ލަންދޫ ނަރުދަމާ އެޅުމުގެ މަސައްކަތުގެ ސާރވޭޓީމެއް ލަންދޫގައި ޙަރަކާތްތެރިވަމުން އެބަދޭ.

ނ.ލަންދޫ ނަރުދަމާ އެޅުމުގެ މަސައްކަތުގެ ސާރވޭޓީމެއް ލަންދޫގައި ޙަރަކާތްތެރިވަމުން އެބަދެއެވެ.

ޖުމުލަ 6 ބޭފުޅުން ހިމެނޭ މި ޓީމު އިއްޔެއާއި އޭގެ ކުރީދުވަހުވެސް ރަށުގެ އެކިއެކި ސަރަޙައްދުތަކުގައި ސިމެންތިން ކުދިކުދި ބުޑުތަކެއް އަޅައިގެން ކެމެރާ ބަހައްޓައިގެން ސަރވޭގެ މަސައްކަތް ކޮށްފައިވެއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ލަންދޫކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިޔާ އަލްފާޟިލް ޙަސަން ނަޞީރު ވިދާޅުވީ ލަންދޫ ނަރުދަމާގެ މަސައްކަތުގެ އަމަލީ މަސައްކަތް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ފެށޭނެކަމަށާއި، އެމަސައްކަތް ފެށުމުގެ ކުރިން ނަރުދަމާގެ ޚިދުމަތް ބޭނުންވަނީ ރައްޔިތުންގެ ތެރެއިން ކޮންބައެއްތޯ ބެލުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ. އަދި އެކަމަށް އެދޭ ފޯމެއް ތަޢާރަފް ކުރައްވާ އެފޯމް ފުރުމަށް ރައްޔިތުންނަށް ވަރަށް އަވަހަށް އަންގަވާނެކަމަށްވެސް ނަޞީރު ވިދާޅުވިއެވެ.

ސަރވޭޓީމުން އަޅާފައި ހުރި ސިމެންތި ބުޑުތަކުގެތެރެއިން ބުޑެއް

ނ.ލަންދޫ ނަރުދަމާގެ މަސައްކަތް 12 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ “ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑު” ންނެވެ.

މިޕްރޮޖްކްޓްގެ ޖުމުލަ އަގަކީ ޖުމުލަ 11,188,097.55 ( އެގާރަ މިލިއަން ސަތޭކަ އަށްޑިހަ އަށްހާސް ނުވަދިހަ ހަތް ރުފިޔާ ފަންސަވަންނަ ލާރި ) އަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ ނަރުދަމާ ނިޒާމް ޑިޒައިންކޮށް ޓެންޑާ ޑޮކިއުމެންޓް ހެދުމުގެ މަސައްކަތް ޢަމަލީ ގޮތުން ފަށައިފި.

ނ.ލަންދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް ޑިޒައިންކޮށް ޓެންޑާ ޑޮކިއުމެންޓް ހެދުމުގެ ޢަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. މި މަސައްކަތް ކުރުމަށްޓަކައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz