އެތެރޭގެ ޑިމޮކްރެސީ ވަރުގަދަ ސިޔާސީ ޕާޓީއެއްނަމަ އަސާސީ ގަވާއިދާ ޚިލާފަށް ކަންތައްތައް ދާނެބާ؟..

ރާއްޖޭގައި މިހާރު އެންމެ ބޮޑު ޕާޓީކަމުގައި އޮތް އިދިކޮޅު އެމްޑީޕީ ތެރޭގައި ތަފާތު އެކިއެކި މައްސަލަތައް ހުރިކަށް ދެކެވޭ ވާހަކަތަކަކީ މިޑީޔާތަކުގައި އެންމެ ގަދަޔަށް ދެކެވެމުން އަންނަ އެއްވާހަކަ އެވެ. މިދިޔަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ކުރީގެ ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމަށްފަހު އިސްތިއުފާ ދެއްވީ ފުލުހުންނާއި ސިފައިން އެކަމަށް އެމަނިކްފާނަށް މަޖްބޫރު ކުރުވާއިގެންކަމަށް ވިދާޅުވެ ވެރިކަން އަނބުރާ ހޯދުމަށް ޕާޓީގެ މެމްބަރުން މަގުތައްމައްޗަށް ނިކުމެއާއި އަދި ވެސް އެނޫންގޮތްގޮތުން މިހާރުގެ ސަރުކާރަށް ޕްރެޝަރ ކުރަމުންދާއިރު ، ޕާޓީ ތެރޭގައި ގިނަ މައްސަލަތައް ހުރިކަމަށް ބުނެ ބައެއް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ވަކިވެވަޑައިގަންނަމުންދާ އިރު ބައެއް އާންމުމެމްބަރުން ވެސް އެމްޑީޕީން ވަކިވަމުންދާކަމަށް ވަނީ އަޑުފެތުރިފައެވެ..

ދެހާސް އަށްވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުމާއި ގުޅިގެން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ރާއްޖޭގެ ތިރީސް އަހަރު ދުވަހަށް ވެރިކަން ކުރެއްވި ރައީސް މައުމޫން ފުރަތަމަ އުފެއްދެވި ޕާޓީ ، ޑީއާރްޕީ ތެރޭގައި ވަނީ ބައިބައި ވުން އުފެދި ޕާޓީގެ ތެރެއިން ފެކްޝަންތައް އުފެދި އެމައްސަލަ ހައްލުނުކުރެވި ގިނަ ދުވަސް ވުމަށްފަހު، އެޕާޓީ ތެރެއިން އާ ސިޔާސީ ޕާޓީއެއް އުފެދިފައެވެ. އޭރު ޑީއާރްޕީތެރޭގައި ފެކްޝަން އުފެދުމުގެ އަސްލެއްކަމަށް ޕާޓީގެ ލީޑާރޝިޕާއި ހިޔާލް ތަފާތް ބޭފުޅުން ވިދާޅުވަމުން ގެންދިޔައީ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފަށް ޕާޓީގެ ލީޑަރޝިޕުން ކަންތައް ކުރަމުން ދިއުންކަމަށެވެ. އެހެންކަމުން މިއަދު އިދިކޮޅު އެމްޑީޕީ ތެރޭގައި ހިޔާލްތަފާތުވުންތައް އުފެދިފައިވާއިރު މީގެ އަސްލެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުންދަނީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ފުށޫއަރާގޮތައް ޕާޓީގެ އިސްސަފުގައި ތިއްބެވި ބައެއް ނުފޫޒް ގަދަ ފަރާތްތަކުން ހިލާފްވާކަމަށެވެ. އެގޮތުން އެމްޑީޕީގެ މެމްބަރުން ވޯޓުލައިގެން އެ މެމްބަރުން ހޮވާފައިވާ ލީޑަރަކު ޕާޓީގެ އެންމެ އިސްމަގާމުގައި ޕާޓީ ހިންގުމާއި ހަވާލުކޮށްފައި ވަނިކޮށް ، އެމްޑީޕީއަށް ވެރިކަން ގެއްލުމާއި ގުޅިގެން ޕާޓީގެ ނުފޫޒްގަދަ ފަރާތްތަކުން ވަނީ މެމްބަރުން ހޮވާފައިވާ ލިޑަރު ބާކީކޮށް ، ޕާޓީގެ އެންމެ އިސްލީޑަރަކީ އަމިއްލަފުޅަށް އިސްތިއުފާދެއްވި ކުރީގެ ރައީސް ނަޝީދު ކަމުގައި ހަމަޖައްސަވާފައެވެ.

