ނ.ލަންދޫ ގުލްބަކާގެ ޙަބީބާ ދާއޫދު - ހިތްވަރުގަދަ ފަރާތެއް

ނުކުޅެދުންތެރި ނަމަވެސް އަޒުމް ވަރުގަދަ ހަބީ

އުފެދުމުގައިވެސް ފެނުމުން މަޙްރޫމްވެފައިވާ ނ.ލަންދޫ ގުލްބަކާގޭ އަލްފާޟިލާ ޙަބީބާ ދާއޫދު (ހަބީ ) ފާހަގަ ކުރެވެނީ ނުކުޅެދުންތެރިކަމާއި އެކުގައިވެސް ހަބީ ބޭނުންވާ ކަންތައްތައް ހާސިލްކުރުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރާ އަޒުމްވަރުގަދަ ޒުވާނެއްގެ ގޮތުގައެވެ.

މިގޮތުން މިއަދު ހަބީއަކީ އެކަނިމާއެކަނި އެންމެފުރިހަމަ ގޮތުގައި ނަމާދުކުރަން ދަންނަ އަދި ބަރާބަރަށް ފަރުޟް ފަސްނަމާދު ކޮށް ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ދީނަށް ލޯބިކުރާ ޒުވާނެއްކަން ފާހަގަ ކުރަނީ އުފަލާއިއެކުގައެވެ.

އެންމެ ކުޑައިރުންފެށިގެންވެސް ކީރިތި ޤުރުއާން ހިތުދަސްކުރުން އަޒުމަކަށް ހަދައިގެން އުޅެ ހަބީގެ ނަސީބު އަތުގައިހިފީ ލޯފަންކުދިންގެ ޖަމްއިއްޔާ އުފެދި އެ ޖަމްއިއްޔާގެ ހަރަކާތްތައް ފެށުނު ހިސާބުންނެވެ. މިއަދު ހބީއަންނަނީ އެޖަމްއިއްޔާއިން ހިންގާ ޤުރުއާން ހިތުދަސް ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ހަބީ މަޢުލޫމާތުދިން ގޮތުގައި މިހާރު ހަބީވަނީ ޤުރުއާނުން 3 ފޮތް ހިތުދަސްކޮށްފައެވެ. ބަރަކާތްތެރި ރަމަޟާންމަހަށް މި ޕްރޮގްރާމް މަޑުޖައްސާލައިފައިވުމުން މި މަސްތެރޭގައި ހަބީގެ މަސައްކަތަކަށް ވެފައިވަނީ ދަސްކުރި 3 ފޮތް ހަނދާނުގައި ބަހައްޓާއިތުރަށް ފަރިތަ ކުރުމަށް އެތިންފޮތް ކިޔަވާ މުރާޖަޢާކުރުމެވެ.

ހަބީއަކީ ނުކުޅެދުންތެރި ޒުވާނެއް ނަމަވެސް އާއްމު މަޢުލޫމާތުވަރަށް މުއްސަދި ޒުވާނެއްކަމުން ދިވެހިރާއްޖޭގެ އަޑުން އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތަކުގައި ބައިވެރިވެ ހަބީވަނީ ތަފާތު ޢިނާމްތައް ހާސިލްކޮށްފައެވެ.

މިއަދު ހަބީއަކީ ފެނުމުން މަޙްރޫމްވެފައިވާ ޒުވާނެއް ނަމަވެސް ހަބީއަކީ އޭނާގެ ރައްޓެހި ރަޙްމަތްތެރިންނަށް ފޯނުން މެސެޖު ފޮނުވާ ވައިބާއިން ޗެޓްކުރަމުންދާ ރައްޓެހި ރަޙްމަތްތެރިންނާއި އަބަދުވެސް ގާތްގުޅުމެއް ބޭއްވޭތޯބަލާ އެންމެންނާއިވެސް ގުޅޭ ހިތްހެޔޮ ޒުވާނެކެވެ.

ބަރަކާތްތެރި ރަމަޟާންމަހު މިސްކިތުގައި ޖަމާއަތުގައި ތަރާވީޙް ނަމާދު ކުރާއިރު ޤަވާޢިދުން ތަރާވީޙް ނަމާދުގައި ބައިވެރިވެވޭތޯ ބެލުމަކީ ހަބީގެ ހިތުގައި ދީނީ ކަންތައްތަކަށްދޭ ސަމާލްކަން ވަރަށް ރަނގަޅަށް ހާމަވެގެންދާކަމެކެވެ. ހަބީގެ ނުކުޅެދުންތެރިކަމާއި އެކުވެސް ދީނީކަންތައްތައް އަދާކުރުމަށް ހަބީގެ ހިތުގައި މިވާ ލޯތްބަކީ އަޅުގަނޑުމެން ކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އިބުރަތް ހާސިލްކޮށް އެގޮތަށް އަމަލްކުރެވޭތޯ ބަލަންވީ ކަންތައްތަކެއްކަން ކަށަވަރެވެ.

ހަބީކުރަމުންގެންދާ މަސައްކަތުގައި އިތުރުކުރިއެރުމާއި ކާމިޔާބު މިންވަރު ކުރައްވާށިއެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މުޅިނ.އަތޮޅު ފަޙްރުވެރިކޮށްދިން ނާދިޙް ޢަބުދުލް ޙަމީދު

ނިމިދިޔަ ރަމަޟާން މަހު ޤައުމީ މިޑިޔާ ޕީއެސްއެމްއިން މުޅިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި “އެންމެއަލިގަދަ ތަރި ޖޫނިއަރ” ޤުރުއާން މުބާރާތް ވެގެން …

ޚިޔާލެއްދެއްވާ

avatar
rish
rish

maasha Allah

Mees
Mees

Habeeba ah vure aharemen nukulhedheykamah gabool kurevey. Aharemennah nukurevey kankan habee ah kurevey

Aboobakuru ibraahi
Aboobakuru ibraahi

Aameen habee ah allah thaala hiyorahumaiyy lavvashi aameen

ކުޑީ
ކުޑީ

މާޝާﷲ