ރެކޯޑް ޢަދަދަކަށް ގެލެކްސީ ނޯޓް 8 އަށް ޕްރީއޯޑަރ ކޮށްފި.

ގެލެކްސީ ނޯޓް 8 އަށް  5 ދުވަސް ތެރޭގައި ޕްރީއޯޑަރ ކުރި މީހުންގެ ޢަދަދު ރެކޯޑް ޢަދަދަކަށް އަރައިފިއެވެ.

މިފަދަ ޚަބަރުތައް ގެނެސްދޭ މަޝްހޫރު ސައިޓެއްކަމުގައިވާ އެންޑްރޮއިޑްއެންޑްމީ ގައި ބުނެފައިވަނީ ފާއިތުވެދިޔަ 5 ދުވަހުގެ ތެރޭގައި 650 ހާހަށްވުރެ ގިނަ ޕްރީއޯޑަރ ގެލެކްސީ ނޯޓް 8 އަށް ކޮށްފައިވާކަމަށެވެ.

ސެމްސަންގ ކުންފުނީގެ އެންމެފަހުގެ ފޯނަށް މިފަދަ ބޮޑު ތަރުޙީބެއް ލިބިފައިވަނީ އެމީހުންގެ ގެލެކްސީ ނޯޓް 7 އަށް ދިމާވި ބެޓްރީ ގޮވުމުގެ މައްސަލަ ހަނދާނުން ނުފޮހެވެނީސްކަން ގިނަބަޔަކު ފާހަގަކުރެއެވެ. ނޯޓް 7 އަށް އެމައްސަލަ ދިމާވެ ކަސްޓަމަރުންގެ އިތުބާރު ގެއްލުނުކަމަށް މީޑިއާ ރިޕޯޓްތައް ބުނިނަމަވެސް ނޯޓް 8 އަށް ލިބެމުން އަންނަ ބޮޑު ތަރުޙީބުގެ ސަބަބުން އަދިވެސް ސްމާޓް ފޯނުގެ ބާޒާރުގައި އެންމެކުރީގައި އުޅެނީ ސެމްސަންގ ފޯނުތަކެވެ.

ސަމްސަންގް ނޯޓް 8ގައި މީގެ ކުރިން ސަމްސަންގް ފޯނެއްގައި ހިމެނިފައި ނުވާ، ޑުއެލް ކެމެރާ ވަނީ ހިމަނާފައެވެ. މީ އެޕަލްގެ އައިފޯނުގައާއި ވަން ޕްލަސް 5ގައި ވެސް ހިމެނޭ ކޮލިޓީ ފޮޓޯ ނެގުމުގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. މި ފޯނުގައި ހިމެނޭ ޑުއަލް ކެމެރާތަކަކީ 12 މެގަޕިކްސެލްގެ ކެމެރާތަކެކެވެ.

މީގެ އިތުރުން ނޯޓް 8 ގައި ހިމެނެނީ ދެ އަރިމަތިންވެސް “ކާވްޑް” 6.3 އިންޗުގެ “އިންފިނިޓީ ޑިސްޕްލޭ” އެކެވެ. މީގެ އިތުރުން ކުރީގެ ނޯޓު ފޯނުތަކާއި އެއްފަދައިން މި ފޯނުގައިވެސް އެސް ޕެން އެއް ހިމެނޭނެއެވެ. އެސް ޕެން އަކީ ފޯނުގައި ނޯޓުކުރުމާއި ލިޔުމަށް ބޭނުންކުރާ ސްޓައިލަސްއެކެވެ. އަދި އެހެންމެ އެންޑްރޮއިޑްގެ އެންމެ ފަހުގެ ވާޝަން ކަމުގައިވާ އެންޑްރޮއިޑް 7.1 ވެސް މި ފޯނުގައި ހިމެނެއެވެ.

ސަމްސަންގް ނޯޓް 8 މިދިޔަމަހު ލޯންޗުކޮށްފައިވާއިރު ބޭރުގެ ގައުމު ތަކުގައި އެ ފޯނު ވިއްކަން ހަމަޖެހިފައިވަނީ 869 ޕައުންޑަށް (ގާތްގަނޑަކަށް 17000 ދިވެހި ރުފިޔާ) އަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ވާވޭ މޭޓް 10 ގެ ބައެއް ފީޗަރސް ތަކާއި އެކު ފޮޓޯއެއް ލީކްކޮށްލައިފި.

މިފަހަކަށް އައިސް ގިނަބައެއްގެ މަޤްބޫލުކަން ހޯދަމުން އަންނަ ވާވޭ ކުންފުނިން މިއަހަރު ތެރޭގައި ތަޢާރަފްކުރަން ހަމަޖައްސާފައިވާ 3 ފޯނުގެ ތެރެއިން …

ޚިޔާލެއްދެއްވާ

avatar
wpDiscuz