ޖިއްދާގައި އަލަށްހުޅުވި ކާރުޝޯވރޫމްގައި މީހަކު ކާރެއްބަލަނީ / ފޮޓޯ: އަރަބިނިއުސް

ސައޫދީގައި އަންހެނުންނަށް ޚާއްޞަކޮށްގެން ފުރަތަމަ ފަހަރަށް ކާރު ޝޯވ ރޫމެއް ހުޅުވައިފި.

ސައޫދީގައި އަންހެނުންނަށް ޚާއްޞަކޮށްގެން ފުރަތަމަ ފަހަރަށް ކާރު ޝޯވ ރޫމެއް ހުޅުވައިފިއެވެ.

ކާރުދުއްވުމުގެ ހުއްދަ މީގެ ފަސްމަސް ކުރިން  ސައޫދީގައި ދީފައިވާއިރު ޖިއްދާގެ ވެސްޓަރން ރެޑްސީ ސިޓީ ޕޯޓްގައި ހުންނަ ޝޮޕިން މޯލެއްގައި އަންހެނުންނަށް ޚާއްޞަކޮށްގެން ހުޅުވި މި ފިހާރައިގައި އެކިވައްތަރުގެކާރުތައް ހުންނަކަމަށް ވެއެވެ. އަދި އަންހެނުން މަގުމައްޗަށް ކާރުދުއްވުމަށް ނުކުތުމުގެ ކުރިން އެމީހަކު އަމިއްލަ ޗޮއިސް އެއް ނެގުމަށް މި ޝޯވރޫމް ހުޅުވި ކުންފުނިން ބާރުއަޅައެވެ.

ސައޫދީގެ ތާރީޚްގައިވެސް އަންހެނުންނަށް ލިބިފައިނުވާވަރަށް އެމީހުންގެ ހައްޤުތައް ކިންގސަލްމާންގެ ވެރިކަމުގައި ދެއްވަމުން ދާއިރު އެ ޤައުމުގައި މިދިޔައަހަރު އަންހެނުންނަށް ކާރުދުއްވުމުގެ ހުއްދަ ދީފައިވުމުން އެކަމާ ގިނަ އަންހެނުން ވަނީ އުފާފާޅުކޮށްފައެވެ.

މީގެ ކުރިން ސައުދީގައި އަންހެނުން ވަގަށް ކާރުދުއްވައެވެ. އަދި އެކަން ފަޅާއެރުމުން ބޮޑެތި ޢަދަދު ތަކުން ޖޫރިމަނާ ކޮށްފައިވެސް އެބަހުއްޓެވެ.

އަލަށް ހުޅުވި ކާރުވިއްކާ ފިހާރައިން އިންސްޓޯލް މަންޓަށްވެސް ކާރު ދޫކުރާކަމަށް މިޚަބަރު ގެނެސްދީފައިވާ އަރަބިނިއުސް ގައި ބުނެފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަދީނާ ސިޓީއަށް ބިންހެލުމެއްގެ އަސަރުކޮށްފި.

މާތްވެގެންވާ މަދީނާ އަށް 2.5 މެގްނިޓިއުޑުގެ ބާރުމިނުގައި ބިންހެލުމެއްގެ އަސަރުކޮށްފިކަމަށް މަދީނާގެ މޫސުމާ ބެހޭ އޮފިޝަލުންނާ ޙަވާލާދީ ޢަރަބި ނިއުސްއިން …

ޚިޔާލެއްދެއްވާ

avatar
wpDiscuz