ރެސިޕީ: ކުއްޅަވައްފަނި

ކުއްޅަވައް ފަންޏަކީ ރޯދަމަހަށް ވަރަށް ޚާއްޞަފަންޏެކެވެ. މުޅިދުވަހު ރޯދައަށް ހުރެފައި ރޯދަވީއްލާ ގަޑީގައި ކުށްޅަވައް ފަނި ތައްޓެއް ބޯލުމަކީ ކަރުހިއްކުން ފިލައި މުޅި ހަށިގަނޑު ފިނިކޮށްލައިދީ ގޭސްސްޓްރިކުން މީހާ ސަލާމަތްކޮށްދޭނެ ކަމެކެވެ.

އެހެންކަމުން ކޮންމެދުވަހެއްގައިވެސް ރޯދަވީއްލާ ގަޑީގައި ކުއްޅަވައް ފަނި ތައްޓެއްގެ އަޖުމަ ބައްލަވާލައްވާށެވެ.

ބޭނުންވާތަކެތި:

2 ކުއްޅަވައް (ތޮށި މަށައި ކޮށާފައި)

ފެން

ރަހަލާވަރަށް ހަކުރު

ޗިސްކޮށްފައި ހުރި ގަޑުފެން

ތައްޔާރުކުރާނެ ގޮތް:

ކުއްޅަވައް، ފެން، ހަކުރު، އަދިފުނޑުކޮށްފައިހުރި ގަޑުފެން ބްލެންޑަރއަށް އަޅައި މިކްސްކޮށްލާށެވެ. ކުއްޅަވައްފަނީގެ އޮލަމިން ބަހައްޓަން ބޭނުންވާވަރަށް ފެންއަޅައި މިކްސްކުރާށެވެ. ދެން ފިނިކުރުމަށްފަހު ރޯދަވީއްލާގަޑި ނުވަތަ އެހެން ގަޑިތަކުގައިވެސް މިބުއިން ބޯލަން ރަގަޅުވާނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
ރަނިކަމަނާ
ރަނިކަމަނާ

ޗިސްކޮށްފައި ގަނޑުފެން ހުންނަކަމެއް އަދި ނުދެނަހުރިން.