އެމަންޒަރު ދުށުމަކަށް ނޭދެން…. ( ކުރުވާހަކަ )

ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ރޭގަނޑުގެ އަނދިރިކަން އިތުރަށް ގަދަވެފައިވަނީ އެހެންވެގެންނެވެ. ޖައްވު ފިނިވެފައި ބާރަށް ރޯޅި ޖެހެމުން ދިއައެވެ. އަހަރެން އޮފީހުން އައިސް ގޭތެރެއަށް ވަނުމުގެ ބަދަލުގައި ކާރުގަ އިށީނދެލާ އިނީ ފޯނަކަށް ޖަވާބު ދޭށެވެ. ކާރުގެ ކުރިމަތިން ހުރަސްކުރި އަންހެން ކުއްޖާގެ މޫނު އަހަރެންނަށް ނުފެނުނަސް އެއީ ދެކެފަރިތަ އިސްކޮޅެކެވެ.

އެއީ އަހަރެންނަށް އައު ރޫފައެއްނޫނެވެ. ނަމަވެސް އަހަރެން ފޯނުގައި އިނުމުން މާބޮޑު ސަމާލު ކަމެއް ނުދެވުނެވެ. އަހަރެން މާބޮޑު ސަމާލު ކަމެއް ނުދީ ކާރު ޕާރކު ކުރުމަށް ފަހު އޮށޯތީ މާދަމާ ޑިއުޓީއަށް ދިޔުމައްޓަކައި ހޭލަންވެގެން އަވަހަށް ނިދުމަށެވެ. އަހަރެން ނިދަނީ ކާރުގައެވެ. އެއީ އަހަރެންގެ ވަޒިފާގެ ގޮތުން ވަރަށްކުރީ ތެދުވެގެން ތައްޔާރު ވާން ޖެހޭތީއެވެ. ވަޒީފާއަކީ ކޯސްޓް ގާޑް ގެ ވަޒީފާއެވެ. އަހަރެންގެ ވަޒީފާގެ ގޮތުން ވަރަށް ގިނަ މީހުންގެ ލޯތްބާއި އިހްތިރާމް އަހަންނަށް ލިބެއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އަހަރެން އަވަސް އަވަހަށް ދިޔައީ އަހަރެންގެ އެކުވެރި އަލީ ގެ ރަށަށް އެމީހުންގެ އާއިލާ ފުރުވާލުމަށެވެ. އަހަރެމެންގެ ލާނޗްގައެވެ. އިއްޔެ އެކޭ އެއްފަދައިން މިއަދުވެސް ވަރަށް ވިއްސާރައެވެ. ކުއްލިއަކަށް ކަނޑު ގަދަވާން ފެށިއެވެ، ކަނޑުގެ ރާޅުތައްނަގަމުން ދިޔައީ އަހަރެމެންގެ ބޯ މަތިންހެންނެވެ. އައި ކުއްލި ރާޅާ އެކު ލާންޗް ބަންޑުން ޖަހާލާފިއެވެ. އަލީގެ އާއިލާ ސަލާމަތް ކުރުމަށް އަހަރެން ފުންމާލީމެވެ. އެވަގުތު އަލީ އަޑުން އަޑުނަގާ ގޮވަމުން ދިޔައެވެ. އަހަރެން ސަލާމަތް ނުކުރެވުނަސް އަހަރެންގެ އަބިމީހާ އާއި ދަރިން ސަލާމަތް ކޮށް ދޭށެވެ. އަދި އަހަރެންގެ އަނބިމީހާ އާއި ކައިވެނި ކޮށްދެއްޗެވެ.

މިހެން ބުނުމުގެ ސަބަބުން އަލީގެ އަންހެނުންނާއި ކުޑަ ދަރިފުޅު ސަލާމަތް ކޮށް ދިނީމެވެ. އަދި ފަހުން އަލީ ހޯދާ ހޯދާ އަލީ އެއް ނުފެނުނެވެ. އޭނާ މަރުވީ ކަމަށް އަހަރެމެން ނިންމީމެވެ.

އޭގެ ދެދުވަސް ފަހުން އަހަރެންގެ ކައިރީ އަލީ އެދުނު ކަންތައް އަހަރެން ކުރީމެވެ. އެއީ ފާތުމަ އާއި ކައިވެކުރުމެވެ.

މިހެން ދުވަސްތައް ފާއިތު ވަމުން ދެއެވެ. އެއްދުވަހަކު އަހަރެމެން ލަންކާ އަށް ފުރި މަގުމަތިން މީހަކު އަހަރެންގެ ކޮނޑުގައި ޖެހި ވެއްޓުނެވެ. އަހަރެން މާފައްއެދި އެމިހާ ނެގީމެވެ. އަދި އެމީހާގެ މޫނަށް ރަނގަޅައް ބަލާލީމެވެ.

އެމީހާ އަޑުން އަޑުނަގާ ރޯން ފެށުމަށްފަހު ފާތުމަގެ ގައިގައި ބައްދައިގަތެވެ. އެވަގުތު އަހަންނައް އަލީ އޭ ކިޔާ ހައިރާންވެ ހުރެ ގޮވާލެވުނެވެ.

އަހަރެން ވަރަށް އުފާވިއެވެ. ހުރެވުނީ ކޮންތާކު ކަންވެސް ނޭންގުނުފަދައެވެ.

އަލުން އެދެމީހުންކައިވެނި ކުރިއެވެ. އަލުން އާ ހަޔާތަކާއިގެން ކުރިއަށް ދިޔައެވެ. ކުއްލިއަކަށް ހެވެރިކަންވީ ކާރު ހުރަސް ކޮށްފައި ދިޔަ ކުއްޖާ ކާރުގެ ބިއްލޫރި ގަނޑުގައި ޓަކި ޖަހާލުމުންނެވެ.

އެއީ އަހަރެންގެ ކޮށްކޮ މަލޫޝާއެވެ. އެއި ހުވަފެނެއްކަން އަހަންނަށް އެނގުމުން އަހަންނަށް ހަމަ ޖެހުމުގެ ނޭވާއެއްލެވުނެވެ.

 

ލިޔުނީ: ފާތުމަތު އިޒްލީނާ

ފާތުމަތު އިޒްލީނާ ( އިޒޫ ) އަކީ ލިޔުންތެރިކަމުގެ ފަންނުގައި އަލަށް ނުކުތް ލިޔުންތެރިއެކެވެ. ޝައުޤުވެރިކަން ހުންނަނީ ވާހަކަ ލިޔުމާއި ، މަޒުމޫނު ލިޔުމަށެވެ. އިޒޫގެ ލިޔުންތަކަށް ކިޔުންތެރިން ދެއްވާ ތަރުޙީބު، އިޒޫ ބަލައިގަންނަނީ އުފަލާއެކުގައެވެ.

މިލިޔުންވެސް ކިޔާލާ

ދުނިޔެ އަހަރެންނަށް އިމްތިހާނު ދިނީ މިހެންނެވެ.

ލިޔުނީ: މުޙައްމަދު ފަރުހާން – ގްރޭޑް 9 ފާލަމަށް ފެރީ ގާތްކުރުމާއިއެކު ދަބަސް ކޮނޑުގައި އަޅުވާލައިގެން ފެރީން ފޭބީމެވެ. ދަތުރުވެރިންގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz