މުސްލިމު އުންމަތް ކަރުނަ އަޅާއިރު މުސްލިމުންގެ ވެރިން ކޮބައިތޯއެވެ؟

ކަރުނަތަކުން ލޯތައްވަނީ ތެމިފައެވެ. ރުއިމާ ގިސްލުމުގެ އަޑުން ދުނިޔެ މަތިވަނީ ގުގުމާލައިފައެވެ. ނަމަވެސް މިކަންކަން ހިތަކުން ތަޞައްވުރު ކޮށްލީ ތީގެ ތެރެއިން ކިތައް ބޭފުޅުން ބާވައެވެ. މިފަދަ ޙާލެއްގައި އިސްލާމީ ޤައުމުތަކުގެ އަޚުންނާއި އުޚުތުން އުޅޭކަން ދަންނަނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުން ބާވައެވެ. އެކަމާ ވިސްނާ ފިކުރު ކޮށްލީ ކާކުބާވައެވެ. އަތް ނަގާ ނަޞްރު ދެއްވުމަށް ދުޢާ ކޮށްލީ ވަކި ކާކު ހެއްޔެވެ. މި މަންޒަރުތައް ބަލަން ތި އެންމެހާ ބޭފުޅުންނަށް ކެއްވާކަމާއެވެ.

މިޔަންމާ އަދި މިނޫންވެސް އެހެން މުސްލިމު ޤައުމުތަކުގައި ބޭ އިންސާފަށްދޭ އަނިޔާ ތަކަށް ނަޒަރު ހިންގާލަމާތޯއެވެ. މިއީ ހަމައެކަނި އެ ޤައުމުތަކަށް ކުރިމަތިވެފައިވާ ސިހުމެއް ނުވަތަ ބިރުވެރި ކަމެއް ވެސް ނޫނެވެ. ބަދަލުގައި މުޅި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ބިރުވެރިކަމެކެވެ. އެއްވެސް ކުށެއްނެތް އަޚުންތަކެއްގެ ފުރާނަ އެ ދުއްވާލަނީ އެވެރިންގެ ކޮން ކުށެއް އޮވެގެން ބާވައެވެ. މައިންނާ އެ ވެރިންގެ ޅަދަރިން ދުއްވާލުމުގެ ފައިދާއަކީ ކޮބައިތޯއެވެ.

އަޅުގަނޑުމެން މުސްލިމުންގެ ޢަދުއްވުންކަމުގައިވާ ޔަހޫދިން މި ހިންގާ ޢަމަލުތައް ކުއްވެރި ކުރާނެ އެކަކުވެސް ނެތުން އެއީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. މުސްލިމުންނަށްވީ ހިނދު އަޅުގަނޑުމެންގެ ވާޖިބު އަޅުގަނޑުމެންނަށް އަދާ ނުކުރެވެނީ ކީއްވެގެން ބާވައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. ” މުސްލިމުންގެ އެކުވެރިކަމުގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ…..” ވީ ހިނދު އަޅުގަނޑުމެންގެ އެކުވެރިންތަކެއް މި ދުނިޔެ ދޫކުރަމުންދާއިރު އެވެރިންގެ ޙައްޤު އަދާކުރެވޭ ބާވައެވެ.

މީސްތަކުންގެ ތެރެއިން އެންމެ ފުރަތަމަ ނިޔާ ކަނޑައެޅޭނީ ޤަތުލު ޢާންމު ކަންކަމުގައި ކަމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. އެހެންކަމުން މިކަމާމެދު ވިސްނާ ނަޒަރު ހިންގާލުން ކިހިނެއްވާނެ ބާއެވެ.

މިފަދަ ޢަމަލުތައް ހިންގާއިރު އިންސާނީ ޙައްޤު މިކިޔާ ޤާނޫނު ގެއްލެންޖެހޭ ސަބަބަކީ ކޮބައިތޯއެވެ. އެއީމުސްލިމުން ކަމުގައި ވުންތޯއެވެ. އެހެން ވާނަމަ އެ ޤަވާޢީދުތައް ހެދުމުގެ ބޭނުމެއް ނެތެއްނުން ތޯއެވެ. ކޮންމެ މުސްލިމަކީވެސް އިންސާނެކެވެ. އަދި ކޮންމެ ޔަހޫދީ އަކީވެސް އިންސާނެކެވެ. ވީއިރު އިންސާނީ ޙައްޤުތައް އެއްބަޔަކަށް ދިއުން ވަނީ ބޭއިންސާފަކަށް ނޫންތޯއެވެ. ނަމަވެސް މިގޮތަށް އޮތުން މިއީ ހުދު އަޅުގަނޑުވެސް ހިތާމަ ކުރާ ކަމެކެވެ. މިކަމުންވެސް އެނގިގެން މިދަނީ މުސްލިމުންނާއި ޔަހޫދީންނާއިމެދު ތަފާތު ތަކެއް ވާކަމެވެ.

މުސްލިމުން އިހާނެތިކޮށް މަރާއިރު ދަޢުލަތްތަކުގެ ބޮޑުން ކޮބައިތޯއެވެ؟ އެވެރިންގެ ޒިންމާއަކީ މިއީ ތޯއެވެ؟ ރައްޔިތުންގެ ދިފާޢުގައި ނުވަތަ މުސްލިމުންގެ ދިފާއުގައި އެޅޭނެ ފިޔަވަޅެއް ނެތީ ބާވައެވެ؟ ވެރިންގެ މަސްޢޫލިއްޔަތު އޮޅިފައިވުން އަޅުގަނޑުމެންނަށް އޮތް ބިރެއްކަން ކަށަވަރެވެ.

