އީސީ އިން ނުސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:ޕީއެސްއެމް

ޕްރައިމަރީގައި ވާދަކުރެވޭނީ ރައީސްކަމަށް ކުރިމަތިލެވޭ ޝަރުތުތައް ހަމަވެގެން – އީސީ

ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންވީ ޝަރުތުތައް ފުރިހަމަވާ މީހެއްކަމުގައި ކަށަވަރު ކުރަން ޖެހޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފިއެވެ.

މިހެންބުނެފައިވަނީ މިއަދު އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިޢުލާނެއްގައެވެ. އެއިއުލާންގައި އިތުރަށް ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ އެތެރޭގައި ޕްރައިމަރީއެއް ބާއްވާނަމަ ޕާޓީގެ އަސާސީ ޤަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ޢަމަލު ކުރުމަށް އިލްތިމާސްކުޜާކަމުގައެވެ. އަދި ސިޔާސީ ޕާޓީގެ ޤާނޫނާއި ޤަވާއިދު ނުވަތަ އެނޫންވެސް ޤާނޫނާއި ޤަވާއިދާ ޚިލާފަށް ޕްރައިމަރީ ނުބޭއްވޭނެކަމަށާ، ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެކަމުގެ ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ލިބެންޖެހޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ޢިއުލާނުގައި ބުނެފައިވެއެވެ.

އަދި ސިޔާސީ ޕާޓީގެ ޤާނޫނާއި ޤަވާއިދުތަކާއި ރާއްޖޭގައި ޚިލާފަށް ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ނުބޭއްވުމަށާއި ޤާނޫނާ ޚިލާފަށް ޕްރައިމަރީ ބާއްވާނަމަ އެކަން ހުއްޓުވާނެކަމުގެ އިންޒާރު ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.

2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީ ތަމްސީލްކުރާނެ ކެންޑިޑޭޓެއް ހޮވުމަށްޓަކައި ޕާޓިއަކުން ޕްރައިމެރީއެއް ބާއްވާނަމަ ނުވަތަ ޕްރައިމެރީއަކާ ނުލައި ޓިކެޓް ދޭން ނިންމާނަމަ އެކަން އިލެކްޝަންސް ކޮމިޝަންނަށް އަންގަންވާނެކަމަށްވެސް އެކޮމިޝަނުގެ ޢިއުލާނުގައިވެއެވެ. މިގޮތުން މިމަހުގެ އެކާވީހުން ޖުލައި މަހުގެ އެކަކާ ދެމެދު ޕްރައިމެރީތައް ބާއްވާ ޕްރައިމެރީ ބޭއްވުމުގެ ތިން ދުވަސް ކުރިން ޕްރައިމެރީގައި ވާދަކުރާ ކެންޑިޑޭޓުންގެ މަޢުލޫމާތާއި ޕްރައިމެރީ ބާއްވާ ތާރީޚް އެ ކޮމިޝަނަށް އަންގަންޖެހެއެވެ. މީގެ އިތުރުން ޕްރައިމެރީ ބޭއްވުމަށްފަހު ޕްރައިމެރީގެ ނަތީޖާ އަށެއް ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނަށް އެންގުމަށްވެސް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރެއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޕްރައިމަރީ މިމަނުގެ 30 ގައި ބޭއްވުމަށް އެޕާޓީން ނިންމާފައިވާއިރު ޕްރައިމަރީގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނަކީ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އިލެކްޝަން ކޮމިޝަނަށް އިދިކޮޅުން އިޖާބައެއް ނުދިން.

އިލެކްޝަންސް ކޮމިޝަނުން އިދިކޮޅު ޕާޓީތަކާ ވަކިވަކިން ބައްދަލުވުމަށް ދިން ދައުވަތުތަކަށް އިދިކޮޅު ފަރާތްތަކުން އިޖާބައެއް ނުދިނެވެ. އިދިކޮޅު ފަރާތްތަކުން އެ …

ޚިޔާލެއްދެއްވާ

avatar