގެ ފަހަތުން މިހެން ދަނިކޮން އެއަންހެން ކުއްޖާ ދެގޯޅި އަކަށް އެޅުވިއެވެ. އެއީ ފުދޭވަރަކަށް ހަނި ދެގޯޅި އެއް ކަމުން ކާރުގައި އެހެން ނުދެވޭނެ ކަން އިނގޭތީ ކާރުން ފޭބީމެވެ. އަދި އަވަސް އަވަހަށް ގޮސް ދެގޯޅިއަށް ދިޔައިރު އޭނާގެ ވަސް ވެސް އެތާކު ނެތެވެ. ކަޅު އަނދިރި ދެގޯޅި އެއްކަމުން ރަނގަޅަކަށް ސާފު ވެސް ނުވެ އެވެ.

ކުރިމަސައްކަތް ފެނަށް ދިޔަހެން ހީވިއެވެ. އަދި އިރުކޮޅެށް ވަންދެން އެކަން ޔަގީން ކުރުމަށް ހުރީމެވެ. ނަމަވެސް އެހައި ވަރަކުން އުންމީދު ކަނޑައެއް ނުލަމެވެ. އެރޭގޮސް ނިދީމެވެ. ހޭލެވުނީ ދަންވަރު ދޭ ޖަހަން އުޅެނިކޮށެވެ. މީހަކު ދޮރުގައި ޓަކި ޖަހާ ތީ އެވެ. އެއް އަތުން ބާލިސް ހިފައިގެން އަނެއް އަތުން ޓީޝާޓު ހިފައިގެން ގޮސް ދޮރު ހުޅުވި އިރު ދޮރުކުރިމަތީގައި ހުރި މީހާ ފެނުމުން ތަރި ބުރައިގެން ދިޔައެވެ. ފާޑަކަށް ބިރުވެސް ގަތެވެ. ވާނީ ވެސް އެހެން ތާއެވެ. ކުރިމަތީގައި ހުރީ އެއްކަލަ އަންހެން ކުއްޖާއެވެ. އަވަސް އަވަހަށް އަހަރެން ސުވާލުތަށް ކުރީމެވެ. ” ކީށްކުރަނީ؟ ކިހިނެއް އިނގުނީ މިގެއަށް އަންނަން؟ ތީ ކާކު؟ ކޮންނަމެއް ކިޔަނީ؟ ކުރެވުން ނުކުރެވުން ސުވާލެއްވެސް ނޭނގެއެވެ. ނަމަވެސް އެއްވެސް ސުވާލަކަށް ޖަވާބެއް ނުދީ އަހަރެން ގެ ކޮޓަރި އަށް އޭނާ ވަނެވެ. އަދި އަހަރެން ގެ އެނދުގައި އިށީންދެ އިނެވެ. އަހަރެން މަޑުމަޑުން އެނާ ގެ ގާތަށް ދިޔުމުން އަހަރެން ގެ ޓިޝާޓު ކަރުގައި ހިފާ ގެނެސް ބެޑަށް ވަޓާލައި އަހަރެންގެ ގައި މަށްޗަށް އެރިއެވެ. އަރިކަށްޓަށް އެރި ތަދެށް ބުނެދެންވެސް ނޭނގޭނެއެވެ.

އަދި ބާރު އެތިފަހަރަކުން އަހަރެންގެ ބޮލުގައި ޖެހުމުން އެންބުރުން އަރައި ގަނެގެން ލޯމެރުނެވެ. ސިއްސައިގެން ގޮސް ލޯހުޅުވުމުން ހެވެން ފެށުނެވެ. ފެނުނީ ހުވަފެނެށް ކަން އިނގުމުންނެވެ. ނަމަވެސް އޭރުވެސް ބުރަކަށްޓަށް ތަދުވާހެން ހީވެއެވެ. ޖެހިގެން އައިދުވަހު އޮފީހަށް ދިޔުމުން އޮފީހުން އާމޫނެއް ފެނުނެވެ. އިށީންދެލައިގެން އިނީ އެއްކަލަ އަންހެން ކުށްޖާއެވެ. އަނެއްކާވެސް މިހުރެވެނީ ހުވެފެނެއްގަ ބާއޭ ހިތަށް އެރިއެވެ. އަދި ޔަގީން ކޮށްލަން ވެގެން ގައި ނެތް ބާރެއް ލައިފައި އަތުގެ ޝަހާދަތް އިނގިލީގައި ދަތް އެޅުމުން އަޑު ނެއް ވަރަށް ހަޅޭ ލަވައި ގަނެވުނެވެ. ނޫނެކެވެ. މިއީ ހުވަފެނެށް ނޫންކަން އިނގުނެވެ. އޭރު އޮފީހުގެ އެންމެން ތިބީ އަހަރެންނާ ދިމާލަށް ބަލާށެވެ. ލަދުވެސް ގަތީ އިންތިހާ އަށެވެ.

