ރޮހިންޔާ މުސްލިމުންގެ އެތައް ހާސް ބަޔަކު މަރަމުންދާއިރު ދުނިޔޭގެ ބޮޑަތި އިސްލާމީ ޤައުމުތަކާއި ޖަމްޢިއްޔާތައް ނިދާފައި

މިއާންމާގެ ސިފައިންނާއި ބުޑިސްޓުންގެ އަނިޔާވެރިކަމުގެ ސަބަބުން މިއަދާ ހަމައަށް އެތައް ހާސް ރޮހިންޔާ މުސްލިމުންގެ މަރުވެގެން ދިޔައިރުވެސް ދުނިޔޭގެ ބޮޑަތި އިސްލާމީ ޤައުމުތަކާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަށް ނިދާފައެވެ.

އެތައް ހާސް މުސްލިމުންނެއްގެ ގެދޮރު އަންދާ އަޅިއަށް ހަދައިފިއެވެ. އެތައް ސަތޭކަ އަންހެނުންގެ ޢިއްފަތް ފޭރިގަނެ، ކުޑަކުދިންނާއި މުސްކުޅިންނާއި ޒުވާނުންވެސް އެއްވެސް ކަހަލަ ރަޙުމެއްނެތި ދަނީ މަރާ ހަދަމުންނެވެ. މިއާންމާގެ ސިފައިންނާއި ބުޑިސްޓުންގެ އަނިޔާވެރިކަމުން ފިލަންދެވޭނެ ތަނެއް ނެތެވެ. ޚަބަރުތައް ބުނާގޮތުން ސަލާމަތް ހޯދުމަށް ބަގްލަދޭޝްއަށް އަރަންދިޔަ އެތައް މުސްލިމުންނެއް އެޤައުމަށް ވަނީ އެތެރެވިޔަ ނުދީފައެވެ. ލޯމަތީގައި އަނބިންނާއި ފިރިން އަދި ދަރިން ދިރި ތިއްބާ މަރަމުންދާއިރު މިއަދު ބާރުގަދަކަމަށް ބުނާ މުސްލިމު ޤައުމުތަކުގެ އަޑެއް ބަޑެއް ނީވެއެވެ. އެހީތެރިވެދިނުމުގެ ގޮތުން ނުވަތަ ރޮހިންޔާ މުސްލިމުން އެ އަނިޔާވެރި މިޔަންމާގެ ސަރުކާރުގެ ސިފައިންނާއި ބުޑިސްޓުންގެ އަތްދަށުން ސަލާމަތްކޮށްދޭން ކުރެވުނު ކަމެއް ނެތެވެ. މުސްލިމު ޤައުމުތަކުގެ ވެރިންނާއި ގިނަ ޢާންމުންވެސް ދަނީ އެމީހުންގެ ޢީދު ފާހަގަ ކުރުމުގައި އަވަދިނެތި އުޅެމުންނެވެ.

ވޭނާއި ކެކުޅުމުގައި ކާނެ ބޯނެ އެއްޗެއްނެތިފައި ދާނެ ތަނެއް ނެތިފައި ތިބި އިރު އދ އިން ރޮހިންޔާ މުސްލިމުންނަށް ދެމުންއައި ކާނާގެ ޚިދުމަތްވެސް ވަނީ މިއާންމާގެ ސިފައިންނާއި ބުޑިސްޓުންގެ އަނިޔާވެރިކަމުން  ހުއްޓުމަކަށް އައިސްފައެވެ.

މުސްލިމުންތަކެއް މިފަދަ ޙާލެއްގައި އުޅެމުންދާއިރު އެހެން މުސްލިމުންނަށް ކޮށްދެވޭނެ ކަމަކީ ކޮބައިތޯއެވެ. މުސްލިމު އުންމަތަށްޓަކައި ހެޔޮ ދުޢާ ކުރުމެވެ. އެބައިމީހުން އެ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ދެންނެވުމެވެ. އެހެންނަމަވެސް އެއަށްވުރެ އަޅުގަނޑުމެން އަވަދިނެތިފައި މިވަނީ އަޟްޙާ ޢީދު ފާހަގަކޮށް އުފާ ލިބިގަތުމެވެ.

