އެސް 9 ގެ ފޮށީގެ ފޮޓޯ އާއިއެކު އިތުރު މައުލޫމާތު ލީކްވެއްޖެ.

އަންނަމަހު ލޯންޗް ކުރުމަށް ސެމްސަންގ ކުންފުނިން ތައްޔާރުވަމުން އަންނަ ސްމާޓްފޯން އެސް 9 އާއި އެސް 9 ޕްލަސްގެ ފޮށީގެ ފޮޓޯއަކާއި އިތުރު ފީޗާރސް ތަކުގެ މައުލޫމާތު އަނެއްކާވެސް އިންޓަރނެޓްގައި ލީކްކޮށްލައިފިއެވެ.

ބައެއް ފަރާތްތަކުން ބުނަމުންދާގޮތުގައި މިއީ ސެމްސަންގ ކުންފުނީގެ ފަރާތުން އެ ފޯން އިސްތިހާރު ކުރުމަށްޓަކައި އެމީހުން އަޑީގައި ތިބެގެން ކުރަމުން އަންނަކަމެކެވެ. މި ފޯނު ނޫނަސް މިފަދަ ވަރަށް ގިނަ ފޯނުތަކާބެހޭ ސައްޙަ މަޢުލޫމާތު ފޯން ނެރުމުގެ އެތައް ދުވަހެއް ކުރިން ލީކްވުމަކީ އާކަމެއްނޫނެވެ.

އެގޮތުން މި ފަހަރު ނެރެން ތައްޔާރުވަމުން އަންނަ އެސް 9 އާއި ބެހޭގޮތުންވެސް ގިނަ މައުލޫމާތުތަކެއް މިވަނީ ލީކުވެފައި ވާއިރު ފަހުގެ މައުލޫމާތު ތަކަށް ބުރަވާނަމަ ދެންނެވޭނީ އެސް 8 އާއި އެސް 9 ގެ މާބޮޑު ތަފާތެއް ނެއްކަމުގައެވެ.

އެހެންނަމަވެސް ކުދިކުދިތަފާތު ތަކެއް ހުރުމާއެކު އެތަފާތުތައް ކަމަށް ބުނާ މައުލޫމާތު ތަކުގެ ތެރޭގައި އައިފޯން އެކްސް ގައި ވާގޮތަށް ފޭސްއަންލޮކިން ފީޗަރ އެސް 9 ގައި ހިމެނޭނެކަމަށް ބުނެއެވެ. އޭގެ އިތުރުން އެނިމޭޓެޑް އެމޯޖީސް އާއި، ބެޓެރީއަށް 200 އެމްއޭއެޗް ސެމްސަންގް އިން އިތުރު ކުރާނެ އެވެ. ނަމަވެސް ފޮށީގެ ބޭރުގައި ލިޔެފައިވާ މައުލޫމާތު ތަކަށް ބަލާއިރު ހެޑްފޯނު ޖެކް ޖަހާ ސްލޮޓް އުނިކޮށްފައެއް ނުވެ އެވެ. އަދި ބިކްސްބީ ފިތްވެސް އުނިކޮށްފައެއް ނުވެ އެވެ.

އެސް 9 ގެ ބޮޑު އެއް ތަފާތަކީ ކުރިމަތި ފަރާތުގައި ދެ ކެމެރާ ހުރުމެވެ. އެއީ އެސް 9 ޕްލަސްގައެވެ. އެސް 9ގައި ހިމަނަނީ ކުރިމަތީގައި އެންމެ ކެމެރާ އެކެވެ. ފުރަގަސް ފަރާތުގައި ކެމެރާ ހަރުކުރަނީ މެދަށްވާ ގޮތަށެވެ. އަދި ފިންގަޕްރިންޓް ރީޑަރ އާއި ހާޓް ރޭޓް ސެންސަރ ވެސް އިންނަނީ މެދަށް ވާ ގޮތަށެވެ.

އެސް 9 އަދި އެސް9 ޕްލަސްގައިވެސް ހިމަނަނީ ކުއަލްކޮމް ސްނެޕްޑްރެގަން 845 ޗިޕްސެޓެކެވެ. އޯއެސްގެ ގޮތުގައި ހިމަނާނެ ކަމަށް ބުނެފައިވަނީ އެންޑްރޮއިޑް 8.0 އޯރިއޯ އެވެ.

މި މައުލޫމާތު ތަކަކީ އެސް ސީރީޒްގެ ފޯނުތަކަށް އިންތިޒާރު ކުރަމުންދާ ފަރާތްތަކަށް ބޭނުންތެރި މައުލޫމާތު ތަކަށް ވިޔަސް ބައެއް ފަރާތްތަކުން ބުނާގޮތުން އެސްސީރީސްގެ ވިޔަސް 9 ވަނަ އަދަދަކީ އަންލަކީ އަދަދެކެވެ.

މަސްދަރު: ޑެއިލީމެއިލް

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ދިރާގުން ވިއްކަންފަށައިފި.

ސްމާޓްފޯންގެ ބާޒާރުގައި ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ސެމްސަންގ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ކަމުގައިވާ ސެމްސަންގް ގެލެކްސީ އެސް 9 …

ޚިޔާލެއްދެއްވާ

avatar