މިކަމާއި ބެހޭގޮތުން އެމްޑީޕީ މެމްބަރުން ހޮވާފައިވާ އެޕާޓީގެ ލީޑަރުކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ޑރ. އިބްރާހިމް ޑީޑީ ވިދާޅުވީ އެމް.ޑީ.ޕީގެ އަސާސީ ޤަވާއިދު ބުނާ ގޮތުން، އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކީ އެމް.ޑީ.ޕީގެ މެމްބަރެއްނަމަ، ޕާޓީގެ އެންމެ އިސް ފަރާތަކަށް ވާނީ އެ ބޭފުޅެއްކަމަށާއި ނަމަވެސް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު އެމް.ޑީ.ޕީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމަށް އަސާސީ ޤަވާއިދުގެ ހަތްދިހަ ފަސް ވަނަ މާއްދާގައި ވަރަށް ޞަރީހަކޮށް ބަޔާންކޮށްފައިވާނެކަމަށެވެ. ނަމަވެސް އަސާސީ ޤަވާއިދުގައި މިގޮތަށް ބަޔާންކޮށްފައިވާއިރު، މިހާރު ޕާޓީގެ އެންމެ އިސް ލީޑަރަކީ ކުރީގެ ރައީސް ނަޝީދުކަމަށް ޤައުމީ މަޖިލީހުން ނިންމުމުން އެއީ ޕާޓީގެ އަސާސީ ގަވާއިދާއި ފުށޫއަރާކަމެއްކަމަށް ޑޜ. ޑީޑި ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން  އެޕާޓީގެ ބައެއް އިސްފަރާތްތަކުން ޕާޓީގެ އަސާސީ ގަވާއިދާއި ފުށޫއަރާގޮތައް މަސައްކަތް ކުރަމުންދާކަމަށް ޑރ. ޑީޑީ ވިދާޅުވަމުންގެންދަވާއިރު އެމްޑީޕީ ތެރޭގައި ނަޝީދުގެ ސިޔާސަތާ ޚިޔާލު ތަފާތުވެގެން އުޅޭކަމަށާއި ބޮޑަށް ހިޔާލްތަފާތުވުން އުފެދިފައިވަނީ ކުރީ ސަރުކާރުގެ ބައެއް އިސްވެރިންނާއި މެދުކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ.

އަދި ދާދި ފަހުން އެމްޑީޕީން ވަކިވެވަޑައިގަތް މާފަންނު ހުޅަގު ދައިރާގެ މެމްބަރު އަބްދުﷲ އަބްދު ރަހީމް އޭނާ އެމްޑީޕީން ވަކިވެވަޑައިގެންނެވި ސަބަބު ތަފްސީލުކޮށްދެއްވަމުން  ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވެ ފެކްޝަންތަކެއް އުފެދިފައިވާ ކަމަށާއި އެމްޑީޕީން ޕާޓީއަށް އިހްލާސްތެރިކަމާއެކު މަސައްކަތްކުރާ މީހުން ބަލައިގަތުމުގެ ބަދަލުގައި އެމްޑީޕީން އަބަދުވެސް ބަލަނީ ވަކި ފިކުރެއްގެ ބަޔަކު ކުރިއެރުވުމަށް ކަމަށް އެނާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިއަދު އެމްޑީޕީގެ އާންމު މެމްބަރުން ހޮއްވާފައިވާ އެޕާޓީގެ ރައީސަށް ޕާޓީގެ ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހުރަސްތައް މެދުވެރިވެފައިވާކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުންދާއިރު ބައެއް އިސްފަރާތްތަކުގެ ނޫފޫޒުން ،ޑރ. ޑީޑީއަށް ޕާޓީ ސަލާމަތް ކުރެވިދާނެކަމާއި މެދު މިވަނީ ސުވާލުއުފެދިފައެވެ.

 

ލިޔުންތެރިޔާ އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

އެއް ޚިޔާލު

  1. mdp aky democratic party ekay buny kaakutha eyahvure hudhu muhuthaaru psrtyen midhunuye mathygaves nuvay

ޚިޔާލުދެއްވާ

Connect with:

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

އެންމެމައްޗަށް