ވަންޕްލަސް 5 އަށްވެސް އޯރިއޯ ދޫކޮށްފި.

ވަންޕްލަސް 5 ގެ ފޯން ގެންގުޅޭ ފަރާތްތަކަށް މިއީ އުފާވެރި ޚަބަރެކެވެ. ގޫގުލްގެ އެންމެ ފަހުގެ އޯއެސް އެންޑްރޮއިޑް 8.0 ގެ އޯރިއޯ ވަންޕްލަސް 5 އަށް ދޫކޮށްފިއެވެ.

މިމަހުގެ 25 ވަނަދުވަހުން ފެށިގެން ވަންޕްލަސް 5 ގެ ފޯނުތަކަށް އޯރިއޯ ދޫކުރިނަމަވެސް ލިބޭނީ އޭގެ ބީޓާ ވާރޝަންކަމަށް ގޫގުލްއިން ބުނެއެވެ. އަދި ވަރަށް އަވަހަށް އޭގެ އަސްލު ވާރޝަން ލިބޭނެކަމަށްވެސް ބެލެވެއެވެ.

އެންޑްރޮއިޑް ގެ އާ އޮޕަރޭޓިންގ ސިސްޓަމް އޯރިއޯ ނުވަތަ 8.0 ނެރުމަށްފަހު އެންޑްރޮއިޑް ފޯނުތަކަށް އެ އޯއެސް ދޫކުރަމުން ގެންދާއިރު މިހާތަނަށް ގޫގުލްގެ ފޯނުތަކުގެ އިތުރުން އެންމެގިނައިން އޯރިއޯ ދޫކޮށްފައިވަނީ ސެމްސަންގ ފޯނުތަކަށެވެ.

އަދި ކަސްޓަމް ރޮމްގެ ގޮތުގައި އަމިއްލަ ފަރާތްތަކުން އޯރިއޯ އެޑިޓްކޮށްގެން ނެރެފައިވަނީ ވަރަށް މަދު ފޯނުތަކަށްކަމަށް ބެލެވެއެވެ. އެހެންނަމަވެސް މީގެ ކުރީގެ އޯއެސް ތަކެކޭ އެއްފަދައިން އޯރިއޯ ވެސް އެޑިޓްކޮށް މާލަސްތަކެއްނުވެ ޢާއްމުކުރާނެކަމަށް ބެލެވެއެވެ.

އޯރިއޯއަކީ މީގެ ކުރީގެ އޯއެސް ތަކާ މާބޮޑު ތަފާތުތަކެއް ނެތް އޯއެސް އަކަށް ވީނަމަވެސް ބައެއް ފީޗާރސް ތަކަކަކީ މިހާތަނަށް އަދި އެއްވެސް އޯއެސްއަކުން ފެނިފައިނުވާފަދަ މޮޅު ފީޗަރސް ތަކެކެވެ. އެގޮތުން ފޯނުގެ ކޮންމެ ހިސާބަކުންވެސް ހައިލައިޓް ކުރާ ލިޔުންކޮޅެއް ނުވަތަ ޓެކްސްޓްކޮޅެއްގައި ފޯން ނަމްބަރެއް ނުވަތަ އެޑްރެހެއް ވާނަމަ މި އޯއެސް އިން ދެނެގަނެއެވެ. އަދި ފަސޭހައިން އެ ނަންބަރަކަށް ގުޅާލެވޭ ނުވަތަ އެ އެޑްރެހެއް ބަލާލެވޭނެއެވެ.

މީގެ އިތުރުންވެސް މި ވާޝަންގައި ވެބްސައިޓަކަށް ނުވަތަ އެޕްއަކަށް ލޮގިން ވާން ބޭނުންވާ ޔޫސަރ ނޭމް އަދި ޕާސްވޯޑް ފޯނު ބޭނުންކުރާ މީހާގެ ހުއްދައާއި އެކު ފޯނުގައި ސޭވް ކުރެވޭނެއެވެ. އަދި ކޮންމެ ފަހަރަކު ޔޫސަރ ނޭމް އަދި ޕާސްވޯޑް ޖަހާކަށް ނުޖެހޭނެއެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ދިރާގުން ވިއްކަންފަށައިފި.

ސްމާޓްފޯންގެ ބާޒާރުގައި ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ސެމްސަންގ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ކަމުގައިވާ ސެމްސަންގް ގެލެކްސީ އެސް 9 …

ޚިޔާލެއްދެއްވާ

avatar