ރޮހިންގޔާ މުސްލިމުންނަށް އެހީވުމަށް ލަންދޫގައި ފަންޑުފޮއްޓެއް ބަހައްޓަނީ

މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުންނާއި މިޔަންމާގެ ބުޑިސްޓުންގެ އަނިޔާވެރިކަމުގެ ޙާލުގައި ޖެހިފައިވާ ރޮހިންގޔާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގައި ފަށާފައިވާ ބޮޑު ޙަރަކާތުގައި ބައިވެރިވުމުގެ ގޮތުން ލަންދޫގައިވެސް ފައިސާ ހޯދުމަށް ފަންޑުފޮއްޓެއް ބެހެއްޓުމަށް ލަންދޫ ކައުންސިލުން ނިންމައިފިއެވެ.

ލަންދޫ ކައުންސިލުގެ ނައިބު ރައީސް އިސްމާޢީލް އިބްރާހީމް ވިދާޅުވީ މި ފަންޑުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށާއި ފަންޑުފޮށި ދެތަނެއްގައި ބެހެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ފަންޑުފޮށި ބެހެއްޓިފައި ހުންނާނީ ލަންދޫ ކައުންސިލްގެ ޢިދާރާގަ އާއި ލަންދޫ ހުކުރު މިސްކިތުގައި ކަމަށެވެ. އެގޮތުން ލަންދޫ ކައުންސިލް ޢިދާރާގެ ފޮށި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެވެސް 8:00 ން ފެށިގެން އޮފީސް ބަންދުވުމާއި ހަމައަށް ބެހެއްޓިފައި ހުންނާނެކަމަށެވެ. އަދި މިސްކިތުގައި ބެހެއްޓޭ ފަންޑުފޮއްޓަށް ކޮންމެ ނަމާދުވަގުތެއްގައި ފައިސާ ލެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އެގޮތުން އޮކްޓޯބަރު 5 އި ހަމައަށް ފަންޑުފޮށިތައް ބެހެއްޓިފައި ހުންނާނެކަމަށްވެސް ކައުންސިލްގެ ނައިބު ރައީސް އިސްމާޢީލް ވިދާޅުވިއެވެ.

ފަންޑުފޮށި ބަހައްޓަން އުޅުނީ މިއަދު ކަމަށާއި އެހެނަސް މިއަދު ރަށަށް ވަރަށްބޮޑަށް ވިއްސާރަވުމުގެ ސަބަބުން ފަންޑުފޮށި ބެހެއްޓިޔަސް ރައްޔިތުންނަށް ވަރަށް ބޮޑަތި އުނދަގޫތަކާއި ކުރިމަތިވެދާނެތީ މާދަމާ ފަންޑުފޮށި ބަހައްޓަން ނިންމީ ކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ.

މިއީ ކައުންސިލުގެ ރައީސް އަލްފާޟިލް ޝިނާނު ޢަބްދުލް ޤަނީ ގެ ފުރިހަމަ ޚިޔާލާއި މަޝްވަރާ ލިބިގެން ކުރިއަށްދާކަމެއްކަމަށާއި މިފަދަކަންކަމުގައި ރައީސް ޝިނާނު ގެންގުޅުއްވާ ޚިޔާލުތަކަށް އުފާ ކުރައްވާކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ.

މާދަމާ ހެނދުނު 8:15 ން ފެށިގެން ފަންޑުފޮއްޓަށް ފައިސާ ލެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ.

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫގައި ނިޔަމި ކޯހެއް ފަށައިފި.

މެރިޓައިމް އެކަޑަމީއާއި ، ލަންދޫ ކައުންސިލާއި ގުޅިގެން ނ.ލަންދޫގައި ނިޔަމި ކޯހެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ. މިއީ ނިޔަމިކޯސް ލެވެލް …

ޚިޔާލެއްދެއްވާ

avatar
wpDiscuz