“ނޫސްވެރިކަމުގެ އިނާމް 2016” ގެ އެވޯޑްނައިޓް ރޭ ބާއްވައިފި.

“ނޫސްވެރިކަމުގެ އިނާމް 2016” ގެ ނަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އިނާމު ނޫސްވެރިންނަށް ދިނުމަށް ދަރުބާރުގޭގައި ރޭ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ރޭގެ އެވޯޑްނައިޓްގައި ޖުމްލަ 8 ދާއިރާއަކުން ނޫސްވެރިކަމުގެ އެވޯޑް ދީފައިވެއެވެ. އެގޮތުން ރޭ އެވޯޑްލިބުނު އެންމެ ޝަރަފްވެރި އެއްދާއިރާކަމުގައިވާ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބުނީ ނޫސްވެރިކަމުގެ ދާއިރާގައި ވަރަށްގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ބޭފުޅެއް ކަމުގައިވާ ނިޝާން ޢިއްޒުންދީންގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް އައްބާސް އިބްރާހީމަށެވެ.

ނިޝާން ޢިއްޒުންދީންގެ ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމަކީ މެދުކެނޑުމެއް ނެތި އެތައް ޖީލެއް ވަންދެން ދިވެހި ނޫސްވެރިކަމަށް އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މަދަރުސީ ތަޢުލީމް ނިންމާލެއްވުމަށްފަހު އައްބާސް އެންމެ ފުރަތަމަވެސް ނުކުމެވަޑައިގަތީ ނޫސްވެރިކަމުގެ ދާއިރާއަށެވެ. އެގޮތުން އޭނާގެ ނޫސްވެރިކަމުގެ ރަސްމީ އެންމެ ފުރަތަމަ މަސައްކަތްޕުޅަކީ ސަރުކާރުން އޭރު ނެރުއްވަމުން ގެންދެވި ވިޔަފާރި މިއަދު ނޫހަށް ބޭރު ދުނިޔޭގެ ޚަބަރު ލިއުއްވުމުގެ މަސައްކަތެވެ.

މީޑިއާ ކައުންސިލުގެ ނޫސްވެރިކަމުގެ އިނާމް 2016ގައި އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ހާސިލްކުރީ އަވަސް އޮންލައިންގެ މޫސާ ރަޝީދެވެ. މޫސައަކީ އަވަސް އޮންލައިންގައި ސިޔާސީ ދާއިރާ ކަވަރު ކުރަމުން އަންނަ ނޫސްވެރިއެކެވެ.

ކުޅިވަރުގެ ދާއިރާއިން މިހާރު ނޫހުގެ އައްޒާމް އަލިފުޅު އެވޯޑް ހާސިލްކުރިއިރު އިޖްތިމާޢީ ދާއިރާއިން އެވޯޑް ހާސިލް ކުރީ ހަމަ އެ ނޫހުގެ އާސިޔަތު މުޙައްމަދު ސަޢީދެވެ.

އިޖްތިމާޢީ ދާއިރާއިން އެވޯޑް ހާސިލް ކުރި މިހަރުނޫހުގެ އާސިޔަތު މުޙައްމަދު ސަޢީދުގެ ފަރާތުން އޭނާގެ ކޮށްކު އެވޯޑާ ޙަވާލުވަނީ – ފޮޓޯ: ޕީއެސްއެމް

ޝަރުއީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމް ހޯދާފައިވަނީ އެ އެވޯޑް މީގެކުރިންވެސް ހާސިލްކޮށްފައިވާ މިހާރު ނޫހުގެ މުޢިއްޒު އިބްރާހީމެވެ.

އަހަރުގެ އެންމެ މޮޅު ފީޗާ ރިޕޯޓް މިހާރު ނޫހުގެ ނިޢުމަތުﷲ އިދުރީސް ހޯދިއިރު ސިޔާސީ ދާއިރާވެސް ލިބުނީ މިހާރު ނޫހުގެ އަލީ ނާފިޒަށެވެ.

ވިޔަފާރިއާ އިގްތިސާދީ ދާއިރާ ސަން އޮންލައިންގައި މަސައްކަތްކުރާ ޒުވާން ނޫސްވެރިޔާ އިބްރާހިމް މާހިލް މުޙައްމަދަށް ލިބުނުއިރު ފޮޓޯ ޖާނަލިޒަމްގެ ދާއިރާއިން އެވޯޑް ހާސިލްކުރީ ސަން އޮންލައިންގެ ފަޔާޒް މޫސާއެވެ.

އަދި ވީޑިއޯ ޖާނަލިޒަމް އެވޯޑް ހާސިލްކުރީ ވީމީޑިއާގެ އައިމިނަތު އަމީނާއެވެ.

ނޫސްވެރިކަމުގެ އެވޯޑަކީ ނޫސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން 2013ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަޕްޑޭޓް ނުވާ ނޫސްތަކުން ވޯޓްލާމައްސަލަވެސް އޭސީސީއަށް ހުށަހަޅައިފި.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބުގެ މައްސަލަތަކެއް ފެންމަތިވެ އެ އިންތިޚާބު ފަސްކުރެވިފައި ވާއިރު އަޕްޑޭޓް ނުވާ ނޫސްތަކުންވެސް އެ އިންތިޚާބުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz