ޓީމް ލަންދޫ - ފުރަތަމަ އެގާރަ

ޕްރެކްޓިސް ތިންވަނަ މެޗު ވަކި ހިސާބަކުން ހުއްޓާލަން ޖެހިއްޖެ

މި މަހުގެ 15 ގައި ފެށުމަށް ހަމަޖެހިފައިވާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ލަންދޫ ފުޓްބޯޅަޓީމުން ކުޅުނު ތިންވަނަ ޕްރެކްޓިސް މެޗުގެ ފުރިހަމަވަގުތު ހަމަ ވުމުގެ ކުރިން ކުޑަފަރިޓީމުން ދަނޑުން ފޭބުމުން މެޗު ހުއްޓާލަން ޖެހިއްޖެއެވެ.

މިއަދު ހަވީރު ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މި މެޗު ފަށައިގެން މާގިނަ އިރެއް ނުވަނީސް ކުޑަފަރީޓީމުން ވަނީ ލަނޑެއްޖަހާ ލީޑުނަގާފައެވެ. މިއަދުގެ މެޗުގެ ފުރަތަމަ 11 ގެ ގޮތުގައި ލަންދޫޓީމުން ބެންޗު ޓީމު ނެރެފައިވާއިރު  ފުރަތަމަ ހާފުގެ ގިނަވަގުތު ބޯޅަ ކޮންޓްރޯލްކޮށް ކުޅެފައިވަނީ ކުޑަފަރިޓީމުންނެވެ.

ކުޑަފަރީ ފުޓްބޯޅަ ޓީމް

ދެވަނަ ހާފުގައި ލަންދޫޓީމު އެއްކޮށް ބަދަލުކޮށްލުމަށަފަހު އެޓީމުގެ ކުޅުން ރަނގަޅުކުރި ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ކުޑަފަރީ ޓީމުން އުފެއްދި ކައުންޓް އެޓޭކެއްގައި އެޓީމުންވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2 ލަނޑު 0 ލަނޑަށް ބަދަލުކޮށްލައިފައެވެ. ކުޑަފަރީ ޓީމުގެ މި ލަނޑަށްފަހު ލަންދޫޓީމުގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ކުރިއަށްޖެހި ލަނޑެއް ޖެހުމަށް ކުރި މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ ލަންދޫޓީމުގެ ކެޕްޓަން ހުސެން ޖަވާދު (ޖަވާ) އަށް ކުޑަފަރިޓީމުގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓޓީއެއް ގޯލަށް ވައްދާލައިގެން ކެޕްޓަން ޖަވާ ލަންދޫޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިނުމެވެ.

މިލަނޑަށް ފަހުވެސް އަދި މުޅި މެޗުގައިވެސް ކުޑަފަރީޓީމުގައި ހިމެނޭ ބައެއް ސީނިއަރ ކުޅުންތެރިންގެ ފަރާތުން ތަފާތު ކޮމްޕްލެއިންތަށް ރެފްރީއަށް އަމާޒުވަމުން ދިޔަތަން ފެނިގެން ދިޔަ މިއަދުގެ މެޗު ދޫކޮށް ކުޑަފަރި ޓީމު ފައިބާފައިވަނީ ލަންދޫޓީމުގެ ލަނޑަށްފަހު ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ހާފުގައި ކުޅުނު ކުޅުންތެރިއަކު ލަންދޫޓީމުން ދެވަނަ ފަހަރަށް ކުޅެން އެރުވި ހިސާބުންނެވެ. ލަންދޫޓީމުގެ ކޯޗު އަދިމެނޭޖުމަންޓުން މައުލޫމާތު ދިންގޮތުގައި އެކުވެރިކަމުގެ މެޗުތަކުގައި މިގޮތަށް ކުޅުންތެރިން ބަދަލުކޮށް ހެދުމަކީ އާއްމުކަމެކެވެ.

މިއީ ލަންދޫގެ ދަނޑުގައި ކުޅެވުނު އެކުވެރިކަމުގެ މެޗެއްގެ ފުރިހަމަ ވަގުތު ހަމަ ނުކޮށް މިފަހަކަށް އައިސް ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ. އެންމެފަހުންވެސް މިފަދަ ގޮތަކަށް ނިންމާލަން ޖެހިފައިވަނީ ހަމަ ކުޑަފަރީ ޓީމަކާއިދެކޮޅަށް ކުޅުނު މެޗެއްގައިކަން ފާހަގަކޮންލަން ޖެހެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ޕްރެކްޓިސް ދެ ވަނަ މެޗް މާފަރާއި ދެކޮޅަށް

ޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމު ލަންދޫގެ ޕްރެކްޓިސް 2 ވަނަ މެޗް މާފަރު ފުޓްބޯޅަ ޓީމާއި …

ޚިޔާލެއްދެއްވާ

avatar
ކޯޗް މޮރީނިއޯ
ކޯޗް މޮރީނިއޯ

މި މެޗްގައި ކުޑަފަރި މީހުން ކަންތައް ކުރީ ވަރަށް ހަޑިކޮށް. ފްރެންޑްލީ މެޗްތަކުގައި ހިތްހަމަ ނުޖެހޭ ކަމެއް ދިމާވާނަމަ ދެފަރާތުން އެއްބަސްވެގެން އެކަމެއް ހައްލުކުރުމަކީ އެންމެ ރީތިގޮތް. އޭގެ ބަދަލުގައި މެޗް ދޫކޮށްލާފަ ރަށަށް ފުރައިގެންދިއުމަކީ ވަރަށް ފިނޑި އަދި ފުޓްބޯޅައިގެ މަޤްޞަދު ތަކާ ޚިލާފު ހަޑިހުތުރު ޢަމަލެއް.

wpDiscuz