އެދުވަހު އޮފީހުން ނިމިގެން ދަމުން އެއްކަލަ އަންހެން ކުއްޖާއާ ދިމާކުރަން ގަސްތުކުރީމެވެ. އަދި އޭނަ ނިކުންނަންދެން ބޭރުގައި މަޑުކޮށް ގެން ހުރީމެވެ. ހުރެހުރެ ވަރުބަލި ވި އިރުވެސް އޭނައެއް ނުނިކުތެވެ. އަދި އަމިއްލައަށް މޮޔަ ހީވެސް ވެ އެވެ. ނަމަވެސް ދުލެއް ނުކޮށްލަމެވެ. އަނެއްކާ ދެވަނަފަހަރަށް އޮފީހަށް ވަތްއިރު އޮފީހުގައެއް ވެސް ނެތެވެ.

އަވަހަށް ނިކުން އިރު ކަން ދިމާކުރި ގޮތުން އެއްކަލަ އަންހެން ކުޖާހުރީ އޮފީސް ކުރިމަތީގައި ޓެކްސީ އެއްނުލިބިފައެވެ. މިއީ ރަނގަޅު ފުރުސަތެއް ކަން އިނގުމުން ގޮސް ކައިރީގައި މަޑުކޮށްލާ ބުނީމެވެ.” ތިހިރީ ޓެކްސީއެއް ނުލިބިފަތަ؟” އޭނާ ޖަވާބު ދިނެވެ. “ހމމމމ”އަދި ބޭނުން ވާތާކަށް ލައިދީފާނަމޭ ބުނުމުން އަހަރެންނާ އެކު ދިޔުމަށް އެއްބަސް ވިއެވެ. އަހަރެންގެ ކާރުގައި އޭނާގެ ގެއަށް އޭނާ ލައި ދިނީމެވެ. އަދި އޭގެފަހުން އަބަދުވެސް ދެމީހުން ވާހަކަ ދަށްކަމެވެ. ގިނައިން ދިމާވަނީ އޮފީހުންނެވެ. މިހެން ދުވަސްކޮޅެއް ފަހުން ދެމީހުން އެކަނި ކެފޭ ތަކަށާއި ތަންތަނަށް ގޮސް ހީ މަޖާ ކޮށް ހަދަމެވެ. އަދި ނުވި ތާކަށް އަހަރެންގެ ބައިވެރި އަކަށް ހަދަން ހިތް އެދުނެވެ. ހިތް ބުނާ ގޮތުގައި އޭނާވެސް ބޭނުން ވަނީ އެގޮތެވެ.

އެއްދުވަހެއްގެ ހަވީރެވެ. އަހަރެން އޮންނާނީ ފުޑް ބެންކް ކިޔާ ރެސްޓޯރެންޓަށް އައުމަށް ދައުވަތު ދީފައެވެ. އިރު ކޮޅެއް ވަންދެން އެތާ އިންދާ އޭނަ އަތުވެއްޖެއެވެ. އަދި އަހަރެން ވާހަކަ އަޅުވާލީ ރަށްޓެހިވާން އަހަން ވެގެންނެވެ. ލޯބީގެ ވާހަކަ ނުލާހިކު އޭނަވެސް ދަށްކާ ހިތްވާތީ ވެސްމެއެވެ. އަހަން އުޅޭއިރަށް ބިރުގަނެ އެވެ. މީހާ ހާސް ވެއެވެ. އިނީ ތުރުތުރު އަޅައަޅައެވެ. އެކަމުކުވެސް ލޯމަރާލައިފައި އެހީމެވެ. ” މައިޝާ މައި ގެ ޖީއެފް އަށް ވެދާނަން ތަ؟” އޭނާ ހީލައިފަ ބުންޏެވެ.” އަސްލު ވާހަކަ އެއްތަ ތިކިޔަނީ” އެހެން ބުނީމަ އަހަރެންނަށް ހީވި މިހާރު ރަށްޓެހި ވެވިއްޖޭ.” އާން މައީ އަހަރެން ބުނީމެވެ. އެވަގުތު އޭނަ ތެދުވެލާފައި ބުންޏެވެ. ” ކީކޭ ތިކިޔަނީ. ކަލޭ ހަމަ ތަ! މަ ލަދުގަނެއްޖެ މަގޭ ކޮށްކޮ އެއް ރަށްޓެހިވާން އެހީމަ” އެހެން ބުނުމާއި އެކު ދެލޯބޮޑުވެ މާހައުލަށް ބަލައިލީމެވެ. އަހަރެންނަށް އޮވެވުނީ ބެޑުގައެވެ. ފެނުނީ ހުވަފެނެއް ކަން އިނގުމުން އަމިށްލައަށް ހެވުނެވެ. ހުވަފެނުގައި ވީގޮތުން އަމިށްލައަށް ވެސް ލަދުގަތެވެ.

ނިމުނީ.

މިލިޔުންވެސް ކިޔާލާ

އުފަންވީ އިރުވެސް … (ކުރުވާހަކަ)

އައިޝަތު ޚަތުމާ – ގްރޭޑް 10 ދުނިޔެމަށްޗައް ވެރިވެފައިވާ ކަނު އަނދިރިކަން ފިލުވާލަމުން ފަތިސް ވަގުތުގެ އަރާމް ފިނިކަން މަޑުމަޑުން …

ޚިޔާލެއްދެއްވާ

avatar