ސޯޝަލް މީޑިޔާގައި ރޮހިންޔާ މުސްލިމުންނަށް މިއާންމާގެ ސިފައިންނާއި ބުޑިސްޓުންގެ ދެމުންދާ އަނިޔާތަކުގެ ފޮޓޯތަކާއި ވީޑިޔޯތައްވެސް ދަނީ ދަޢުރުވަމުންނެވެ. އެ މަންޒަރުތައް ބަލާލައިފިކަމުގައިވާނަމަ އިޙްސާސް ވެގެންދަނީ މިއާންމާގެ ސިފައިންނާއި ބުޑިސްޓުންގެ އިންސާނިއްޔަތުކަމެއް ނެތް ތަނެވެ. ގެރި ބަކަރި ކަތިލައި ފަދައިން ނުވަތަ އެއަށްވުރެވެސް އަނިޔާވެރިކަމާއެކު މުސްލިމު ކުދި ބޮޑު އެންމެން މަރަމުންދާ ތަނެވެ. ރޮހިންޔާ މުސްލިމުންގެ ނަސްލު ނައްތާލުމަށް އެވެރިން ފަށައިގެން އުޅޭ ކަމެކެވެ.

ހަމައެކަނި މެރުމެއް ނޫނެވެ. ވޭން ދެނިވި އެތައް ޢަޛާބުތަކެއް ދޭތަން ފޮޓޯތަކުންނާއި ވީޑިޔޯތަކުން ފެނިގެންދެއެވެ. ރުއްރުކުގައާއި ގަސްގަހުގައި އަންހެނުންވެސް ވާޖަހާ އެލުވާފައި ބެހެއްޓުމަށްފަހު އެވެރިންނަށް އަނިޔާ ކުރަމުންގޮސް މަރާލާތަން ފެނެއެވެ. އަދި ބޮޑަތި ފިރިހެނުންނާއި ޒުވާނުން ގައިގައި ހުރި ހެދުން އަތުލުމަށްފަހު ކަރުތާފެނަށް އެރުވާ އަތާފަޔާއި ކަރުގައި ވާޖަހާ ފެންގަޑެއްގައި އައްސާފައި ތިބޭތަންވެސް ފެނިގެންދެއެވެ. ސުބުޙާނަﷲ. ސުބުޙާނަﷲ

މިފަދަ އެތައް އަނިޔާއަކާއި ކެކުޅުމެއްގައި ދުނިޔެ ދޫކޮށްފައި ދާން ޖެހޭއިރުވެސް ﷲ ގެ ރަޙްމަތުން އެމީހުންގެ ދީނީ ޝިޢާރަކަށް ކުޑަވެސް ބަދަލެއް އައިތަނެއް މިއިން އެންމެ ވީޑިޔޯއަކުންވެސް އަޅުގަނޑު ނުދެކެމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އެއީވެސް ހަމަ މިއުންމަތުގެ މީހުންނެވެ. އަހަރެމެން މީ އެއް އުންމަތެއްކަމަށް ދަޢުވާކުރަމުންދާ މުޙަންމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުންމަތުގެ ތެރެއިންވާ މުސްލިމު އަޚުންނާއި އުޚުތުންނެވެ. ތިބާގެ ތިޔަ އުފާފައުޅު ކުރުން ހުއްޓާލުމަށްފަހު އެ މުސްލިމު އަޚުންނާއި އުޚުތުންގެ މަތިން ހަނދުމަކޮށް އެބައިމީހުންނަށްޓަކައި ހެޔޮ ދުޢާ ކޮށްދޭނެ ވަގުތެއް އަދިވެސް ނާދޭތޯއެވެ. ނުވަތަ އެކަމަށްޓަކައި އަޑު އުފުލާ ދުޢާކޮަށް ހަދާލަން ވަގުތެއް ނުލިބޭތޯއެވެ.

ޔާ ﷲ ، ދުނިޔޭގެ ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް ނަޞްރު ދެއްވާންދޭވެ. އިބަ ﷲ ގެ މަގުގައި ޖިހާދު ކުރަމުންދާ މުޖާހިދުންނަށް ނަޞްރު ދެއްވާ ކާފަރުން ބަލިކުރައްވާ ނިކަމެތި ކުރައްވާންދޭވެ. ޔާ ﷲ މިއާންމާގެ ސިފައިންނާއި ބުޑިސްޓުންގެ ކިބައިގައި ހެވެއް ނެތްނަމަ އެބައިމީހުން ނެތި ކުރައްވާ ހަލާކުކުރައްވާންދޭވެ. އާމީން

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

ވަސީލަތްތަކުގެ ނާދިރުކަން – އިސްލާމީ ނަޒަރަކުން

އިސްލާމީ އިޤްތިޞާދު ނިޒާމު ފިޔަވައި  އެހެން ނިޒާމުތަކުގައި (ސެކިއުލަރ ނިޒާމްތަކުގައި )  ޤަބޫލުކުރާ ގޮތުގައި އިންސާނާގެ އެދުންތަކަށް ހައްދެއް ނުވެއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz