ހެޔޮކަމުގެ ބަދަލު…… ( ކުރުވާހަކަ )

ލިޔުނީ: އާމިނަތު ނިހާމާ – ގްރޭޑް 10

އިރުގެ ރަން ދޯދިތައް ބިންމައްޗަށް އެޅެމުންދިޔައެވެ. މަޑުމަޑު ވައިރޯޅި ޖެހެމުންދިޔައެވެ. އާދައިގެ މަތިން ދަނޑުވެރިޔާ އޭނާގެ މަސައްކަތަށް ނިކުމެއްޖެއެވެ. ދަނޑުވެރިޔާ މިސްރާބު ޖެހީ ޖަނަވާރުތައް ލައިފައިވާ ކުޑަ ގެއަށެވެ. އެކުޑަ ގެއަށް ދަނޑުވެރިޔާ ދިޔައިރު ކަނެއްގައި ބަކަރިއެއް އޮތެވެ. އަނެއް ފަރާތުގައި ދަނޑުވެރިޔާ މަސައްކަތް ކުރަން ގެންގުޅޭ އަސް އޮތެވެ. އެއަހަކީ ވަރަށް މުރާލި އަހެކެވެ. ދަނޑުވެރިޔާ އަސް ކައިރިއަށް ދިޔައިރު އެހެން ދުވަސްތަކާއި ޚިލާފަށް އަހުގެ ކިބައިން ތަފާތު ކަމެއް ފެނުނެވެ.

އަސްވަނީ ވަރުބަލިވެފައެވެ. ދަނޑުވެރިޔާ ނިންމީ ޖަނަވާރުންނާއި ބެހޭ ޑޮކްޓަރެއް ގެނައުމަށެވެ. ޑޮކްޓަރު އައިއިރު މެންދުރު ވެއްޖެއެވެ. ޑޮކްތަރު ވަރަށް ރަނގަޅަށް އަސް ބަލައިފިއެވެ.” ތިޔައަށް ވަނީ ރޯގާ ޖެހިފައެވެ. އެއަކީ ބެކްޓީރީއެއް. ތިޔަ ބަލި އެހެން ޖަނަވާރުންނަށްވެސް ޖެހުން އެކަށީގެންވޭ. އެހެންވުމުން ތިޔަ ބަލި ރަނގަޅު ނުވެއްޖެނަމަ އަސް ޖެހޭނީ މަރާލަން. ނަމަވެސް ބަލި ރަނގަޅުވޭތޯ އަހަރެން ތިން ދުވަހު ބޭސް ދޭނަށް”. ޑޮކްޓަރު މިހެންބުނެފައި އަހަށް ބޭސް ދީފަ ގޮށްސިއެވެ.

މިވާހަކަ އަޑު އަހަން ދުރުގައި ބަކަރި އޮތެވެ. ބަކަރި ވަރަށް މަޑުމަޑުން ގޮސް ބަކަރި ތިބޭ ކުޑަ ގެއަށް ވަދެފައި އަސް ކޮބައިތޯ ބެލިއެވެ. އޭރު އަސް އޮތީ ވަރުދެރަވެގެން ގޮސް ބިންމައްޗަށް ވެއްޓިފައެވެ. ” އޭ މަގޭ ރަހްމަތްތެރިޔާ ކަލޭ ހާލު ކިހިނެއް؟ ޑޮކްތަރު ބުނީ ކަލޭ ތިޔަ ބަލިން ރަނގަޅު ނުވެއްޖިއްޔާ ކަލޭ ޖެހޭނީ މަރާލާށޯ. ދެން ކަލޭ ދިރިހުންނާނީ 2 ދުވަހު. މިދެދުވަހުވެސް މަސައްކަތު ނިކުމެއްޖިއްޔާމު ތިޔައަށް ވުރެ ހާލު ރަނގަޅު ވެދާނެ ކަންނޭނގެ”. މިހެން ބުނުމުން އަސް ވަރަށް ހިތްވަރުކޮށްފައި ތެދުވާން އުޅުނެވެ.

