ޕީޕީއެމް އިން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ޕާޓީތަކުން ނެރުނު ނުސްބަޔާނުގައި ޕީޕީއެމްގެ ނަން ހިމަނާފައިވާތީ ޕިޕީއެމް އިން އެކަން ކުށްވެރިކޮށްފި.

54 ޤާނޫނީ ވަކީލުން ސަސްޕެންޑް ކުރި ކުރުމާއި ގުޅޭގޮތުން ގުޅިފައިވާ ޕާޓީތަކުން ނެރުނު ނުސްބަޔާނުގައި ޕީޕީއެމްގެ ނަން ހިމަނާފައިވާތީ އެކަން ޕީޕީއެމްއިން ކުއްވެރިކޮށްފިއެވެ.

އެކަން ކުއްވެރިކޮށް ޕީޕީއެމްއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބްރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް ޢަބްދުﷲ ވިދާޅުވީ ނޫސްބަޔާން ޝާޢިއުކޮށްފައިވަނީ އެމްޑީޕީގެ ވެބްސައިޓްގައި ކަމަށާއި އެ ނޫސްބަޔާން ނެރުމުގައި ޕީޕީއެމްވެސް ޝާމިލްވެފައިވާކަމަށް ލިޔެފަވާކަމަށެވެ.

ނަމަވެސް އެކަމުގައި ޕީޕީއެމްގެ އެއްވެސްވަރެއްގެ ބައިވެރިވުމެއް ނޫވާނެކަމަށާ، ހުއްދަޔަކާނުލާއި ޕީޕީއެމްގެ ނަން ބޭނުން ނުކުރުމަށް އަބްދުރަހީމް  ގޮވާލެއްވިއެވެ.

އަދި ޕީޕީއެމްގެ ނަން އަބުރާ ނެގުމަށް މިއަދުގެ ތިނެއްޖެހުމާއި ހަމަޔަށް ސުންގަޑިއެއްދީ އެމްޑީޕީއަށް ސީޓީއަކުން އެކަން އަންގާފައިވާކަމަށާއި މި ސިޓީގެ ކޮޕީ އިލެކްޝަން ކޮމިޝަނަށާއި ޖުމުހުރީޕާޓީގެ އިތުރުން އަދާލަތުޕާތީޔަށާއި ކުރީގެ ރައީސް މައުމޫނަށް ވެސް ފޮނުވާފައިވާނެކަމަށް އަބްދުރަޙީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބްރައިސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ވިދަޅުވީ ނަން ބޭނުންކުރުމުގެ މައްސަލަތަށް ތަކުރާރު ނުކުރުމަށް ގޮވާލާކަމަށާއި ދީފައިވާ މުހުލަތަށް ނަން ނުނަގައިފިނަމަ ފުރިހަމަ ކުރަންޖެހޭ އިޖްރާއަތްތަށް ފުރިހަމަ ކުރާނެކަމަށެވެ.

ޕީޕީއެމްގެ ލޯގޯއާއި ނިޝާން އެޕާޓީގެ ހުއްދަނެތި ބޭނުންކުރިކަމަށް ބުނާމައްސަލައެއްގައި ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނުގެ މައްޗަށް ދަނީ ޕީޕީއެމްއިން ދައުވާ އުފުލަމުންނެވެ. ފާރިސް މިހާރުވެސް ހުންނެވީ ޖަލުގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރައީސް ޔާމީނަށް ތާއީދު އޮތްކަން އިދިކޮޅު ފަރާތްތަކަށް ދައްކާލައިފި.

ރައީސް ޔާމީނަށް ތާއީދު އޮތްކަން އިދިކޮޅު ފަރާތްތަކަށް ދައްކާލައިފިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީން ޢަބްދުލްޤައްޔޫމަށް ތާޢީދުކޮށް ރާއްޖޭގެ 50 …

ޚިޔާލެއްދެއްވާ

avatar
wpDiscuz