އެންޑްރޮއިޑް އޯރިއޯ ، ވާވޭ މޭޓް 9 އަށް ދޫކޮށްފި.

ސްމާޓްފޯން މާކެޓްގައި ދެވަނަ އަށް މިހާރު ލިސްޓްކުރެވިފައިވާ ވާވޭ ގެ ފޯންތަކަށް އެންޑްރޮއިޑް ގެ އެންމެ ފަހުގެ ވާޝަން އެންޑްރޮއިޑް އޯރިއޯ ބީޓާ ޓެސްޓްކުރުމަށް ދޫކޮށްފިއެވެ.

ގޫގުލްގެ ފޯންތަކަށް ފުރަތަމަ އޯރިއޯ ދޫކުރިނަމަވެސް މިހާރު ޓެސްޓިންގެ މަރުޙަލާގައި އެހެން ފޯނުތަކަށްވެސް އޯރިއޯގެ އަޕްޑޭޓްސް ދެމުންދާއިރު ވާވޭ މޭޓް 9 ގައި އޯރިއޯ ޓެސްޓްކުރުމަށް އެކުންފުނިން ނިންމާފައިވަނީ ލިމިޓް އަދަދަކަށެވެ. އެގޮތުން އެމީހުން ނިންމާފައިވަނީ ފުރަތަމަ 250 ޔޫސަރއަށް އޯރިއޯ ބީޓާގެ އަޕްޑޭޓް ދިނުމަށެވެ.

ޗައިނާގެ ސްމާޓްފޯން ކުންފުންޏެއް ކަމުގައިވާ ވާވޭ ގެ އިތުރު ފޯންތަކަށް އޯރިއޯ ވަރަށް އަވަހަށް ޓެސްޓްކުރުމަށް ދޫކުރާނެކަމަށް އެކުންފުނިން ބުނެއެވެ.

ވާވޭ ކުރިއަރައިގެން އަންނަ ބާރު މިނަށް ބަލާއިރު ގޫގުލް ވެސް އެކަމާ ކަންބޮޑުވެ އެވެ. ވާވޭ ނައްތާލައިގެން ނޫނީ ގޫގުލް އަށް ދެމިނޯވެވޭނެ ކަމަށް ވެސް ގޫގުލްއިން ކުރިން ބުނެފައިވީ ނަމަވެސް ވާވޭއާ ގުޅުން ބަދަހިކުރުމުން ގޫގުލް އަށް ލައްކަ ފައިދާވާކަން މިހާރު ވަނީ އެނގިފަ އެވެ. އެގޮތުން އެންމެ ކުރިން އޯރިއޯ ދޫކުރި ފޯނުތަކުގެ ތެރޭގައި ވާވޭ ހިމެނުނީ ކަމަށް ބެލެވިދާނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރެކޯޑް ޢަދަދަކަށް ގެލެކްސީ ނޯޓް 8 އަށް ޕްރީއޯޑަރ ކޮށްފި.

ގެލެކްސީ ނޯޓް 8 އަށް  5 ދުވަސް ތެރޭގައި ޕްރީއޯޑަރ ކުރި މީހުންގެ ޢަދަދު ރެކޯޑް ޢަދަދަކަށް އަރައިފިއެވެ. މިފަދަ …

ޚިޔާލެއްދެއްވާ

avatar
wpDiscuz