އެމީހަކު ފޭހުނު އިލޮށިގަނޑު ހެރޭނީ އެމީހެއްގެ ލޮލަށެވެ. ( ކުރުވާހަކަ )

ދުވަހަކީ ވަރަށް މޫސުންވެސް ރީތި ދުވަހެކެވެ. އަލީ އާއި އަހްމަދު ދިއައީ މަސްބާނާށެވެ. އަލީ އަށް އެދުވަހަކު އެންމެ މަހެއް ވެސް ނުބެވުނެވެ. އެކަމަކު އަޙްމަދު ވަރަށް ގިނަމަސް ބައިފިއެވެ.

އަލީ ހިތަށް އެރިއެވެ. މިއަދު އަހަންނަށް މަހެއް ނުބެވުނަސް ކޮންމެއްސް ކަހަލަދޮގެއް ހަދައިގެން މިއަދު އަހްމަދު ބޭ ހުރިހާ މަހެއްވެސް ވާނީ އަތުލައި ގަނެވޭތޯ ބަލާށެވެ. ކޮންމެސް މަކަރެއް ވާނީ ހަދާށެވެ.

މީގެ ކުރިން މިދެ އެކުވެރިންނަކީ ވަރަށް ގާތްކޮށް އުޅޭ ހިތްހެޔޮ ދެ ކުދިން ނަމަވެސް މިއަދު މިވަނީ އަލީ ގެ ހިތުގައި އަހްމަދާ މެދު ނަފްރަތު އުފެދިފައެވެ. އެއީ އަޙްމަދު ބޭވަރަށް އަލީ އަށް މަސްނުބެވުނީމައެވެ.

ދެން އަލީ  އަވަހަށް ވާހަކަ ފެއްޓިއެވެ. އަދި ގެޔަށްދާން ދެމީހުން ހިނގައިގަތެވެ.

ތިޔަމަސްތައް ކާކަށް ނުވާނެ. ތިޔައީ ވިހަ މަސްތަކެއް . ޢަލީ ބުންޏެވެ. އެހެން އަލީ ބުނުމުން އަހްމަދުވެސް އެކަން ޤަބޫލުކޮށް މަސްފަތި އެތާބާއްވައިފިއެވެ.

ދެން އަހައްމަދު ގެޔަށް  އައިސް މަންމަ ކައިރީ ބުންޏެވެ. މިއަދު ބޭ ހުރިހާ މަހެއް ހުރީ ވިހަވެފައެވެ. އެހެންވެ މިއައީ މަސްތައް އުކާލައިފައެވެ.

ޢަލީ ހުރީ އަޙްމަދުގެ ފަހަތް ބަލާށެވެ. އަޙްމަދު ގޮސް ގެއަށް ވަންނައިރަށް ސިއްރުސިއްރުން ގޮސް އެއްކަލަ މަސްފަތި ގެނެސްފިއެވެ. އަދި އޭނާގެ މަންމަ އަތަށް ދިނުމަށްފަހު މިއީ އަޅުގަނޑު ބޭ މަހޭ ބުނެފިއެވެ.

އަލީގެ މަންމަ އެމަސްތަކުގައި ގަރުދިޔަ ކެއްކިއެވެ. އަދި މެންދުރު ކެއުމަށް ގަރުދިޔަ އާއި ބަތާ ތައްޔާރުކުރިއެވެ. ދެން ކުއްލިއަކަށް އަލީއަށް ގޮތެއް ވާން ފަށައިފިއެވެ.  އެއީ މެންދުރު ކެއިފަހުންނެވެ.

ދެން އަލީ ހޮސް ޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކިއެވެ. ދެއްކީމަ ޑޮކްޓަރ ބުނުއްވީ ޢަލީއަށް ވިހައެއް ކެވިފައިވާކަމަށެވެ.

ކާނާ ވިހަވުމުގެ ސަބަބުން އަލީގެ ޙާލުވަނީ ވަރަށް ސީރިއަސް ވެފައެވެ. އެޚަބަރު އަޙްމަދަށް ލިބުމުން ހޮސްޕިޓަލަށް ދިޔައެވެ. ދިއުމުން ވީހުރިހާ ކަމެއް އަލީ ވަރަށް ދެރަވެފައި އަޙްމަދަށް ކިޔައިދިނެވެ. އަދި އަޙްމަދުގެ ކިބައިން ޢަލީ މާފަށް އެދުނެވެ. އަޙްމަދުވެސް މާފު ދިނެވެ.

އަލީ އެވަގުތު ބުނެލިއެވެ. ” އެމީހަކު ފޭހުނު އިލޮށިގަނޑު ހެރޭނީ އެމީހެއްގެ ލޮލަށެވެ.”

އިބުރަތަކީ: އެމީހަކަށް ނުލިބޭ މޮޅެއް ފައިދާއެއް ނާޖާއިޒު ގޮތުގައި ހޯދަން އުޅެގެން ގިނަފަހަރަށް ލިބޭނީ ދެރައެވެ.

ލިޔުނީ: ޙަސަން ޒަޔާން އަޙްމަދު

ޙަސަން ޒަޔާން އަޙްމަދަކީ ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. ޒާއްކޮ އެންމެ ލިޔާހިތްވަނީ ކުޑަކުދިންގެ ކުރުވާހަކައާއި، ކުދި ޖޯކްތަކެވެ.

މިލިޔުންވެސް ކިޔާލާ

ނުލިބުނު ލޯބި ( ކުރުވާހަކަ )

ލިޔުނީ: އަޙްމަދު ނާއިފް – ގްރޭޑް 10 ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ރޭގަނޑުގެ އަނދިރިކަން އިތުރަށް ގަދަވެފައިވަނީ އެހެންވެގެންނެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz