ކީރިތި ޤުރްއާން ކިޔަވާލަން ވަރަށް ފަސޭހަ، ސާފު ފޯން އެޕްލިކޭޝަނެއް.

އަޅުގަނޑުމެންގެ ތެރޭގައި ފޯނުން ކީރިތި ޤުރްއާން ކިޔަވައި ހެޔޮދަރުމައާއި ޘަވާބު ލިބިގަތުމަށް މަސައްކަތްކުރާ އަޚުންނާއި އުޚުތުން ވަރަށް ގިނައެވެ. އެގޮތުން މިއީވެސް ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ޤުރްއާން ކިޔަވާ އަޚުންނާއި އުޚުތުންނަށް ޙިއްސާކޮށްލާ ވަރަށް ހިތްގައިމު އެކަމަށް އެކަށޭނަ އެޕްލިކޭޝަން އެކެވެ.

އެންމެ ގިނަ އަޚުންނާއި އުޚުތުންނަށް ދިމާވާ މައްސަލައަކީ މިފަދަ އެޕްލިކޭޝަންތަކުގައި ތަޖުވީދުގެ ފާހަގަތައް ފެންނަން ނުހުރުމެވެ. ޚާއްޞަކޮށް މައްދުގެ ނިޝާންތަކެވެ. އެހެންވުމުގެ ސަބަބުން ދަމަންވާ ތަންތަނަށް ނުދަމަ ކިޔުމުގެ ސަބަބުން ޤުރްއާން ނުބައިކޮށް ކިޔޭގޮތް ވެއެވެ. އެހެނަސް މި އެޕްލިކޭޝަންގައި އެ ނިޝާންތައްވެސްވަނީ ހިމަނާފައެވެ.

” ޤުރްއާން އިންގްލިޝް” އެންމެ ޚާއްޞަވާ ތަންކޮޅަކީ ސާފުކޮށް ބޮޑަތި އަކުރުން ޤުރްއާނުގެ އާޔަތްތައް ފެނިގެން ދިއުމެވެ. އަދި ހަމައެއާއިއެކު ދެލިގަނޑު ވަކިން ޑައުންލޯޑްކުރާކަށްވެސް ނުޖެހެއެވެ. އެމީހަކު ބޭނުން ޤާރީއެއްގެ ކިޔެވުން ޑައުންލޯޑްކޮށްގެން އަޑުއަހާލެވޭނެއެވެ.

“ޤުރްއާން އިންގްލިޝް” ގެ ނަމުން ނަންދެވިފައިވާ މި އެޕްލިކޭޝަންގައި ވަރަށް ގިނަ ރަނގަޅު ފީޗާރސްތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި:-

އެމީހަކު ބޭނުން ޑިޒައިނެއްގައި ސޫރަތްތަކުގެ ނަން އަދި ފޮތްތައް ހޯދާބައި ހަދާލެވެއެވެ.
ޕޯޓްރެޓްކޮށްނާއި ލޭންޑްސްކޭޕްކޮށްވެސް ޤުރްއާން ކިޔަވާލެވެއެވެ.

ލޮލަށް ފަސޭހަ ތީމް ހިމަނާފައިވެއެވެ.
ސޫރަތްތަކުގެ ލިސްޓާއި ފޮތްތަކުގެ ލިސްޓުވެސް ހިމަނާފައިވެއެވެ.
އިނގިރޭސި ތަރުޖަމާ ހިމަނާފައިވެއެވެ.

އެންމެ ޚާއްޞަ ކަމަކީ ބަސްބަހުގެ މާނަ ވަކިން ބަލާލެވެއެވެ.
އާޔަތް ކޮޕީކޮށް ފޮޓޯއެއްގެ ގޮތުގައާއި ޓެކްސްޓެއްގެ ގޮތުގައިވެސް ޝެއަރ ކޮށްލެވެއެވެ.
އެންމެފަހުން ކިޔެވި ހިސާބު ބުކްމާރކް ކޮށްލެވެއެވެ.
ކުލައުޑު އެކައުންޓަށް ބެކަޕް ނެގެއެވެ.
ބޭނުންވާ ބަހެއް ސާރޗު ކޮށްލެވެއެވެ.
މީގެ އިތުރުން ނަމާދު ވަޤުތުތައްވެސް ހިމަނާފައިވެއެވެ.
ޤިބުލަ ޑައިރެކްޝަން ހޯދާލެވެއެވެ.
ޙިޖުރީ ކަލަންޑަރ ހިމަނާފައިވެއެވެ.
މިދެންނެވުނު ހުރިހާ ފީޗާރސްތަކެއް ނެޓް ބޭނުންނުކޮށް ބޭނުންކޮށްލެވެއެވެ.

މިއަށްވުރެ ރަނގަޅު ފޯނު އެޕްލިކޭޝަން ނުހުންނާނެއެކޭ އަޅުގަނޑު ނުދަންނަވަމެވެ.

ޤުރްއާން އިންގްލިޝް ޑައުންލޯޑް ކުރެއްވުމަށް މި ލިންކަށް ވަންނަވާ

 

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

ފަހިޕޭ – ރިލޯޑް އަދި ރާސްޓަސް ކޮށްލަން މިވަރެއްނެތް!

ތިއީ ވަރަށް ބިޒީ މީހެއް ހެއްޔެވެ؟ ނުވަތަ ވަރަށް ކަންނެތް މީހެއް ހެއްޔެވެ؟ ނޫނީ ރައްޓެހިންނަށް އަބަދު ރީލޯޑް ނުވަތަ …

ޚިޔާލެއްދެއްވާ

avatar
wpDiscuz