ޔަހޫދީން އެމީހުންގެ އެންމެ ބޮޑު ހަތިޔާރުކަމުގައި ހަދާފައިވަނީ މީޑިޔާއެވެ. އެމީހުންގެ ބާރުގެދަށުގައި ވަނީ ދުނޔޭގެ ބޮޑަތި މީޑިޔާތަކެވެ. އަޅުގަނޑުމެންނަކީ އެ މީޑިޔާތަކުގެ ޚަބަރު ނަކަލުކޮށް އަމިއްލަ ބަހަށް ބަދަލުކުރާ ބައެކެވެ. އެހެންކަމުން މިކަންކަން ހުއްޓާލުންވެސް ވާނީ މިކަމަށް އެޅިދާނެ ހެޔޮ ފާލަކަށެވެ. މިކަމާ އަޅުގަނޑުމެން ދުރުވާން ވެސް ޖެހެއެވެ. އަދި ޤައުމުގެ ވެރިން މިކަމަށް އެއްބާރުލުންވެސް ދޭން ޖެހެއެވެ.

މަތީގައި ބަޔާންވެދިޔަ ކަންކަމާއި ތިޔަ އެންމެ ބޭފުޅުންވެސް ނަޒަރު ހިންގާލާށެވެ. އޭރުން މުސްލިމު އަޚުންނަށް ތިޔަ އެންމެ ބޭފުޅުންގެ ފަރާތުންވެސް ކޮށްދެވޭނެ ކަމެއް ހިތަށް ވެރިވާނެއެވެ. އެ ކަމަކީ ދީނީ ރޫޙީ ކަމެއްކަމުގައި ވާނަމަ އެކަމަކައިގެން ތިބޭފުޅުން ކުރިއަށްދާށެވެ. ހަމަ މިޔާއެކު އަޅުގަނޑުމެން އެންމެހާ މުސްލިމުންނަށްވެސް އެ މަތިވެރި ޝަހީދުންގެ  ޙައްޤުގައި ކޮށްލެވޭނެ އެއްކަމެއްވެއެވެ. އެއީ ﷲ އަށް ހިތް ޚާލިޞްކޮށް ކުރާ ދުޢާ އެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގައިވެއެވެ. “މުސްލިމުންގެ ހަތިޔާރަކީ ދުޢާއެވެ.” އެހެންކަމުން އަޅުގަނޑުމެން ވާންވީ ގިނަގިނައިން ދުޢާކޮށް އެ ވެރިންނަށް ނަޞްރު ދެއްވުމަށް އެދި ދުޢާ ކުރާ ބަޔަކު ކަމުގައެވެ.

ޔާ ﷲ އަޅަމެންގެ މުސްލިމު އަޚުންނަށް ކުރަމުން އެ ގެންދާ އަނިޔާތަކުން އެ ވެރިން މިންޖުކުރައްވާން ނަޞްރު ދެއްވާންދޭވެ. އާމީން

ލިޔުނީ: ޢަބުދުﷲ އަރުމީލް

އަރުމީލް އަކީ ލިޔުންތެރިކަމުގެ ފަންނުގައި ކުރިއަރަމުން އަންނަ ދަރިވަރެކެވެ. އޭނާގެ ހޮބީއަކީ އެކިރަހަތަކުގެ ކުރުވާހަކަ އާއި ދިގުވާހަކަ ލިޔުމެވެ. ވާހަކަ ލިޔުމުގެ އިތުރުން އަރުމީލުގެ ލިޔުންތެރިކަމުގެ ދާއިރާއިން އެހެނިހެން ކުލަތައްވެސް ފެނިގެންދާނެއެވެ.

ޚިޔާލެއްދެއްވާ

avatar
AHMED MUBEEN
AHMED MUBEEN

ARUMEEL AKEE LIYUNTHERI KAMUGE RONGUN KURIARAMUN DHAA
DARIVAREKE MAASHA ALLAH

މުހައްމަދު އަޒްލީފް
މުހައްމަދު އަޒްލީފް

އަރުމީލް އަކީ ލިޔުންތެރިކަމުގެ ފަންނުގައި ކުރިއަރަމުން އަންނަ ދަރިވަރެކެވެ.MAASHA ALLAH

Mariyam nishama
Mariyam nishama

haadha molhey armeel maa shaa allah enmehaa muslimunnah kuramun gendhaa aniyaain ebai meehun minju kurahvaa

shiflaa mohammed
shiflaa mohammed

maasha allah thiya gothugaa kuriyahdheyy

fathimath shaaina
fathimath shaaina

very good your performance

saha
saha

haadha molhey armeel maa sha allah keep it up enmehaa muslimunnah kuramun gendhaa aniyaain ebai meehun minju kurahvaa enmehaa muslimun nah nasru dhehvaan dheyve aameen

armyl
armyl

thanks dhontha #saha <3

ހުސްނޫ އަލީ
ހުސްނޫ އަލީ

އިސްލާމީ ބޮޑެތިޤައުމުތަކުގެ ވެރިންނަށްހެޔޮ ވިސްނުން ދެއްވާށި .. ރޮހިންގޔާގެމުސްލިމުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގެ ވިސްނުން އެ ވެރިންނަށް ދެއްވާށި އާމީން.

armyl
armyl

aameen ya rabbal aa”aalameen.

ހުސެން ފަހުމީ
ހުސެން ފަހުމީ

އަރުމީލު ވަރަށް މޮޅު. ރަގަޅަށް ކުރިއަށް ދެވޭނެ ދަރިއެއް

armyl
armyl

shukuran

wpDiscuz