ނަމަވެސް ކުރަމުން ދިޔަ މަސައްކަތް ނާކާމިޔާބުވިއެވެ. ވެފައިވާ ވަރުބައްޔެއްގެ ސަބަބުން ކަން ނޭނގެއެވެ. އާ ދުވަހަކަށް އިރުއެރިއެވެ. ޑޮކްޓަރު އައިސް ބެލިއިރު އެއްވެސް ކުރި އެރުމެއް އައިސަކައެއް ނުވެއެވެ. އަނެއްކާވެސް ބޭސްދީފައި ކުރިންކީ ވާހަކަތައް ތަކުރާރުކޮށް ކިޔައިދީފައި ހިނގައްޖެއެވެ. މިތަން ބަލަން ބަކަރި އޮއެފައި އަސް ކައިރިއަށް އަތުވެއްޖެއެވެ.

“މާދަމާ ހަމަ ޔަޤީނުންވެސް އެއީ ލަކޭގެ ފަހު ދުވަސް. ތިޔަ ބަލި ރަނގަޅު ވޭތޯ މަސައްކަތް ކޮށްލަބަލަ. ކަސްރަތު ލިބުމުގެ ސަބަބުންވެސް ރަނގަޅު ވެދާނެކަން ނޭނގެ”. ބަކަރި މިހެން ބުނުމުން އަސް ހިތްވަރުކޮށްފައި ތެދުވެއްޖެއެވެ. ނަމަވެސް މާގިނައިރަކު  އަހަކަށް ކެތެއްނުވިއެވެ. އަނެއްކާވެސް އޮތްތައިލައިފިއެވެ.

އޭގެ އަނެއް ދުވަހު ޑޮކްޓަރު އަތުވެއްޖެއެވެ. ބެލިއިރު ވަނީ ވަރަށް ކުޑަ ކުރިއެރުމެއް ލިބިފައެވެ. އަނެއްކާވެސް ބޭސްދިނުމަށްފަހު ދަނޑުވެރިޔާކައިރި ކުރިންކީ ވާހަކަތައް ކިޔުމަށްފަހު ހިނގައްޖެއެވެ. ހަމަ މިވާހަކަ އަޑުއަހަން ބަކަރި އޮތެވެ. ބަކަރި ގޮސް އަސް ކައިރިގައި މަޑުކޮށްފިއެވެ. “މާދަމާ ޔަޤީނުންވެސް ކަލޭ މަރާލާނެ. މިއަދު މަސައްކަތު ނިކުމެ މަސައްކަތް ކޮށްލިމުން ބަލި ފަސޭހަ ވެދާނެ. ބަކަރި ވަރަށް އާދޭސް ކުރުމުން އަސް ދުނިޔޭގެ ކެތަށް މަސައްކަތު ނިކުމެއްޖެއެވެ. އެވަގުތު ދަނޑުވެރިޔާއަށް މިތަން ފެނިގެން އަތުވެއްޖެއެވެ. ” އަހަރެންގެ އަސް މިއޮތީ އިރާދަކުރެއްވިއްޔާމު ރަނގަޅުވެފައެވެ. މިކަމުގެ އުފަލުގައި މުޅި ރަށަށް ޖާފަތެއް ދޭނަމެވެ. އެޖާފަތުގައި ރަށުގެ އެންމެންނަށް ދޭނީ މިބަކަރި ކަތިލާފައޭ”. ދަނޑުވެރިޔާ މިހެން ބުނެފައި ބަކަރިއާއި ދިމާލަށް ބަލާލަފައި ބުނންޏެވެ. ބަކަރި އޮއެފައި ބުންޏެވެ.” ހެޔޮ ކަމަކަށް މިލިބުނީ ތެޔޮ ހަމެކޭ”.

ނިމުނީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަޔަކަށްޓަކައި ދަރިޔަކުވީ ގުރުބާނީ

މަލީޝާއަކީ އާދައިގެ އާއިލާއަކަށް އުފަން ވަރަށް ރީތި ކުއްޖެކެވެ. އެހާމެ މަޑުމައިތިރި ކުއްޖެއްވެސްމެއެވެ. މަލީޝާގެ ރީތިކަމާއި އެއްވަރަށް މީހުން އޭނާއާއި …

ޚިޔާލެއްދެއްވާ

avatar
Mariyam nishama
Mariyam nishama

haadha molhey nihama maa shaa allah

wpDiscuz