އެންޑްރޮއިޑް “އޯރިއޯ” ރަސްމީކޮށް ނެރެފި، ފުރަތަމަ އަޕްޑޭޓް ލިބޭނީ އެޗްޓީސީ ފޯނުތަކަށް!

ސްމާޓްފޯން އޮޕަރޭޓިން ސިސްޓަމް “އެންޑްރޮއިޑް”ގެ އެންމެ ފަހުގެ އަޕްޑޭޓް 8 ނެރެފިއެވެ. އެންމެ ފަހުގެ އަޕްޑޭޓަށް “އޯރިއޯ” ނަންދީފައިވާއިރު މި އަޕްޑޭޓް ފުރަތަމަ ދޫކުރާނީ އެޗްޓީސީ ފޯނުތަކަށް ކަމަށް އެންޑްރޮއިޑްގެ ޚަބަރުތައް ފަތުރާ ވެބްސައިޓްތަކުންބުނެއެވެ.

އެންޑްރޮއިޑްގެ މި އަޕްޑޭޓް ރިލީޒް ކޮށްފައިވަނީ އެމެރިކާއަށް އެންމެ ބޮޑުކޮށް ފެނުނު އިރު ކޭތަ ހިފި ވަގުތު އެވެ.

މީގެ ހަތަރުވަރަކަށް މަސް ކުރިން އެންޑްރޮއިޑް “8.0” ނުވަތަ “އޯ”ގެ ޑިވެލޮޕާ ޕްރިވިއު ވަނީ ލޯންޗްކޮށްފައެވެ. އެހާ ހިސާބުން ފެށިގެން އެ އަޕްޑޭޓަށް ކިޔާނެ ނަމަކާ މެދު ހުރިހާ އެންމެން ވިސްނަމުން ދިޔައެވެ. ގިނަ ބަޔަކު ޤަބޫލުކުރި ގޮތުގައި މި އަހަރުގެ އަޕްޑޭޓަށް ކިޔާނީ އޯރިއޯއެވެ.

އެންޑްރޮއިޑްގެ އަހަރީ އަޕްޑޭޓްއަށް ކޮންމެ އަހަރަކުވެސް ކިޔަމުން ގެންދަނީ ކޮންމެވެސް ފޮނި އެއްޗަކަށް ކިޔާ ނަމެވެ. އަލްފަބެޓިކަލް އޯޑަރުން ގެންނަ އަޕްޑޭޓްއަށް މިދިޔަ އަހަރު ކިޔާފައިވަނީ “ނޯގަޓް” އެވެ.

އެންޑްރޮއިޑްގެ އޯރިއޯ އަޕްޑޭޓް 8.0 ގައި ވަނީ އެހެން ވާރޝަން ތަކާ ޚިލާފަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން  އޮޕަރޭޓިން ސިސްޓަމް އޮޕްޓިމައިޒް ކުރުމަށް މިފަހަރުގެ އަޕްޑޭޓް ބޮޑަށް ސަމާލުކަން ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އަޕްޑޭޓްތައް އަވަސްވުމާއި ހަލުވިކަމާއެކު މަސައްކަތްކުރުމުގެ އިތުރުން ސްޕޭސް ނަގާވަރު ކުޑަ ކުރުމަކީ މިފަހަރުގެ އަޕްޑޭޓްގެ މައިގަނޑު މަސައްކަތްތަކެވެ.

އަދި ހަމައެއާއެކު އަލަށް ނެރުނު އަޕްޑޭޓްގެ ސަބަބުން އެޕްލިކޭޝަންތައް ކޮމްޕްރެސްކޮށް ކޮލިޓީ ގެއްލުވާ ނުލާ 67 ޕަސެންޓާ ހަމައަށް މެމަރީ ސޭވްކުރެވޭނެ ކަމަށް ގޫގަލް އިން ބުނެއެވެ.

އޯރިއޯ އަޕްޑޭޓް އެންމެ އަވަހަށް ލިބޭނީ HTC U11, HTC U Ultra, HTC 10 އަށް ކަމަށް އެންޑްރޮއިޑްގެ ޚަބަރުތައް ގެނެސްދޭ ބޮޑު ވެބްސައިޓެއްކަމަށްވާ “އެންޑްރޮއިޑް އެންޑް މީ” ވެބްސައިޓްގައި ބުނެފައިވެއެވެ. އެއަށްފަހުން އެހެން ފޯނުތަކަށްވެސް އަޕްޑޭޓް ލިބެން ފަށާނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެންޑްރޮއިޑް އެންމެފަހުގެ ކީބޯޑް “އެލް ކީބޯޑް” އިންސްޓޯލް ކޮށްލައްވާ!

އެންޑްރޮއިޑްގެ އެންމެ ފަހުގެ ވަރސަން އަކީ ކޮބައިތޯ މީހަކު މިހާރު ސުވާލުކޮށްފިނަމަ ބުނެވޭނީ އެންޑްރޮއިޑް އެލް ގެ ވާހަކައެވެ. އެންޑްރޮއިޑް …

ޚިޔާލެއްދެއްވާ

avatar
wpDiscuz